މުހިންމު ފިލާވަޅެއް!: ރީތި، ތަނަވަސް މީހަކާ ކައިވެނިކުރެވުމުން ކަރުނަ އަޅައި ރުއިމާ އަނިޔާ ލިބުން ނޫންކަމެއް ޙާޞިލު ނުކުރެވި ކައިވެނި ރޫޅުނު އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 20ސ
މުހިންމު ފިލާވަޅެއް!: ރީތި، ތަނަވަސް މީހަކާ ކައިވެނިކުރެވުމުން ކަރުނަ އަޅައި ރުއިމާ އަނިޔާ ލިބުން ނޫންކަމެއް ޙާޞިލު ނުކުރެވި ކައިވެނި ރޫޅުނު އަންހެނެއްގެ ވާހަކަ-

އެއީ ޢުމުރުން 25 އަހަރުގެ ފަޤީރު އަންހެން ކުއްޖެކެވެ. ވަޒީފާ އަދާކުރަނިކޮށް ބައްދަލުވި ތަނަވަސް އަދި ފިރިހެނަކާއި ކައިވެނިކުރެވުމުން ގިނަ ބައަކު އޭނާއަށް މަރުޙަބާ ކިޔެވެ. ތިއަ ލިބުނީ ވަރަށް ރަނގަޅު ފިރިއެއް ކަމަށްވެސް ބުންޏެވެ.  

ދެން މިކިޔައިދެނީ ކައިވެނީގައި ކަންތައްތައް މެދުވެރިވި ގޮތެވެ.

ކައިވެނީގެ ފުރަތަމަ ރެއެވެ. ފިރިމީހާގެ ގެ ވަރަށް ބޮޑެވެ. ރަސްކަލެއްގެ ގަނޑުވަރެއްހައި ފުރިހަމައެވެ. ނިދާކޮޓަރިވެސް އެހައި ފުރިހަމައެވެ. ފިރިމީހާއަށް އިންތިޒާރުކުރަން އެނދުގައި އޮއްވައި ފިރިމީހާ ކޮޓަރިއަށް އައީ ދަންވަރު 1 ޖެހިއިރުއެވެ. ފިރިމީހާއަށް އިސްތިޤްބާލުކުރަން އެނދުން ތެދުވެ އިށީނދެ ހިނިތުންވެލިތަނާ ކައިރީގައި ހުއްޓިފައި ބުންޏެވެ. "ނުނިދައި ތިއައޮތީ އަހަރެން އަންނަ އިރެއްބަލަން ހެއްޔެވެ؟ ފާރަލާން ހެއްޔެވެ؟" ބުނުމާއެކު ލޯމަތީގައި ބާރަށް ޖެއްސެވެ.  

ވީތަދުން ދެލޮލުގައި އަތްއަޅައިގެން އިރުކޮޅަކު ހުރެފައި އަތްނެގިއިރު ފިރިމީހާ އޮތީ އެނދު ހުރަހަށެވެ. ހަމަހެއެއް ނެތެވެ. މަސްތުވެފައިހުރިވަރު ބޮޑުކަމުންނެވެ.  

އަނެއް ދުވަހު ހެނދުނު ސައިބޮއި ނިމިގެން އަންހެންކުއްޖާ ބުންޏެވެ. "އަހުރެން ކަލެއާއި ކައިވެނިމިކުރީ ކަލޭ އެކަމަށް އެދި އެތައް ފަހަރަކު ބުނީމައެވެ. އެކަމުގެ ނަތީޖާއަކީ ފުރަތަމަ ރޭ ދެލޯ ދުލަކޮށްލުމެވެ. މިރޭ ބުރިކޮށްލާނީ ދެއަތް ނުނީ ދެފައި ނޫންކަމެއްވެސް ނުއެނގެއެވެ. ކަލޭގެ އަތަކުން އެއްވެސް އެއްޗެއްވެސް ބޭނުމެއް ނޫނެވެ. ދިން ހުރިހާ ހަދިޔާއެއްވެސް ހަމަ ކަލެއަށެވެ. އަހުރެންނަކީ ވަރަށް ފަޤީރު އަންހެނަކު ކަމަށް ކުރިންވެސް ބުނީމެވެ. ވީމާ ކަލޭ ކައިވެންޏަށް ކުރި ކަރަދު އަނބުރައި ދެވޭނެ ގޮތެއް ނެތެވެ. ދެފައިގައި ހިފައި އާދޭސްކުރަމެވެ. 7 އުޑުމަތީގައި ވޮޑިގެންވާ ކަލާނގެއަށްޓަކައި އަހުރެން ވަރިކޮށްލައި މިގެއިން ދިއުމުގެ ހުއްދަދޭށެވެ!"  

ފިރިމީހާގެ ޖަވާބަކަށްވީ އެއީ އުފާކުރަން ބޭނުންވަރުން މަސްތުވެވުނުލެއް ބޮޑުކަމުން މެދުވެރިވި ކަމެއް ކަމަށެވެ. ދެން އެބާވަތުގެ ކަމެއް ނުކުރާނެ ކަމަށެވެ. ނަމަވެސް ޖެހިގެން އައިރޭވެސް ކަންކަން ވެގެން ދިއައީ ހަމައެފަދަ ގޮތަކަށެވެ. ދަންވަރު އައިސް އެނދަށް ވެއްޓިގަތީއެވެ. އަނބިމިހާ އެރޭ ނުތެދުވާތީ އަނގައިންވެސް ނުބުނާތީ އެރެއަކު އަނިޔާއެއް ނުކުރެއެވެ.  

ފިރިމީހާގެ ޙަޤީޤަތް އަނބިމީހާއަށް އެނގުނީ މަހެއްހައި ދުވަސްފަހުން ފަހުންނެވެ. ކޮންމެ ރެއަކު ނިދަން މިއަންނަނީ ގޭގެ 3 ވަނަ ބުރިއަށް ގޮސް އެތަނުގައި ބައިތިއްބާފައި ތިބޭ ކަސްބީ އަންހެނުންތަކާއިއެކު ޕާޓީކޮށް މަޖާކޮށްފައެވެ.

އެކަން އެނގުމުން އަނބިމީހާ ގެއިން ޖުކުމެގެން ގޮސް އެފަދައިން ޙާލުގައި ޖެހޭ އަންހެނުންނަށް އެހީތެރިވެދޭ ތަނަކުން އެހީތެރިކަން ހޯދީއެވެ. އެތަނުގައި ހުރެގެން ވަޒީފާއެއް ހޯދައިގެން އަލުން މަސައްކަތްކުރަން ފެށީއެވެ. ކައިވެނި ރޫޅިގެން ދިއައީ ދެމަފަރިން އެކުގައި އެންމެ ރެއަކުވެސް ރޭނުކުރެވިއެވެ. 

މިވާހަކަ ކިޔާފައި މިއަދުނޫހުގެ ސަމާލުކަމަށް މިގެނައީ ތަނަވަސް ރީތި މީހަކާއި ކައިވެނިކުރެވުމަކީ ލިބޭ އުފަލަކަށްވާނީ ދިރިއުޅުންވެސް ރިވެތިކުރެވިއްޖެނަމަ ކަމަށް ބުނުމަށެވެ. ވީމާ ރީތި އަދި ތަނަވަސް މީހަކާއި ކައިވނިކުރެވުނަސް އެއީ ލިބޭ ބޮޑު ކާމިޔާބީއެއް ކަމަށް އެހައިފަސޭހައިން ނުނިންމާށެވެ!

 

- ޝަޒުމީލާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

--ޢިބްރަތްތެރި ވާހަކަ

މިއަދު އޮންލައިން