ހިތާމަ އާއި ހިތްދަތިކަމުގެ ވަޤުތުތަކުގައި ކުރާނެ ބައެއް ދުޢާ-

ކިޔުމަށް ހޭދަވާނީ 4މ 48ސ
ހިތާމަ އާއި ހިތްދަތިކަމުގެ ވަޤުތުތަކުގައި ކުރާނެ ބައެއް ދުޢާ-

ޢާއިޝަތު ރަފާޙް ޢަލީ

 

ހިތާމައާއި ހިތްދަތިކަން އަބަދުވެސް ކުރިމަތިވާނެއެވެ. އެޙާލަތުގައި ފުރަތަމަކަމަކަށްވެސް ކުރަން އޮތް ކަމަކީ އެޙާލަތުން ސަލާމަތްކޮށްދެއްވެވުން އެދިގެން ދުޢާކުރުމެވެ.  

ތިރީގައި މިބަޔާންކުރަނީ ހިތާމަ އާއި ހިތްދަތިކަމުގައި ކުރަން ކީރިތި ރަސޫލާ ގެ ސުންނަތުން އައިސްފައިވާ ބައެއް ދުޢާތަކެވެ. މިދުޢާތަކުގެ އިތުރުން އެމީހަކު ބޭނުން ޢިބާރާތަކުންވެސް ދުޢާކުރެވޭނެއެވެ.   

اللَّهمَّ رَحمَتَكَ أرْجو، فلا تَكِلْني إلى نَفْسي طَرْفةَ عَيْنٍ، أصْلِحْ لي شَأْني كُلَّهُ، لا إلهَ إلَّا أنتَ

އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ، އަހަރެން ތިޔަރަސްކަލާނގެ ރަޙްމަތަށް އުންމީދު ކުރަމެވެ. އެހެންކަމުން އަހަރެންގެ އަމިއްލަ ނަފްސަށް ދޫކޮށްނުލާ، އަހަރެންގެ ހުރިހާ ކަމެއް އަހަންނަށް ރަނގަޅު ކޮށްދެއްވާށިއެވެ. ތިޔަ ރަސްކަލާނގެ ނޫން އެހެން ފަރާތެއް ނެތެވެ.  

للهُ؛ اللهُ ربي، لا أُشركُ به شيئًا

الله؛ މާތްރަސްކަލާނގެއަކީ އަހަރެންގެ ވެރިރަސްކަލާނގެއެވެ. އަހަރެން އެކަލާނގެއާ އެއްވެސް އެއްޗެއް ޝަރީކު ނުކުރަމެވެ. 

اللهم إني أعوذُ بكَ منَ الهمِّ والحزَنِ، وأعوذُ بكَ منَ العجزِ والكسلِ، وأعوذُ بكَ منَ الجُبنِ والبخلِ ؛ وأعوذُ بكَ مِن غلبةِ الدَّينِ وقهرِ الرجالِ 

އޭ الله، އަހަރެން ކަންބޮޑުވުމާއި ހިތާމައިން ތިޔަ ރަސްކަލާނގެ ކިބައިން ރައްކާތެރިކަމަށް އެދެމެވެ. ނާޤާބިލުކަމާއި ލަސްކަމުން ތިޔަ ރަސްކަލާނގެ ކިބައިން ރައްކާތެރިވެ، ނުލަފާކަމާއި ނިކަމެތިކަމުން ތިޔަ ރަސްކަލާނގެ ކިބައިން ރައްކާތެރިކަމަށް އެދެމެވެ. އަދި ދަރަނިވެރިވެ، އިންސާނުންގެ އަނިޔާވެރިކަމުން، އަހަރެން ތިޔަރަސްކަލާނގެ ކިބައިން ރައްކާތެރިކަން ހޯދަމެވެ. 

އަދި މިދުޢާވެސްމެއެވެ.  

اللهمَّ إني عبدُك وابنُ عبدِك وابنُ أَمَتِك ناصيتي بيدِك ماضٍ فيَّ حكمُك عَدْلٌ فيَّ قضاؤُك أسألُك بكلِّ اسمٍ هو لك سميتَ به نفسَك أو أنزلتَه في كتابِك أو علَّمتَه أحدًا مِنْ خلقِك أو استأثرتَ به في علمِ الغيبِ عندَك أنْ تجعلَ القرآنَ ربيعَ قلبي ونورَ صدري وجلاءَ حُزْني وذَهابَ هَمِّي 

މާނައީ: ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން މިއަޅާއަކީ އިބަ އިލާހުގެ އަޅަކީމުއެވެ. އިބަ އިލާހުގެ ފިރިހެން އަޅެއްގެ ދަރިއަކީމުއެވެ. އިބަ އިލާހުގެ އަންހެން އަޅެއްގެ ދަރިއަކީމުއެވެ. މިއަޅާގެ ލަގަން ވަނީ އިބަ ﷲގެ އަތްޕުޅުގައެވެ. އިބަ ﷲ ގެ ޙުކުމްފުޅު މިއަޅާގެ މައްޗަށް ތަންފީޒުވެގެންވެއެވެ. އިބަ ﷲގެ ނިޔާ މިއަޅާ އާއި މެދު ޢަދުލުވެރިވެގެންވެއެެެވެ. އިބަ ﷲ ގެ އަމިއްލަ ޛާތުފުޅަށް އިބަ ﷲ ދެއްވާފައިވާ ނުވަތަ އިބަ ﷲ ގެ ފޮތުގައި އިބަ ﷲ ބާވައިލައްވާފައިވާ ނުވަތަ އިބަ ﷲ މަޚްލޫގުންގެ ތެރެއިން މަޚްލޫގަކަށް އިބަ ﷲ އުނގަންނަވައި ދެއްވާފައިވާ ނުވަތަ އިބަ ﷲ ގެ ޙަޟްރަތުން ޣައިބުގެ ޢިލްމުގައި އިބަ ﷲ ޚާއްސަކުރައްވާފައިވާ އިބަ ﷲ ގެ ހުރިހާ އިސްމުފުޅުތަކެއް މެދުވެރިކޮށް މިއަޅާގެ ހިތުގެ ބަހާރުކަމުގައްޔާއި، މިއަޅާގެ ހިތުގެ ނޫރުކަމުގައްޔާއި، މިއަޅާގެ ހިތާމަ ފިއްލަވާ ޒަރިއްޔާ ކަމުގައްޔާއި، އަދި މިއަޅާގެ ފިކުރު ބޮޑުކުރުން ދުރުކޮށްދޭ ޒަރިއްޔާ ކަމުގައި ޤުރްއާން ލައްވާދެއްވުމަށް އިބަ ﷲ ގެ ޙަޟްރަތުން އެދި ދަންނަވަމެވެ.

 

 

މިއަދު އޮންލައިން