ވަޤުތު ނެތިގެން ﷲ ތަޢާލާ އަންގަވާފައިވާ ކަންކަން ނުކުރެވޭ މީހުން އެންމެ ބޮޑަށް ބިރުވެތިވާންޖެހޭ ބައެއް ސަބަބުތައް!: ޝައިޚް މުޙައްމަދު ހޮބްލޮސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ވަޤުތު ނެތިގެން ﷲ ތަޢާލާ އަންގަވާފައިވާ ކަންކަން ނުކުރެވޭ މީހުން އެންމެ ބޮޑަށް ބިރުވެތިވާންޖެހޭ ބައެއް ސަބަބުތައް!: ޝައިޚް މުޙައްމަދު ހޮބްލޮސް

މީސްތަކުންނޭވެ! ވަޤުތަކީވެސް ﷲ ތަޢާލާގެ މަޚްލޫޤެކެވެ. ވަޤުތުގެ ބޭނުން ހިފި ގޮތާއިމެދު ﷲ ތަޢާލާ ޤިޔާމަތް ދުވަހު ސުވާލުކުރައްވަވާނެތެވެ. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. ތައްޔާރުވާން މިޖެހެނީ އެވަޤުތަށެވެ.  

ކުރަންޖެހޭ ކަންކަން ގިނަވެ ގިނަ ބައަކަށް ވަޤުތު ހުސްވެއްޖެއެވެ. އެކަމަކު ވަޤުތު ހުސްވަނީ ހެޔޮ ޢަމަލުތައް ކުރާށެވެ! މައްސަލައަކީ މިއީއެވެ. ކޮފީތަކުގަ ހޭދަކުރަން، ގޭމްކުޅެން، ފިލްމުބަލަން ފަދަ ކަންކަމަށް 3، 4 ގަޑިއިރުވެސް ހޭދަކުރެވެއެވެ. އެކަމަކު ދީނީ ދަރުސެއް، ހެޔޮ ނަޞޭޙަތެއް އަޑުއަހަން ހިނދުކޮޅެއްވެސް ދެވޭކަމަކަށް ނުވެއެވެ.  

ކީރިތި ޤުރްއާން ތަޖުވީދުމަގުން ކިޔަވަން ދަސްކުރަން ބޭނުންނުވާ މީހަކު ނެތެވެ. އެކަމަކު ކިޔަވަން ދަސްކޮށްލަން، ތަޖުވީދުމަގުން ކިޔަވާ ޤާރީއެއްގެ އަޑުއަހައިލާނެ ވަޤުތު އޮންނަ ކަމަކަށް ނުވެއެވެ. ކީރިތި ޤުރްއާން ހިތުދަސްކުރަންވެސް ބޭނުންވެއެވެ. އެކަމަކު ކިޔަވައިލާނެ ވަޤުތު އޮންނަ ކަމަކަށް ނުވެއެވެ. ކަންކަން މިޖެހެނީ އޮޓޮމެޓިކުން ވެނިމޭށެވެ!  

ތިމާކަމަކަށް ބޭނުންވާއިރަށް ވަޤުތުން އެކަމެއްވުން އޮތީ ސުވަރުގޭގައެވެ. މިދުނިޔެއަކު އެކަމެއް ނުވާނެއެވެ. ދެން ކޮށްލަން ބޭނުންވަނީ ސުވާލެކެވެ. އެއީ ﷲ ތަޢާލާ ކުރަން ތިބާއަށް އެންގެވި ކަންކަން ކުރާނެ ވަޤުތު ތިބާއަށް ނުލިބޭއިރު ޤިޔާމަތް ދުވަހު ތިބާ ނަރަކައިން މިންޖުކުރައްވަވާތޯ ﷲ ތަޢާލާގެ ޙަޟްރަތުގައި އާދޭސްދަންނަވާނެ ވަޤުތު ﷲ ތަޢާލާ ތިބާއަށް ނުދެއްވަވައިފިނަމަ ދެން ވާނީ ކިހިނަކުންހެއްޔެވެ؟ ވިސްނާލާފައި ޖަވާބު ދިނީމާ ރަނގަޅުވާނެއެވެ! އެކަމަކު ފައިދާކުރާނީ ޢަމަލުވެސްކޮށްގެންނެވެ!

 

- ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން

މިއަދު އޮންލައިން