އެންމެ ހެއްވާ ކަންތައް!: ބައިވެރިޔާއަށް ތިމާ ބޭވަފާތެރިވިޔަސް ތިމާދެކެ ރުޅިއައިސްގެންނުވާނެ! އެކަމަކު ބައިވެރިޔާ ކަމެއްކޮށްފިއްޔާ ތިމާ އެންމެ ގަދައަށް ރަތަށް އަރާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 6ސ
އެންމެ ހެއްވާ ކަންތައް!: ބައިވެރިޔާއަށް ތިމާ ބޭވަފާތެރިވިޔަސް ތިމާދެކެ ރުޅިއައިސްގެންނުވާނެ! އެކަމަކު ބައިވެރިޔާ ކަމެއްކޮށްފިއްޔާ ތިމާ އެންމެ ގަދައަށް ރަތަށް އަރާ!

އަޅުގަނޑުގު ހިތުގައި އުފެދޭ ސުވާލަކީ ބައިވެރިޔާ ބޭވަފާތެރިވެދާނެތީ ކަންބޮޑުވާކަމަށް ބުނަމުން ތިމާ ބޭވަފާތެރިވާ މީހުންގެ ހިތް އޮންނަނީ "ވަންވޭކޮށްފައި" ހެއްޔެވެ؟ ބައިވެރިޔާއަށް ވަންވޭކޮށްފައި ތިމާއަށް ޓޫވޭ ކުރީމާ އެއީ ހަމަ ދެކޮޅުޖެހޭ ކަމެއްތޯއެވެ؟

ކިޔުންތެރިޔާ ތިއަ ފާހަގަކުރައްވާ ކަންތަކަކީ ހަމަ ވަރަށް ބޮޑު މައްސަލައެކެވެ. ތިރީގައިވާ ލިޔުމުގައި އެވަޏީވެސް ހަމަ ތިއަ މައްސަލައިގެ ވާހަކަތަކެވެ. ވިދާޅުވެލައްވާށެވެ!

ވަފާތެރިން ދެކެ އަހަރެމެން ކޮންމެ މީހަކުވެސް ލޯބިވާފަދައިން ބޭވަފާތެރިންދެކެ އިންތިހާއަށް ނަފުރަތުވެސް ކުރެވެއެވެ. މީގައި އެންމެ ހެއްވާ ކަމަކީ ތިމާގެ ބައިވެރިޔާއަށް ތިމާ ކިތންމެ ވަރަކަށް ބޭވަފާތެރިވީނަމަވެސް ތިމާގެ ބައިވެރިޔާ ތިމާއަށް ވަފާތެރިވާންޖެހޭނެ ކަމަށް ޤަބޫލުކުރެވޭ ބައަކު އުޅޭކަމެވެ. ބައިވެރިޔާއަށް ތިމާ ބޭވަފާތެރިވިޔަސް ތިމާދެކެ ރުޅިއައިސްގެންނުވާނެކަމަށް ޤަބޫލުކުރަމުން ބައިވެރިޔާ ކަމެއްކޮށްފިއްޔާ ތިމާރަތަށްއަރާ މީހުން ގިނަކަމެވެ.

މިއީ ވަރަށް ދެރަކަމެކެވެ. ބަލަ ބައިވެރިޔާގެ ހިތްވެސް އުފައްދަވާފައިވަނީ ތިބާގެ ހިތްވެސް އުފެއްދެވި ގޮތަށް ކަމަށްވާއިރު ތިބާގެ ހިތަށް ތިއަކުރާއަސަރުތައް ހަމަ ބައިވެރިޔާގެ ހިތަށްވެސް ކުރާނެކަން ޤަބޫލުނުކުރެވެނީ ބައިވެރިޔާގެ ހިތް ބެލިއިރު އެ ހިތް އުފައްދަވާފައިވަނީ ދަގަނޑުންކަން އެނގިގެންހެއްޔެވެ؟

ކޮންމެއަކަސް ވަފާތެރިވުމާއި ބޭވަފާތެރިވުމުގެ މައްސަލައަކީ މިއަދު އެންމެ ގިނަބައަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއްވަބާއެވެ! އެންމެ ގިނަބައެއްގެ ދިރިއުޅުން ބަނގުރޫޓުވެ ވީރާނާވާން ޖެހޭ ސަބަބެވެ. ކައިވެނިތައް ރޫޅެންޖެހޭ ސަބަބެވެ. ދަރިންކޮޅު ގޮވައިގެން މަގުމަތީގައި ސަލާންޖަހަން ހިނގަންހެގޭ ސަބަބެވެ.

ވީމާ ވަފާތެރިވުމާއިމެދު ޢިލްމުވެރިއަކު ވިދާޅުވެފައިވާ މިބަސްފުޅަށް ވިސްނައިލަމާހެއްޔެވެ؟

"(ކޮންމެ މީހަކުވެސް) އަމިއްލަ ނަފުސާއި މިސުވާލުކޮށްލާށެވެ!

"ތިމާއަކީ ﷲ ސުބްހާނަހޫ ވަތަޢާލާއަށް ވަފާތެރިއެއް ހެއްޔެވެ؟ ނުވަތަ ބޭވަފާތެރިއެއް ހެއްޔެވެ؟"

އެހެން މީހަކު ތިބާ އާއި ދިމާއަށް ތިބާއަކީ ބޭވަފާތެރިއެއްކަމަށްބުނެފިނަމަ ގިނަ ބައަކު ރުޅިގަދަވެ ރައްދުދެއެވެ. ދުލުން ނުބައި ބަސްތައް ވެސް ބުނެއެވެ. ބައެއް މީހުން ނުބައި ޢަމަލުތައްވެސް ކުރެއެވެ. އެފަދަ މީހުން އެގޮތަށް ކަންކަން ކުރުމުގެކުރިން މިއީ އަމިއްލަ ނަފްސާއި ކޮށްލަން ހަމަ ވަރަށް މުހިންމު ސުވާލެކެވެ."

ޖަވާބަކީ ތިމާއަކީ ﷲ ސުބްހާބަހޫ ވަތަޢާލާއަށް ވަފާތެރިއަކުކަމުގައި ވަނީނަމަ މީހަކު ތިބާ އާއި ދިމާއަށް ތިބާއަކީ ބޭވަފާތެރިއެއްކަމަށް ބުނުމަކުން ރުޅި އައުމުގެ އެއްވެސް ބޭނުމެއް ނެތެވެ. އޭނާ އެބުނާ ދޮގުބަހުން ތިބާއަށް ލައްވަވާނީ ރަޙްމަތެވެ.

ވިސްނައިލަން ޖެހޭނެ ތަނަކީ އެއްވެސް މީހަކަށް ބޭވަފާތެރިވުމަކީ އިސްލާމް ދީނުގައި ހުއްދަ ކަމެއް ނޫނެވެ. ވީމާ ކޮންމެ މީހަކަށް ބޭވަފާތެރިވީނަމަވެސް އެދެވެނީ ﷲ ސުބްހާބަހޫ ވަތަޢާލާގެ މަގާއި ދުރަށް ކަމެވެ. އަދި އެކަމަށް ޖަވާބުދާރީވާންވެސް ޖެހޭނެކަމެވެ.

--އަލަފް / މިއަދުނޫހަށް

މިއަދު އޮންލައިން