ހިތާމައާ ކަންބޮޑުވުންތަކުން އަރައިގަނެވުން އެންމެ ޔަޤީން ޢަމަލު- މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ހިތާމައާ ކަންބޮޑުވުންތަކުން އަރައިގަނެވުން އެންމެ ޔަޤީން ޢަމަލު- މުފްތީ މެންކް

މިއަދު ދަތިޙާލުގައި ނުވަތަ ހިތާމަވެރިކަމުގައި ތިބި އެންމެންނަށް ބުނަމެވެ. ކަންބޮޑުނުވާށެވެ! އުފާވެރިކަން ލިބޭނެއެވެ. ތިއަ ޙާލުގައި ހޭދަކުރަންޖެހޭނީ ކުރު މުއްދަތެކެވެ. ނަމަވެސް ޝަރުޠުތަކެއްގެ މަތިންނެވެ. 

އެޝަރުޠުތަކަކީ ހިތްވަރާއިއެކު ޙާލަތުން އަރައިގަތުމަށް ގަދައަޅައި މަސައްކަތްކުރުމާއި ކެތްތެރިވުމެވެ. ޝަކުވާ ނުކުރުމެވެ. އަދި ކަންނެތްވެ ފަތިހު ނިދަން ނުއޮވެ، ތެދުވެ، ފަތިސްނަމާދުކޮށް ޛިކުރުކޮށް ޤުރްއާނުން މިންވަރެއް ކިޔަވައި ދުޢާކުރަމުން ދުވަސް ފެށުމެވެ. 

ގިނަ ބައަކަށް ކުރަން އުނދަގޫވަނީ އެންމެ ފަހުން މިބުނު ކަންކަމެވެ. ފަތިހު ނިދަން ނުއޮވެ، ތެދުވެ، ފަތިސްނަމާދުކޮށް ޛިކުރުކޮށް ޤުރްއާނުން މިންވަރެއް ކިޔަވައި ދުޢާކުރަމުން ދުވަސް ފެށުމެވެ. އެކަމަކު އެގޮތަށް ދުވަސް ނުފަށައި ކަންކަން ޙައްލުކުރެވި އުފާވެރިކަން ލިބޭނެ ކަމަށް އުންމީދުވެސް ނުކުރާށެވެ! 

ފަރުޟް ނަމާދުތަކަށް ރައްކައުތެރިވާށެވެ! ވަޤުތުގެ ކުރީކޮޅު ނަމާދުކުރަން އާދަކުރާށެވެ! މިސްކިތުގެ ޖަމާޢަތަށް ދިއުމަކީ ފިރިހެނުން ކުރަންޖެހޭނެ ކަމެކެވެ. އެކަން ނުކުރެވޭނަމަ އެމީހަކު އެވަނީ ﷲ ތަޢާލާގެ ޙަޟްރަތުގައި ފޭލްވެފައެވެ. ކުރިމަތިވާ މައްސަލަތަކުން ގިނަ ބައަކަށް އަރައިނުގަނެވި ލަސްވަނީ އެމީހަކު އަމިއްލައަށް ފޭލްވާތީއެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން