އެއްވެސް ހަރަކާތެއް ނުކޮށް ގިނައިރު އިށީނދެއިނުމަކީ ހާޓްއެޓޭކް ޖެހެން މެދުވެރިވާ ސަބަބެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
އެއްވެސް ހަރަކާތެއް ނުކޮށް ގިނައިރު އިށީނދެއިނުމަކީ ހާޓްއެޓޭކް ޖެހެން މެދުވެރިވާ ސަބަބެއް!

އައު ދިރާސާއަކުން ދައްކާ ގޮތުގައި ކޮންމެ ދުވަހަކު 30 މިނެޓް އިށީނދެ އިނުމުގެ ބަދަލުގައި ކޮންމެވެސް ކަހަލަ ހަރަކާތެއް ކުރުމަކީ އިތުރު ހާޓް އެޓޭކެއް ޖެހުމުގެ ފުރުސަތު 50 ޕަސެންޓް ކުޑަކޮށްދޭ ކަމެކެވެ. 

މިދިރާސާގައި ބުނެފައިވަނީ 30 މިނިޓްއިރު ޚާއްޞަކޮށް ގަޑިއެއްގެ އިރު އެއްވެސް އިތުރު ޙަރަކާތެއް ނުކޮށް އިށީނދެ އިނުމުގެ ބަދަލުގައި ކޮންމެ 30 މިނިޓަކުން ތެދުވެ ހިނގާލައި އުޅޭނަމަ ހާޓްއެޓޭކް ޖެހުމުގެ ފުރުޞަތު ބޮޑުތަނުން ކުޑަވެގެންދެއެވެ. ޚާއްޞަކޮށް ގިނަވެގެން ގަޑިއިރުވަންދެން ތެދުވެ ހިނގާނުލައި ނުއިނުމަށް ސަމާލުކަންދޭންޖެހޭނެ ކަމަށެވެ. 

މިދިރާސާގައި ބުނެފައިވަނީ ބަލިޙާލު ހުންނަ ގޮތުން ބާރަށް ނުހިނގޭނަމަ ކިތަންމެ މަޑުން ކުޑަތަނަކޮޅަކަށް ނަމަވެސް ކޮންމެ 30 މިނިޓަކުން ހިނގާލަންޖެހޭނެ ކަމަށެވެ. އަދި ކިތަންމެ ކުޑަކޮށްނަމަވެސް ހާޓްއެޓޭކެއް ޖެހުމުގެ ނުރައްކަލާއި ކުރިމަތިލާންޖެހިފައިވާ މީހުންނާއި އެފަދަ ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ ރިސްކް ބޮޑު މީހުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެ ކަމަށެވެ. 

ޞިއްޙީ ތަފާތު މައްސަލަތައް ކުރިމަތިވެ ގިނަބައަކަށް ހިތުގެ ބަލިތައް ޖެހި ހާޓްއެޓޭކް ޖެހުމުގެ ނުރައްކާ ކުރިމަތިވަމުން އަންނައިރު މިއީ ހޭލުންތެރިކަން އިތުރުކުރަންޖެހިފައިވާ ކަމެއްކަން ފާހަގަކުރެވެއެވެ. ޚާއްޞަކޮށް މިއީ ގަޑިދެގަޑިއިރުވާއިރުވެސް ފޯނުން ވާހަކަދައްކަން އިށީނދެތިބޭ މީހުން ސަމާލުކަންދޭންޖެހޭނެ ކަމެކެވެ.

 

- މަޢުލޫމާތު: ޞިއްހީ ޚަބަރު

މިއަދު އޮންލައިން