ނަމާދުގަ މައުމޫމުން މަޑުން އަލްޙަމްދު ކިޔެވިނަމަވެސް އަކުރުތަކަށް ދޭންޖެހޭ ސަމާލުކަންދޭންވާނެ! ފަތްޗަކަށް އަމުނާލުމުން ކިޔެވިކަމަކަށް ނުވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ނަމާދުގަ މައުމޫމުން މަޑުން އަލްޙަމްދު ކިޔެވިނަމަވެސް އަކުރުތަކަށް ދޭންޖެހޭ ސަމާލުކަންދޭންވާނެ! ފަތްޗަކަށް އަމުނާލުމުން ކިޔެވިކަމަކަށް ނުވާނެ!: މުފްތީ މެންކް

ނަމާދު ނަމާދަށްވާނީ ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމުންކަން އަހަރެމެން އެންމެންނަށްވެސް ވަރަށް ރަނގަޅަށް އެނގެއެވެ. އެކަމަށް މަސައްކަތްވެސް ކުރެއެވެ. ނަމަވެސް އަހަރެންގެ ސުވާލަކީ ތަޖުވީދުމަގުން ސޫރަތުލްފާތިޙާ، "އަލްޙަމްދު" ކިޔަން އެނގެނީ ކިތައް މީހުންނަށް ހެއްޔެވެ؟

މީސްތަކުންނޭވެ މިއީ ގިނަ ބައަކަށް ވަރަށް ބޮޑަށް އިހްމާލްވެވެމުން އަންނަކަމެކެވެ. ތަޖްވީދުމަގުން ޤުރްއާން ކިޔަވަން އެނގުމަކީ ވަރަށް މުހިންމު ކަމެކެވެ. ޚާއްޞަކޮށް އަލްޙަމްދުކިޔަވަން އެނގުމަކީ ވަރަށް ބޮޑު ވާޖިބެކެވެ. އެއީ ކޮންމެހެން އެނގެންޖެހޭ ކަމެކެވެ. ތަޖްވީދުމަގުން އަލްހަމްދުކިޔަވައިގެން ނޫނީ ނަމާދު ފުރިހަމަނުކުރެވޭނެތީއެވެ.

އެއީ މިއަދު ދަސްކުރަން އެހައި އުނދަގޫކަމެއް ނޫނެވެ. އަތުގައި އޮންނަ ފޯނުބޭނުންކޮށްލައިގެންވެސް ދަސްކުރެވެން އޮތްކަމެކެވެ. ތަޖްވީދުމަގުން ޤުރްއާން ކިޔަވާ ޤާރީއެއްގެ ކިޔެވުން އަޑުއަހައިގެންވެސް ދަސްކުރެވިދާނެއެވެ. ވީމާ ކޮންމެހެން ޤާރީއެއްގެ ގާތަށް ނުދިއަ ނަމަވެސް މިއަދު އެކަން ކުރެވެން އެބައޮތެވެ.

ޖަމާޢަތުގައި ނަމާދުކުރާއިރު މައުމޫމުން ނުވަތަ އިމާމްގެފަހަތުގައި ނަމާދުކުރާމީހުން އަޑުހަރުކޮށް ނުކިޔަވައި މަޑުން ކިޔެވިނަމަވެސް އަކުރުތައް އަކުރުތަކުގެ ގޮތުގައި ކިޔަވަންވާނެއެވެ. ހުއްޓުންތަކަށް ސަމާލުކަންދޭންޖެހޭނެއެވެ. ދަމަންޖެހޭ ތަންތަނުގައި ދަމަންޖެހޭނެއެވެ. ފުރިހަމައަށް ކިޔެވުނުކަމަށްވާނީ އެއިރުންނެވެ. އަވަސްއަރުވާލައި ފަތްޗަކަށް އަމުނާލާހެން ކިޔެވުމަކުން ކިޔެވުން ފުރިހަމައެއް ނުވާނެއެވެ.

ވީމާ ފުރިހަމަގޮތުގައި ނަމާދުކުރަން މިކަންކަމަށް ސަމާލުކަންދޭންވާނެއެވެ. ތަޖުވީދުމަގުން ސޫރަތުލްފާތިޙާކިޔަވަން އެނގެންވާނެއެވެ. އަދި މަޑުންކިޔަވާއިރުވެސް ކިޔަވަންވާނީ ސަމާލުކަންދީގެން ކިޔަވަން އޮންނަ މަގުންނެވެ. ހަމައެއާއިއެކު އެންމެ މުހިންމު އެއްކަމެއްގެ ގޮތުން އަލްޙަމްދުގެ މާނަ ދަސްކޮށް ކިޔަވާއިއރު ހިތްމައްޗަށް ގެންނަންވާނެއެވެ. ކުރާ ނަމާދު ފުރިހަމަވާނީ އެއިރުންނެނެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން