ހިނައިގަންނަން ޖެހޭނެ ކަމާއިމެދު ބައެއް މީހުންނަށް އޮޅުން އަރާ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ހިނައިގަންނަން ޖެހޭނެ ކަމާއިމެދު ބައެއް މީހުންނަށް އޮޅުން އަރާ ކަމެއް!

އިސްލާމް ދީނުގައިވާ ބައެއް ކަންކަން ނުއެނގުމުގެ ސަބަބުން ކުރަން ނުޖެހޭ ކަންކަން ކޮށް، އުފުލަން ނުޖެހޭ ބުރަ އުފުލާ ބައަކު އުޅެއެވެ. އެހެންވެ މިގެނެސްދެނީ ހިނައިގަންނަން ޖެހޭނެ ކަމާއިމެދު ގިނަ ބައަކަށް އޮޅުން އަރާފައި އޮންނަ ކަމެއްގައި ޢަމަލުކުރާނެ ގޮތެވެ.  

އަޅުގަނޑުގެއަންހެން ކުއްޖަކާ ލޯބީގެ ވާހަކައެއް ދެއްކިޔަސް އަދި ފިލްމެއް ބެލިޔަސްއަދި ކަމެއް ނުކުރިޔަސް ކުރިމަތި ފަރާތުން ދިޔައެއް ބޭރުވެއެވެ. އެހެންކަމުން އަޅުގަނޑު ކޮންމެ ނަމާދަކަށްވެސް ހިނައިގަންނަމެވެ. މިހެން ވާނަމަ ހިނައި ގަންނަންޖެހޭނެތޯއެވެ؟

ކުރިމަތި ފަރާތުން ބޭރުވީ މަނި ކަމަށް ވަނީ ނަމަ ހިނައިގަންނަން ޖެހޭނެއެވެ. މަޛްޔު ނުވަތަ ވަދްޔު ކަމަށް ވަނީ ނަމަ އެތަން ސާފުކުރުމަށްފަހުގައި ވުޟޫ ކުރުމުން- އިންޝާ ﷲ- ފުދޭނެއެވެ. والله أعلم

އިތުރު ސުވާލެއް:

ކުރިއަކުން އަޅުގަނޑަކަށް ނޭނގެ ސޭވިން އެކައުންޓުގައި ފައިސާ ބެހެއްޓުމަކީ ކިހާނުރައްކާ ކަމެއް ކަމެއް! އަޅުގަނޑުގެ ސޭވިން އެކައުންޓުގައި 180 ވަރަކަށްރުފިޔާ ހުންނާނެ. ދެން އެ ފައިސާ ކަރަންޓު އެކައުންޓަށް ބަދަލުކުރެވިދާނެތޯއެވެ؟

އެންމެ ހެޔޮކަން ބޮޑު ގޮތަކީ ޙައްގު އެނގޭ ހިނދުގައި އެގޮތަށް ތަބާ ވުމެވެ. އެހެންކަމުން ސޭވިންގް އެކައުންޓު ބަންދުކޮށް ކަރަންޓު އެކައުންޓަށް ފައިސާ ބަދަލު ކުރާށެވެ. މިހާރު އިސްލާމިކް އުޞޫލުން ހިންގާ ބޭންކްތައްވެސް އެބަހުއްޓެވެ. އެންމެ ރަނގަޅު ގޮތަކީ އެފަދަ ބޭންކަކަށް އެކައުންޓް ބަދަލުކުރުމެވެ. والله أعلم

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން