ވިތުރި ކުރާއިރު ކިޔަވަން ސުންނަތުން ޘާބިތުވާ ސޫރަތްތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ވިތުރި ކުރާއިރު ކިޔަވަން ސުންނަތުން ޘާބިތުވާ ސޫރަތްތައް-

ވިތުރިކުރާއިރު ކިޔެވުމަށް ސުންނަތުން ޘާބިތުވާ ސޫރަތްތައް އޮޅުން ފިލުވަން ކިޔުންތެރިން ކުރައްވާ ސުވާލުގެ ޖަވާބު:   

ވިތުރީގެ ފުރަތަމަ ރަކްޢަތުގައި ސޫރަތުލްފާތިޙާ (އަލްޙަމްދް) އަށް ފަހުގައި ސޫރަތުލް އަޢްލާ

(سَبِّحِ اسْمَ رَبِّكَ الْأَعْلَى)، ދެވަނަ ރަކްޢަތުގައި ސޫރަތުލްފާތިޙާގެ ފަހުން ސޫރަތުލް ކާފިރޫން (قُلْ يَا أَيُّهَا الْكَافِرُوْنَ)، އަދި ތިންވަނަ ރަކްޢަތުގައި ސޫރަތުލްފާތިޙާ ގެ ފަހުން ސޫރަތުލް އިޚްލާޞް (قُلْ هُوَ اللهُ أَحَدٌ) ކިޔެވުން ސުންނަތުން ޘާބިތުވެއެވެ. ؟ 

ޟުޙާ ނަމާދުގައި ވަކި ސޫރަތެއް ކިޔެވުމަށް އައިސްފައެއް ނުވެއެވެ. އެހެންކަމުން ސޫރަތުލްފާތިޙާގެ ފަހުން ކޮންމެ ސޫރަތެއް ކިޔެވިނަމަވެސް މައްސަލައެެއް ނެތެވެ.

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން