މި 2 ސިފައިން ސިފައެއް ހުރިނަމަ އެމީހަކަށް ކޯފާވެވޮޑިގަންނަވަތެވެ! ލަޢްނަތް ލައްވަވަތެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
މި 2 ސިފައިން ސިފައެއް ހުރިނަމަ އެމީހަކަށް ކޯފާވެވޮޑިގަންނަވަތެވެ! ލަޢްނަތް ލައްވަވަތެވެ!: މުފްތީ މެންކް

ﷲ ތަޢާލާއީ އައްރަޙްމާން އެވެ. އައްރަޙީމްއެވެ. އިމެއްނެތި މީސްތަކުންނަށް ރަޙުމް ކުރައްވަވާ އޯގާތެރިވަންތަ އަދި ދީލަތިވަންތަ ރަސްކަލާނގެއެވެ. އެހެންކަމާއިއެކުވެސް ކޯފާވެވޮޑިގަތުން ޙައްޤު މީހުންނަށް ކޯފާވެވޮޑިގަންނަވައެވެ. ލަޢްނަތް ޙައްޤު މީހުންނަށް ލަޢްނަތް ލައްވަވައެވެ.  

އެކަން ހަމައެކަނި މިއާޔަތުންވެސް އެނގިގެންދެއެވެ.  

صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ 

"(އެއީ) އެއުރެންނަށް އިބަރަސްކަލާނގެ ނިޢްމަތް ދެއްވި މީހުންގެ މަގެވެ. އެއުރެންގެ މައްޗަށް ކޯފާލައްވާފައިވާ މީހުންގެ މަގެއްނޫނެވެ. އަދި މަގުފުރެދިފައިވާ މީހުންގެ މަގެއްވެސް ނުމެނޫންމެއެވެ." (އަލް ފާތިޙާ: 7)  

"--- އެއުރެންގެ މައްޗަށް ކޯފާލައްވާފައިވާ މީހުންގެ މަގެއްނޫނެވެ." އޮތުމުން އެނގިގެން މިދަނީ ކޯފާލެއްވެވުން ޙައްޤު މީހުންނަށް ކޯފާލައްވަވާކަމެވެ.

ﷲ ތަޢާލާ އެބައަކަށް ކޯފާލައްވަވާ އެއްބައަކީ ޙައްޤު މަގު އެނގުމުންވެސް އެމަގު ދޫކޮށް ފާފަކުރާ މީހުންނެވެ. ޙައްޤުން އެއްކިބާވާ މީހުންނެވެ. ދެވަނަ ބައަކީ ބޮޑާވެ ކިބުރުވެރިވާ މީހުންނެވެ.  

ވީމާ މި 2 ބާވަތުގެ މީހުންގެ ތެރޭގައި ނުވުމަށް ވަރަށް ގިނައިން ހަނދުމަކޮށްދެމެވެ. އެއީ އެފަދަ މީހަކު ކަމުގައި ވެވިއްޖެނަމަ އެމީހަކަށް ހުރި ގެއްލުމާއި ހަލާކުގެ ބޮޑުކަމުންނެވެ. ވީމާ މިރޭވެސް ހަމަ އެކަން ހަނދުމަކޮށްލައިދިނީއެވެ.  

ދުޢާއަކީ އަހުރެމެން އެންމެންނަކީވެސް ﷲ ތަޢާލާގެ ކޯފާއިން ސަލާމަތްވެވިގެންވާ ބައަކު ކަމުގައި ލެއްވެވުމެވެ. އާމީން 

 

- މުފްތީ މެންކުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން