ހަމައެކަކު ތިބާއަށް ރުހި ހެޔޮބަހެއް ނުބުންޏަސް ކަންބޮޑުނުވާތި!: ދުނިޔޭގެ އެންމެންގެ ރުހުމާ ތަޢްރީފަށްވުރެ ﷲ ތަޢާލާ ލައްވަވާ ޛައްރެއްގެ މިންވަރުގެ ރަހްމަތުން ކުރާ ފައިދާ މާބޮޑުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ހަމައެކަކު ތިބާއަށް ރުހި ހެޔޮބަހެއް ނުބުންޏަސް ކަންބޮޑުނުވާތި!: ދުނިޔޭގެ އެންމެންގެ ރުހުމާ ތަޢްރީފަށްވުރެ ﷲ ތަޢާލާ ލައްވަވާ ޛައްރެއްގެ މިންވަރުގެ ރަހްމަތުން ކުރާ ފައިދާ މާބޮޑުވާނެ!

"އަހުރެން މިވެނި މީހަކަށް މިވެނި ކަމެއް ކޮށްދިނީމެވެ. އެކަމަކު އޭނާ އެކަމުގެ އަގުވަޒަނެއް ނުކުރެއެވެ. މީސްތަކުންނަށް ކަންކަންކޮށްދިނުން މަތިން ފޫހިވެއްޖެއެވެ. މީހުންނަށް ކަންކަން ކޮށްދީދީ ވަރުބަލިވެއްޖެއެވެ." 

މިފަދަ ޚިޔާލުތައް ނުކުރާށެވެ! ތިބާ ކިތަންމެ ކުޑަ ކަމެއް ކުރިނަމަވެސް އެކަން ﷲ ތަޢާލާ ދެކެދެނެވޮޑިގެންވެއެވެ. އަދި އެއީ ﷲ ތަޢާލާއަށްޓަކައި މީހަކަށް ކޮށްދިން ހެޔޮކަމެއް ނަމަވެސް އަދި ކުރި ކިތަންމެ ކުޑަކުޑަ އަޅުކަމެއް ނަމަވެސް އެކަމަކަށް ﷲ ތަޢާލާ ރުހިވޮޑިގަންނަވައެވެ. އެމީހަކަށް ތައްރީފްވެސް ކުރައްވަވަތެވެ. 

އަހުރެމެންނަށް ކުރިމަތިވާ ކިތައް ކަންތަކުން ﷲ ތަޢާލާ އަހުރެމެން ސަލާމަތްކުރައްވަވާހެއްޔެވެ؟ ކުރަން އުޅޭ ކިތައް ނުކުރެވިދޭހެއްޔެވެ؟ އެއީ އެކަމެއް ކުރުމުން އެމީހަކަށް ލިބެން އޮތް ބޮޑު ގެއްލުމުން ސަލާމަތްކޮށްދެއްވެވުމަށެވެ. 

އެއްވެސް މީހެއްގެ ކިތައިން އެންމެ ކުޑަމިނުން ހެޔޮބަހަކަށް އެދިގެންވެސް އެއްވެސް މީހަކަށް އެއްވެސް ކަމެއް ކޮށްނުދޭށެވެ. އެއިރުން އެކަން އެކުރެވުނީ ﷲ ތަޢާލާގެ މަގުގައި ކަމަކަށް ނުވާނެއެވެ. ވާނީ އަމިއްލަ އެދުމުގައި ކުރި ކަމަކަށެވެ. 

ގިނަބައަކަށް މިއަދު ލިބެނީ އެދެރައެވެ. މީހަކަށް އެހީތެރިވެދީގެން ﷲ ތަޢާލާގެ ޙަޟްރަތުން ލިބެން އޮތް ޘަވާބު ދޫކޮށްލެވެނީއެވެ. އެއީ ކުރިން މިބުނި ފަދައިން އެކަމުން އެމީހެއްގެ ކިބައިން ކަމަކަށް އެދެވޭތީއެވެ. އެންމެ ކުޑަމިނުން އެމީހެއްގެ ކިބައިން ތައްރީފަށް އެދެވުނު ނަމަވެސް އެއޮތީ މިބުނި ފަދައިން އެކަމުން ލިބެން އޮތް ޘަވާބު ނަގައިލެވިފައެވެ. 

ވީމާ މީހަކަށް ކިތަންމެ ކުޑަ ކަމެއް ނުވަތަ ބޮޑުކަމެއް ކޮށްދިނަސް އެކަމުން ތިމާއަށް ޘަވާބު ލިބޭނެ ގޮތަށް ކުރާށެވެ! ދުނިޔޭގެ އެންމެންގެ ތަޢްރީފާއި ހެޔޮބަސް ލިބުމަށްވުރެ ﷲ ތަޢާލާގެ ޙަޟްރަތުން ތިމާއަށް ލިބޭ ކުޑަކުޑަ ރަޙްމަތަކާއިވެސް އެއްވަރުނުވާނެއެވެ. ﷲ ތަޢާލާގެ ޙަޟްަރތުން ލިބޭ ކުޑަކުޑަ ރަޙްމަތުގެ ފައިދާ މާބޮޑުވާނެއެވެ!

 

- ޝައިޚް ހިޝާމް އަބޫ ޔޫސުފްގެ ދަރުސަކުން

މިއަދު އޮންލައިން