ތަނަވަސްކަމަށް އެދި ދުޢާކުރީމާ ދުނިޔޭގަ ނުދެއްވަވައިފިނަމަ ޙަމަދުކޮށް އުފާކުރޭ! ޝުކުރުކޮށް ކެތްތެރިވެލުމުން ދެއްވަވަން އޮތް ރަހްމަތް މާބޮޑުވާނެ! އިން ޝާ ﷲ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ތަނަވަސްކަމަށް އެދި ދުޢާކުރީމާ ދުނިޔޭގަ ނުދެއްވަވައިފިނަމަ ޙަމަދުކޮށް އުފާކުރޭ! ޝުކުރުކޮށް ކެތްތެރިވެލުމުން ދެއްވަވަން އޮތް ރަހްމަތް މާބޮޑުވާނެ! އިން ޝާ ﷲ: މުފްތީ މެންކް

ގިނަ ބައަކަށް ޤަބޫލުކުރެވެނީ ތަނަވަސްކަން ލިބެނީ އެބައަކަށް ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިގަންނަވާ މީހުންނަށް ކަމަށެވެ. ނަމަވެސް އެއީ އެއްގޮތަކަށްވެސް އެކަން އޮތްގޮތެއް ނޫނެވެ. އުންމަތުގެ ހެޔޮލަފާ ބޭކަލުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކަށްވެފައި އޮތީ އެބޭކަލުންނަކީ ތަނަވަސް ބައަކު ކަމުގައި ވެދާނެކަމެވެ.

ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކޮށް ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޢަމަލުތައް ބަހައްޓަމުން ﷲ ތަޢާލާގެ ޙަޟްރަތުން ތަނަވަސްކަމަށް އެދި ދަންނަވާ މީހުންގެ ތެރެއިންވެސް ތަނަވަސްކަން މިންވަރުކުރައްވަވަނީ ވަރަށް މަދު މީހަކަށެވެ. އެހާލަތުގައި ގިނަ ބައަކު ކަންބޮޑުވެ ޝަކުވާތައްކުރަން ފަށައެވެ.

ޝަކުވާ އެކުރެވެނީ އެމީހުންނަށް ﷲ ތަޢާލާ ދެއްވަވާ މެސެޖް ނުވަތަ އަންގަވާ އެންގެވުން ފަހުމް ނުވާތީއެވެ. އެ އެންގެވުމަކީ މިއީކަމަށް ޤަބޫލުކުރާށެވެ. އެއިރުން ހުރިހާ ކަންބޮޑުވުމެއް ފިލައި ހިތަށް އުފާވެރިކަން ލިބޭނެއެވެ. ޝުކުރުވެރިވެސްވެވޭނެއެވެ. އިން ޝާ ﷲ

"ތިބާ އެދޭ މިންވަރަށް ތިބާއަށް ތަނަވަސްކަން ނުދެއްވަވަނީ ﷲ ތަޢާލާ ތިބާ ދެކެ ލޯބިވެވޮޑިގަންނަވާތީ އެވެ. އެވަރަށް ތަނަވަސްކަން ދެއްވަވައިފިނަމަ އެކަމުގެ ސަބަބުން ތިބާ ތިމަން ﷲ އާއި ދުރަށް ޖެހޭނެތީއެވެ. ތިބާ އެދޭކަންކަމަށްވުރެ މާފުރިހަމަ ނިޢުމަތްތައް ދާދި އަވަހަށް ތިބާއަށް ދެއްވަވާހުށީމެވެ. ކުޑަ ދުވަސްކޮޅަކަށް ކެތްތެރިވެލާށެވެ!"

މާނައަކީ ކޮންމެ މީހަކަށްވެސް ވަކި މިންވަރަކަށް ފުދުންތެރިކަން ދެއްވަވައެވެ. އެދޭހައި މިންވަރަށް ތަނަވަސްކަން ނުދެއްވަވަނީ ދެއްވަވައިފިނަމަ ދުނިޔޭގެ އެދުމާއިގެން މަސްއޫލްވާލެއް ބޮޑުކަމުން ﷲ ތައާލާއަށް ތަޤްވާވެރިވެ އަޅުކަންކުރުމާއި ދުރުވާނެތީއެވެ. ތިމަން ﷲ އާއި ދުރަށް ޖެހޭނެތީއެވެ. ދުނިޔޭގައި ހުންނަ މަދު ދުވަސްކޮޅު ކެތްތެރިވެލާށެވެ. މަރުވެ ތިމަން ﷲ ގެ ޙަޟްރަތަށް އައުމުން ތިއަ އެދޭ މިންވަރަށްވުރެ މާފުރިހަމަ، މާގިނަ ނިޢްމަތްތައް ދެއްވަވާނެތެވެ.

ނިޢްމަތްތައް ދެއްވެވުމުން ވެސް ތަޤްވާވެރިކަމުގައި ސާބިތުވާނެކަމަށް ހިތުގައި އޮވެދާނެއެވެ. ނަމަވެސް އެހެން އެކަން ނުކުރެވޭނެކަން ނުވަތަ ކުރެވޭނެކަން ﷲ ތަޢާލާ މާމޮޅަށް ދެނެވޮޑިގެންވެއެވެ. ވީމާ ބައެއް މީހުން އެދޭވަރަށް ތަނަވަސްކަން ނުދެއްވަވަނީ އެސަބަބަށްޓަކައި ކަމަށް ޤަބޫލުކޮށް ނުދެއްވަވާކަންމައްޗަށް ޝުކުރުވެރިވާށެވެ! އަދި މާފުރިހަމައަށް ކަންކަން މިންވަރުކުރައްވަވާނެ ދުވަހަށް އުންމީދުކުރާށެވެ! އެއިރުން ހުރިހާ ކަންބޮޑުވުންތަކެއް ފިލައިގެން ހިނގައިދާނެއެވެ. އިން ޝާ ﷲ

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން