މުސްލިމަކަށް ކިތަންމެ ބޮޑު ކަމެއް ކުރިމަތިވިޔަސް މިމަގުން ޢަމަލުކޮށްފިނަމަ ހަމަ ވަޤުތުންވެސް ލުއި ލިބިގެންދާނެ! އިން ޝާ ﷲ: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
މުސްލިމަކަށް ކިތަންމެ ބޮޑު ކަމެއް ކުރިމަތިވިޔަސް މިމަގުން ޢަމަލުކޮށްފިނަމަ ހަމަ ވަޤުތުންވެސް ލުއި ލިބިގެންދާނެ! އިން ޝާ ﷲ: ބިލާލް އައްސަދު

ކުރިމަތިވާ ކަންތަކުގެ ކުޑަބޮޑުމިނަށް ނުބަލާށެވެ! މި 4 ކަންތައް ފުރިހަމަކުރާށެވެ! 

ކޮންމެ މީހަކަށްވެސް ކަންބޮޑުވާންޖެހޭ އެތައް ބައިވަރު ކަންތައްތަކެއް ހުންނާނެއެވެ. އެތަނުން އެއްކަމެއް އިޚްތިޔާރުކުރާށެވެ! އެގޮތުން ތިމާ އެންމެ ބޮޑަށް ކަންބޮޑުވާ ކަންތައް އިކްތިޔާރުކުރެވިދާނެއެވެ. 

ދެން އެކަން ޙައްލުކުރެވޭތޯ ތިމާއަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރާށެވެ! 

ދެން އެއަށްފަހު ﷲ ތަޢާލާގެ ޙަޟްރަތަށް ދަންނަވާށެވެ! "ޔާ ﷲ! މިކަމުން އަރައިގަތުމަށްޓަކައި މިއަޅާއަށް ކުރެވެން އޮތް ހުރިހާ މަސައްކަތްތަކެއް ކޮށްފީމެވެ. ޔާ ﷲ! މިކަމުގައި ހުރިހާ ކަމެއް މިއަޅާ އިނބަ ﷲ އަށް ވަކީލްކޮށްފީމެވެ! އިނބަ ﷲ މިއަޅާއަށް އެންމެ ބޮޑަށް ފައިދާކުރާނެ ގޮތަކަށް މިއަޅާއަށް މިކަން ހައްލުކޮށްދެއްވަވާނދޭވެ!" އާމީން 

މިކަން މިގޮތަށް ކުރެވުމުން މިކުރެވުނީ ކޮންކަމެއްކަން އެބައެނގޭ ހެއްޔެވެ؟ ޙަޤީޤަތުގައި މިކުރެވުނު ކަމަކީ ތިމާގެ ވިސްނުމުން އެކަން ދޫކޮށްލައި ﷲ ތަޢާލާގެ ޙަޟްރަތާއި ޙަވާލުކުރީއެވެ. ވަކީލްކުރުމަކީ އެއީއެވެ. 

ތަޖުރިބާއަށް ބަލައި ބުނަމެވެ. ތިމާއަށް ﷲ ތަޢާލާ އެހީތެރިވެވޮޑިގަންނަވާނެ ކަމުގެ ޔަޤީންކަމުގައި ހުރެ މިގޮތަށް ޢަމަލުކޮށްފި މީހަކަށް ހަމަ އެވަޤުތުވެސް ލުއިކަން އިޙްޞާޞް ކުރެވެން ފަށާނެއެވެ. ހީވާނީ ސިކުނޑިއަށް ބޮޑު ލުޔެއް ލިބިއްޖެހެންނެވެ. އިން ޝާ ﷲ

 

- ބިލާލް އައްސަދުގެ ދަރުސަކުން

 

މިއަދު އޮންލައިން