ބައިވެރިޔާ މަސްތުވާތަކެތި ބޭނުންކުރުން ހުއްޓާނުލައިފިނަމަ އެމީހަކާ ވަކިނުވުމަކީ އަމިއްލައަށް ލިބިގަންނަ އެންމެ ބޮޑު ދެރަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ބައިވެރިޔާ މަސްތުވާތަކެތި ބޭނުންކުރުން ހުއްޓާނުލައިފިނަމަ އެމީހަކާ ވަކިނުވުމަކީ އަމިއްލައަށް ލިބިގަންނަ އެންމެ ބޮޑު ދެރަ!

މަސްތުވާތަކެތި ބޭނުންކުރުން ޢާންމުވެ އެއީ އަންހެނުންނާއި ފިރިހެނުން ކުރާ ކަމަކަސް މިވަނީ ވެފައެވެ. ޢުމުރުން ދުވަސްވުމުންވެސް މަސްތުވާތަކެތީގެ ވަބާގައި ޖެހި ބޭނުންކުރަން ފަށާ މީހުން އަންނަނީ ގިނަވަމުންނެވެ. މިއީ ކޮންފަދަ ބޮޑު ދެރަކަމެއް ހެއްޔެވެ؟ 

ފިރިމީހާކަމަށްވީނަމަވެސް އަދި އަނބިމީހާކަމަށްވީނަމަވެސް މަސްތުވާތަކެތި ބޭނުންކުރުން ހުއްޓާނުލައިފިނަމަ އެމީހަކާއިއެކު ދިރިއުޅެން މަސައްކަތްކުރުމެއް ނެތެވެ. އެކަންވާނީ އަމިއްލައަށް ލިބިގަންނަ އަނިޔާއަކަށެވެ. ﷲ ތަޢާލާގެ މަގުގައި ޘާބިތުވެ ރިވެތި ގޮތުގައި ދިރިއުޅެން މަސައްކަތްކުރުމުން އެމީހަކަށް ﷲ ތަޢާލާ މަގުދައްކަވާނެތެވެ. އިން ޝާ ﷲ 

ފިރިމީހާއަކީ ނަމާދުނުކޮށް މަސްތުވާއެއްޗެހި ބޭނުންކުރަމުންދާ މީހެއްކަމުގައިވާނަމަ ފިރިމީހާއަށް އަނބިމީހާ ކޮށްދޭންޖެހޭ ކަންތައް ނުކޮށްދީފިނަމަ އަނބިމީހާ ފާފަވެރިވާނެތޯ؟ 

ފުރަތަމަ ކަމަކީ ދެމަފިރިންކުރެ އެކަކުވެސް ނަމާދު ނުކުރާ ކަމަށްވަނީނަމަ، ކައިވެނި ޞައްޙަ އެއް ނުވާނެއެވެ. އެހިސާބުން ކައިވެނި ރޫޅޭނެއެވެ. 

ދެވަނަކަމަކީ: މަސްތުވާތަކެތި ބޭނުން ކުރުމަކީ ބޮޑުވެގެންވާ ފާފައެކެވެ. އެހެންކަމުން، ފިރިމީހާ މިފަދަ ނުބައިކަމަކަށް އަރައިގަންނަ ކަމަށް ވަނީ ނަމަ އޭނާ އިޞްލާހު ކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާށެވެ. އެގޮތުން ފުރަތަމަ ކަމަކަށް ދީނީ ގޮތުން އެކަމުގެ ނުބައިކަން ވިސްނައިދެވޭތޯ ބަލާށެވެ. އަދި ކައުންސިލިންގް ދީގެންނާއި، ޑޮކްޓަރުންގެ ބޭސް ބޭނުން ކޮށްގެން ނަމަވެސް އެނުބައި ވަބާއިން ފިރިމީހާ ސަލާމަތް ކޮށް ދެވޭތޯ ބަލާށެވެ. 

ފިރިމީހާ އަކީ ކިތަންމެ ހެޔޮ މީހަކަށްވީނަމަވެސް، މަސްތުވާތަކެތި ބޭނުން ކުރާ މީހަކަށްވެއްޖެނަމަ، އޭނާގެ ފަރާތުން އެއްވެސް އަމާން ކަމެއް ނެތެވެ. އޭނާ މަސްތުވެހުރެގެން އަނބިމީހާ އަށް އަނިޔާކޮށް ކޮންމެފަދަ އަނިޔާ އެއް ކުރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެހެންކަމުން، ފިރިމީހާ މަސްތުވާ ތަކެތިން ދުރުހެލި ނުކުރެވިއްޖެނަމަ، ވަރިޔަށް އެދޭށެވެ. އެފަދަ ނުބައިކަންތައް ކުރާ ފިރިޔަކާ އެކު އުޅުން ހުއްދަވެގެންނެއް ނުވެއެވެ. والله أعلم.

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

މިއަދު އޮންލައިން