އެންމެންގެ ސަމާލުކަން ލިބުނު ކަމެއް!: މަރަން ޙުކުމްކޮށް ޖަލުބަންދުގަހުރި ބައްޕަ ބަނޑަށް މަރުވާތަން ދެކެން ދަރިފުޅަށް ކެތްނުކުރެވިގެން ގާތުން ކިރުދިނުމުން ފަނޑިޔާރުން އިއްވީ އާދަޢާ ޚިލާފް ޙުކުމުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
އެންމެންގެ ސަމާލުކަން ލިބުނު ކަމެއް!: މަރަން ޙުކުމްކޮށް ޖަލުބަންދުގަހުރި ބައްޕަ ބަނޑަށް މަރުވާތަން ދެކެން ދަރިފުޅަށް ކެތްނުކުރެވިގެން ގާތުން ކިރުދިނުމުން ފަނޑިޔާރުން އިއްވީ އާދަޢާ ޚިލާފް ޙުކުމުގެ ވާހަކަ-

ބުނެވޭ ގޮތުން އެއީ ފަރަންސޭސި ވިލާތުގައި 1643 ވަނައަހަރުން ފެށިގެން 1715 ވަނައަހަރަށް ރަސްކަން ކުރި ލުއިސް Louis XIV ގެ ރަސްކަމުގައެވެ. ފަޤީރު ބައްޕަ މަރަން ޙުކުމްކޮށް ޖަލަށްލާފައި ހުރީ ހައިހޫނުކަމަށް ކެތްނުކުރެވިގެން ޕާންފޮތްޗެއް ވަގަށް ނެގިކަމުގެ ކުށުގައެވެ. 

ބައްޕައަށް ޒިޔާރަތްކުރެވެނީ ޢާއިލާގެ މީހުންނަށެވެ. ޢާއިލާގައި ހުރީ ގާތުން ކިރުދޭ ދަރިފުޅަކު ބަލަމުން ގެންދާ ދަރިއަކު އެކަންޏެވެ. ހައިހޫނުކަން ފިލާވަރަށް ޖަލުން ކާން ނުލިބޭތީ ބައްޕަގެ ޙާލުއައީ ދެރަވަމުންނެވެ. އެހެންކަމާއިއެކުވެސް ކާނެ އެއްވެސް އެއްޗެއް ޖަލަށް ވެއްދުން މަނަލެވެ. 

ދަރިފުޅަށް ކެތް ނުކުރެވިގެން ބައްޕައާއި ބައްދަލުކުރެވުމުން އޭނާގެ ގާތުން ބައްޕައަށް ކިރުދޭން ފެށިއެވެ. 2،3 ދުވަހު އެކަންކުރިތަނާ ޖަލުބަލަހައްޓާ މީހުންނަށް އެކަން އެނގިގެން ބަންދުގައި ހުރި މީހަކަށް ކާންދޭ މައްސަލަ ޝަރީޢަތަށް ފޮނުވިއެވެ. 

މައްސަލައިގައި ދަރިފުޅާއި ބައްޕަގެ ވާހަކަތައް އަޑުއެހުމަށްފަހު ފަނޑިޔާރުން ޙުކުމް އިއްވީ ދެބަފައިންގެ މެދުގައި އޮތް ލޯބީގެ ބޮޑުކަމަށް ބަލައި ބައްޕަ މަރަން ކޮށްފައިވާ ޙުކުމް ބާޠިލްކޮށް ޖަލުން މިނިވަންކޮށް ދެބަފައިންނަށް އެކުގައި ދިރިއުޅެވޭނެ ގޮތް ހެދުމަށެވެ. އެހެންވެ ވަޤުތުން ބައްޕަ މިނިވަންކުރަން އަމުރުކުރިއެވެ. 

އެޒަމާނުގައި ވަސީލަތްތައް ހުރި މިންވަރުން މިވާހަކަ ވަރަށް ބޮޑަށް ފެތުރި މަޝްހޫރުވެގެން ދިއައެވެ. އެހެންވެ ކުރެހުންތެރިން އެކަން ދައްކުވައިދޭން ތަޞްވީރުތައް ކުރެހިއެވެ. އެއިގެ ތެރެއިން ތަޞްވީރެއް ވަނީ 30 މިލިއަން ޑޮލަރަށް ވިކިފައެވެ.

މިއަދު އޮންލައިން