ކަމެއް ދިމާވާއިރަށް އެހެން މީހުން ކުށްވެރިކުރުމަކީ މީހާ ބޮޑުވެ، ފަލަވެ، ޢުމުރުން ދުވަސްވިޔަސް ތަޝައްރަފް ނުފުދޭ މީހުން ކުރާކަމެއް!-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ކަމެއް ދިމާވާއިރަށް އެހެން މީހުން ކުށްވެރިކުރުމަކީ މީހާ ބޮޑުވެ، ފަލަވެ، ޢުމުރުން ދުވަސްވިޔަސް ތަޝައްރަފް ނުފުދޭ މީހުން ކުރާކަމެއް!-: މުފްތީ މެންކް

ޢުމުރުން ދުވަސްވެދާނެއެވެ! ހަށިގަނޑު ބޮޑުވެދާނެއެވެ. ނަމަވެސް ތަޝައްރަފް ފުދުމަކީ ކޮބައިކަން އެބަ އެނގޭ ހެއްޔެވެ؟ އެކަމަށް ވިސްނައިލަމުހެއްޔެވެ؟

ތަޝައްރަފް ފުދުމަކީ ތިމާގެ ޙަޔާތުގައި މެދުވެރިކަންކަމާއިގުޅިގެން އެހެންމީހުންނާއި ޝަކުވާނުކޮށް، އެހެން މީހުންގެ ބޮލުގައި ކަންކަން ނުއަޅުވައި އަމިއްލައަށް ޒިންމާ އުފުލައިގެން ކަންކަން ޙައްލުކުރުމުގެ ކުޅަދާނަކަން ލިބުމެވެ.

އެއްވެސް ކަމެއް ކުރިމަތިވުމުން އެހެން މީހުން ކުށްވެރިނުކުރާށެވެ. އެހެން މީހުންގެ ކިބައިގައި އެކަމުގެ ޒިންމާވެސް ނުއަޅުވާށެވެ. ތިބާގެ ކަމެއްގެ ތެރެއަށް އެހެން މީހަކަށް ވަދެވޭނީ ތިބާ ވެއްދުމުން އަދި ވެއްދި ވަރަކަށެވެ. ވީމާ ތިމާގެ ކަންކަމުގެ ތެރެއަށް ވަނުމުގެ ފުރުޞަތު އެހެން މީހުންނަށް ދެނީ ތިމާއެވެ.

ވަރަށް ގިނައިން މެދުވެރިވާ ކަމެއް ބުނެފާނަމެވެ. ގެއަށްވަދެއުޅޭ އެކުވެރިން، ތިމާގެ އަނބިމީހާ އާއި ބާއްވާ ގުޅުންތަކެއް ނުބަލައެވެ. ގުޅުން އުފައްދާ މިންވަރެއްވެސް ނުބަލައެވެ. އެކަމަށް އިހްމާލްވެގެން ހުރެފައި އެގުޅުމުގެ ތެރެއިން ނުބައިކަމެއް މެދުވެރިވުމުން އެކުވެރިޔާ ކުށްވެރިކުރުމުން މިކުރެވެނީ ދެކޮޅުޖެހޭ ކަމެއް ހެއްޔެވެ؟

އެހެން މީހުންގެ ބޮލުގައި ކަންކަން އެޅުވުމަކީ ކުރަން ވަރަށް ފަސޭހަ ކަމެކެވެ. ނަމަވެސް އެއީ އެއްވެސް ކަމެއްގެ ޙައްލެއް ނޫނެވެ. ޙައްލު ހޯދޭނީ ތިމާ އަމިއްލައަށް ޒިންމާ އުފުލިވަރަކުންނެވެ. ވީމާ ތިމާގެ އަމިއްލަ ކަންކަމުގައި އެހެން މީހުން ކުށްވެރިކުރުން ހުއްޓާލައި ޒިންމާ އުފުލަންފަށާށެވެ. ތަޝަރއްރަފްފުދުމަކީ އެއީއެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން