ހަނދުމަކޮށްދިނުމެއް! ރޯދަ ހިފުން ސުންނަތްވެގެންވާ ދުވަސްތަކާއި ސަބަބުތައް- ޙަދީޘުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 10މ 41ސ
ހަނދުމަކޮށްދިނުމެއް! ރޯދަ ހިފުން ސުންނަތްވެގެންވާ ދުވަސްތަކާއި ސަބަބުތައް- ޙަދީޘުން

ބަރަކާތްތެރި ރަމަޟާންމަހަށް ފަހު އަހަރުގެ ދެން އޮތް 11 މަސްދުވަހު އޮތީ އެމީހަކަށް ކެރިކުޅަދާނަވީ ވަރަކުން ރޯދަ ހިފުން ސުންނަތްވެގެންވާ ދުވަސްތަކުގައި ރޯދަހިފައި ނަރަކައިން ސަލާމަތްވާން މަސައްކަތްކުރުމެވެ. 

ޙަދީޘްފުޅުން އެނގެން އޮތީ ހިފާ ކޮންމެ ރޯދައެއްވެސް އެމީހަކާއި ނަރަކަ 70 އަހަރުގެ ރާސްތާއަށް ދުރުކޮށްދޭނެ ކަމެވެ. އަދި ރޯދަވެރިންނަށް ﷲ ތަޢާލާ ޘަވާބު ދެއްވަވަނީ އިމެއް ނެތިއެވެ. 

އެހެންކަމުން ސުންނަތް ރޯދަ ހިފަންވީ ދުވަސްތަކާއި ހިފަންވީ ސަބަބު އަންގައިދޭ ތިރީގައި އެވާ ލިޔުން ވިދާޅުވުން ވަރަށް މުހިންމެވެ. 

1-ދާއޫދުގެފާނުގެ ރޯދަ –: 

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. (أَحَبُّالصِّيَامِإِلَىاللهِصِيَامُ‏‏دَاوُدَ‏‏كَانَيَصُومُيَوْمًاوَيُفْطِرُيَوْمًا)-رواهالبخاري

މާނައަކީ: " އެންމެ ލޯބިވެވޮޑިގަންނަވާ ރޯދައަކީ، ދާއޫދުގެފާނު ހިއްޕެވި ރޯދައެވެ. އެކަލޭގެފާނު ދެ ދުވަހުން އެއް ދުވަހު ރޯދަ ހިއްޕެވިއެވެ". 

2- ހޯމަ އަދި ބުރާސްފަތި ދުވަހުގެ ރޯދަ –: 

ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު ރަސޫލުﷲޞައްލަﷲ ޢަލައިހި ވަސައްލަމަ ރޯދަ ހިއްޕަވާތީ އެކަމާ ސުވާލު ދެންނެވުމުން ޙަދީޘްކުރެއްވެވިއެވެ. 

(تُعْرَضُالْأَعْمَالُيَوْمَ‏‏الِاثْنَيْنِوَالْخَمِيسِفَأُحِبُّأَنْيُعْرَضَعَمَلِيوَأَنَاصَائِمٌ)رواهالنسائيوالترمذيوابنماجهوصححهالألباني- 

މާނައަކީ: "ޢަމަލުތައްމާތް ﷲ ގެ ޙަޟްރަތަށް ހުށައެޅޭ ދުވަހަކީ ހޯމަ އަދި ބުރާސްފަތި ދުވަހެވެ. ފަހެ ރޯދައަށް ހުންނަވަނިކޮށް ތިމަންކަލޭގެފާނުގެ ޢަމަލުފުޅުތައްހުށަހެޅެން ތިމަންކަލޭފާނު ލޯބިކުރައްވަމެވެ." 

3- ބީޟުގެދުވަސްތަކުގެ ރޯދަ: 

މިއީ ކޮންމެ ހަނދު މަހެއްގެ ތޭރަ ސާދަ އަދި ފަނަރަވަނަދުވަހުގެ ރޯދައެވެ. ދަލީލަކީ އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ މި ބަސްފުޅެވެ. 

أَوْصَانِيخَلِيلِيبِثَلَاثٍلاَأَدَعُهُنَّحَتَّىأَمُوتَصَوْمِثَلاثَةِأَيَّامٍمِنْكُلِّشَهْرٍوَصَلاةِالضُّحَىوَنَوْمٍعَلَىوِتْرٍرواهالبخاريومسلم- 

މާނައަކީ: "އަހަރެންގެމިތުރު ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ، އަހަރެންނަށް ތިން ކަމަކަށްވަޞިއްޔަތް ކުރެއްވިއެވެ. އަހަރެން މަރުވަންދެންވެސް އެ ކަންތައްތައްދުލެއް ނުކުރާނަމެވެ. އެއީ ކޮންމެ މަހެއްގައިވެސް ތިން ދުވަހު ރޯދަ ހިފުންއަދި ޟުޙާ ނަމާދު ކުރުން އަދި ވިތުރި ކޮށްގެން ނިދުމެވެ." 

4- ޢާޝޫރާ ދުވަހުގެ ރޯދަ-: 

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެވެ. 

صِيَامُيَومِعاَشُورَاءَ،إِنِّيْأَحْتَسِبُعَلىاللهِأَنْيُكَفِّرَالسَّنَةَالتِّيْقَبْلَهُ- رواهمسلم

"ޢާޝޫރާދުވަހުގެ ރޯދައަކީ، ފާއިތުވެދިޔަ އަހަރުގެ ފާފަތަކުގެ ކައްފާރާއެއްކަމުގައި ލެއްވުމަށް ތިމަންކަލޭފާނު އުންމީދު ކުރައްވަމެވެ." 

5- ޢަރަފާތް ދުވަހުގެ ރޯދަ –: 

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. 

صِيَامُيَوْمِعَرَفَةَ،أَحْتَسِبُعَلَىاللهِأَنْيُكَفِّرَالسَّنَةَالتِّيْقَبْلَهُ،وَالسَّنَةَالتِّيْبَعْدَهُ- رواهمسلم

މާނައީ: "ޢަރަފާތްދުވަހުގެ ރޯދައަކީ ފާއިތުވެދިޔަ އަހަރާއި އަންނަންއޮތް އަހަރުގެ ފާފަތައްފުއްސަވާނޭ ރޯދައެއް ކަމުގައި ﷲގެ ޙަޟްރަތުން ތިމަންކަލޭގެފާނު އުންމީދުކުރައްވަމެވެ." 

6- ޝައްވާލުމަހުގެ ހަރޯދަ-:

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވެވިއެވެ. 

مَنْصَامَرَمَضَانَثُمَّأَتْبَعَهُسِتًّامِنْشَوَّالٍكَانَكَصِيَامِالدَّهْرِ -رواهمسلم 

"ރަމަޟާންމަހުރޯދަ ހިފުމަށްފަހު އެއާއި ގުޅުވައިގެން ޝައްވާލުމަހު ހަރޯދަ ހިފިމީހަކީމުޅި އަހަރު ދުވަހު ރޯދަ ހިފި މީހެއް ފަދަ އެވެ." 

7- މުޙައްރަމް މަހުގެ ރޯދަ-: 

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. 

أَفْضَلُالصِّيَامِبَعْدَرَمَضَانَشَهْرُاللهِالْمُحَرَّمِ-رواهمسلم- 

މާނައީ: "ރަމަޟާން މަސް ފިޔަވައި، ރޯދަހިފުން އެންމެ މާތްވެގެންވަނީ ﷲ ޙުރުމަތްތެރިކުރައްވާފައިވާ މުޙައްރަމް މަހުގައެވެ." 

8- ޝަޢުބާން މަހުގެ ރޯދަ –: 

ޝަޢްބާން މަހު ރޯދަ ހިފުމާއި ބެހޭ ގޮތުން ޢާއިޝަތުގެފާނު ރިވާ ކުރެއްވި ޙަދީޘެއްގައި ވެއެވެ. 

عَنْ‏‏عَائِشَةَ‏‏رَضِيَاللهُعَنْهَا‏‏قَالَتْ‏كَانَرَسُولُاللهِ‏صَلَّىاللهُعَلَيْهِوَسَلَّمَ‏‏يَصُومُحَتَّىنَقُولَلَايُفْطِرُوَيُفْطِرُحَتَّىنَقُولَلَايَصُومُفَمَارَأَيْتُرَسُولَاللهِ‏صَلَّىاللهُعَلَيْهِوَسَلَّمَ‏‏اسْتَكْمَلَصِيَامَشَهْرٍإِلَّارَمَضَانَوَمَارَأَيْتُهُأَكْثَرَصِيَامًامِنْهُفِيشَعْبَانَرواهالبخاري-މާނައަކީ: 

"ޢާއިޝަތުގެފާނުވިދާޅުވިއެވެ. ”އެއްގޮތަކަށް ވެސް ރޯދަ ނު ކަނޑުއްވައޭ މީހަކު ބުނާދަރަޖައަށް، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރޯދަ ހިއްޕަވައެވެ. އަދިރޯދަ ނު ހިއްޕަވައޭ މީހަކު ބުނާ ދަރަޖައަށް، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ރޯދަ ނު ހިއްޕަވާ ދޫކޮށްލައްވައެވެ. އަދި ރަމަޟާން މަސް ފިޔަވާއެހެން މަހެއް އެއްކޮށް، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރޯދަހިއްޕެވި ތަން، ތިމަން ކަމަނާ ނުދެކެމެވެ. އަދި ޝަޢްބާން މަހުގައި ރޯދަހިއްޕަވާހާ ގިނައިން އެހެން މަހެއްގައި ރޯދަ ހިއްޕަވަނިކޮށްވެސްނުދެކެމެވެ." 

9- ޝަހުވަތްތެރިކަން ދަށްކުރުމަށް ހިފާރޯދަ –: 

ކައިވެނި ކުރުމުގެކުޅަދާނަކަން ލިބިގެންނުވާ މީހާއަށް- ދަލީލަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ބަސްފުޅު:

يَامَعْشَرَالشَّبَابِمَنْاسْتَطَاعَمِنكُمالْبَاءَةَفَلْيَتَزَوَّجْ،فَإِنَّهُأَغَضُّلِلْبَصَرِ،وَأَحْصَنُلِلْفَرْجِ،وَمَنْلَمْيَسْتَطِعْفَعَلَيْهِبِالصَّوْمِفَإِنَّهُلَهُوِجَاءٌرواهالبخاريومسلم 

މާނައަކީ: "އޭއެންމެހައި ޒުވާނުންނޭވެ. ތިޔަބައިމީހުންގެ ތެރެއިން ކައިވެނި ކުރުމުގެކުޅަދާނަކަން ލިބިގެންވާ މީހަކު، ފަހެ ކައިވެނި ކުރާށެވެ. ފަހެ އެއީ ލޯތިރި ކުރުމަށް އެހީވެދޭ، ފަރުޖު ރައްކާތެރިކޮށްދޭ ކަމެކެވެ. އަދިކުޅަދާނަވެގެން ނުވާ މީހަކަށް އޮތީ ރޯދަ ހިފުމެވެ. ފަހެ އެ ކަމުންޝަހުވަތްތެރިކަން ކުޑަވެއެވެ."

 

- ޝައިޚް މުޙައްމަދު ޝާފިޢު  

 

މިއަދު އޮންލައިން