ލޯބިވެރިޔާ ނުވަތަ ބައިވެރިޔާގެ ކިބައިން ހިތްދަތިކަަން ލިބުމަށްފަހު މިޢަލާމާތްތައް ތިބާގެ ކިބައިން ފެންނަނަމަ އެދެވެނީ ކުރިއަށްދާން އޮތް އެންމެ ފައިދާހުރި ގޮތަށެވެ.
--ޢާންމުކޮށް ކުރާ ހުރިހާ ކަންކަން ބަރާބަރަށް ކުރެވެން ފެށުން-
--އެހެން މީހަކު ބައްދަލުނުކުރިޔަސް ކަންބޮޑުނުވެވުން-
--އެކަނި ގިނަ ވަޤުތުހޭދަކުރަންޖެހުނަސް ކަންބޮޑުނުވެ ހުރެވުން
--ކަންްބޮޑުވި ވަޤުތު އެހީތެރިނުވި މީހުންނަށް ވާހަކަ ޙިއްޞާކުރަން ބޭނުންނުވުން-
--ދެން ލިބޭ ބައިވެރިޔާ މާފުރިހަމަވާނެ ކަމުގެ ޔަޤީންކަން ލިބުން
--މަސައްކަތްކުރަމުން ގޮސް ވަރުބަލިވުމުން ނޫނީ އޮށޯންނަން ބޭނުން ނުވުން
--އެއްވެސް މީހަކަށް ތިމާއާއި ކައިރިނުވެވޭނެ އިންތައް ކަނޑައަޅައި ތަންފީޒުކުރާނެ ހިތްވަރުލިބުން
--ކަމުދާ މީހަކާ ބައްދަލުވުމުން ގުޅުމުގެ ޝައުޤުވެރިކަން އުފެދެންފެށުން
--މާޒީއަށް ވިސްނުން މަދުކުރެވުމާ އެއީ ލިބުނު ފިލާވަޅެއް ކަމަށް ޤަބޫލުކުރެވުން
--އެއްދުވަހުން އަނެއް ދުވަހަށް ޙިތްވަރާ ޢަޒުމް އިތުރަށް ވަރުގަދަވަމުން ދިއުން
އަހުރެން ބުނާނީ މިޢަލާމާތްތައް ފެންނަވަރު ބަލަން މަޑުން ހުންނާކަށް ނޫނެވެ. މިކަންކަން ލިބިގަންނަން ގަދައަޅައި މަސައްކަތްކުރުމަށެވެ. ކާމިޔާބުކުރެވޭނީ މަސައްކަތްކުރާ މީހުންނަށެވެ. އެމީހަކު އެކަންކަމަށް އެދިގެން މަސައްކަތްކުރާ ވަރަކުންނެވެ.
ލޯބިވެރިޔާ ނުވަތަ ބައިވެރިޔާގެ ކިބައިން ހިތްދަތިކަން ލިބުމުން ހިތަށް އަނިޔާނުވާނެ މީހަކު ނުހުންނާނެއެވެ. އެއީ ކޮންމެ މީހަކަށްވެސް ކުރިމަތިވާނެ ކަމެކެވެ. އެންމެ ފަސޭހައިން އެމުޞީބާތުން އަރައިގްނެވޭނީ އެކަމަށް ކުރިމަތިލާން ކެރޭ މީހުންނަށެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅުން