އެންމެ ފަހު ވަޤުތު ﷲ ގެ ދޮރުކޮޅުގަ ޓަކިޖެއްސެވި ޞަޙާބީގެ ވާހަކަ- ނަރަކައިން ސަލާމަތްވެ ސުވަރުގެ ލިބުމަށް އެދޭމީހާއަށް ވަރަށް މުހިންމު ވާހަކަފުޅެއް!: ޝައިޚް މުޙައްމަދު ހޮބްލޮސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 56ސ
އެންމެ ފަހު ވަޤުތު ﷲ ގެ ދޮރުކޮޅުގަ ޓަކިޖެއްސެވި ޞަޙާބީގެ ވާހަކަ- ނަރަކައިން ސަލާމަތްވެ ސުވަރުގެ ލިބުމަށް އެދޭމީހާއަށް ވަރަށް މުހިންމު ވާހަކަފުޅެއް!: ޝައިޚް މުޙައްމަދު ހޮބްލޮސް

އެއީ ރަސޫލް ގެ އެންމެ އަރިސް އެއް ޞަޙާބީއެވެ. ހަނދާންވާގޮތުން އެބޭކަލަކީ މުޢާޛް ބިން ޖބަލް އެވެ. ކޮނމެއަކަސް އެ ޞަޙާބީ މުސްކުޅިފުޅުވެ ގައިކޮޅުގެ ވަރުދެރަވެ ބަލިޙާލުކޮޅުގައި އޮންނަވައިގެން ﷲ ތަޢާލާއަށް ދެންނެވިއެވެ.  

"ޔާ ﷲ! މިއަޅާގެ މުޅި ޢުމުރު ހޭދަކުރީ އިނބަ ﷲ އަށް ބިރުވެތިވުމުގައެވެ. މިއަދު މިއަޅާ މިއޮތީ އަމިއްލަ ބާރުގައި އެއްވެސް ނުކުރެވޭނެ ޙާލުގައެވެ. މިއަޅާ މަރުވަނީއެވެ. ދުނިޔެ ދޫކޮށްފައި އިނބަ ﷲ ގެ ޙަޟްރަތަށް ދާންޖެހޭ ވަޤުތު މިވަނީ ދާދި ގާތްވެފައެވެ. މިއަޅާ ކިތަންމެ ބޭނުންވިނަމަވެސް އެއްވެސް ކަމެއް ކުރުމުގެ ބާރެއް މިއަދަކު މިއަޅާގެ ކިބައަކު ނެތެވެ. މިއަދު މިއަޅާ މިޓަކިޖަހަނީ އިނބަ ﷲ ގެ ރަހްމަތުގެ ދޮރުކޮޅުގައެވެ." 

މިހިސާބުން އަހުރެންގެ ސުވާލަކީ އެ ޞަޙާބީ، އެކަލޭގެފާނުގެ މުޅި ޢުމުރުފުޅު ﷲ ތަޢާލާއަށް ބިރުވެތިވެ ވަޑައިގަތުމުގައި އެ ހޭދަކުރެއްވެވީ ﷲ ތަޢާލާގެ ތަނަވަސް ރަހްމަތްފުޅާއި ދީލަތިވަންތަކަމުގެ ބޮޑުކަން އެނގިވަޑައިނުގަންނަވާތީ ހެއްޔެވެ؟ 

މީސްތަކުންނޭވެ! ޒުވާނުންގެ ޖަނާޒާތަކުގައި ބުނެވޭއަޑު ވަރަށް ގިނައިން އިވޗެއެވެ. "އޭނާ މަރުވީ އެކްސިޑެންޓެއްގައެވެ. އިނދެގެން ނުވާނެ ތަނެއްގައި އޭނާއަށް އިނދެވުނީއެވެ. މިވެނިކަމެއްވީއެވެ. އެވެނިކަމެއްވީއެވެ." މިހިރީ ދެއްކޭ ބޭކާރު ވާހަކަތަކެވެ. މިއީ ބުނެވޭ ވަރަށް ނުބައި ބަސްތަކެކެވެ. މިފަދަ ބަސްތައް ބުނުމުން ކުށްވެރިއެކުރެވެނީ އޭނާ މަރުވި ތަނާއި ޙާލަތެވެ. އެއީ ކުރެވިގެންވާނެ ކަމެއް ނޫނެވެ.  

ކޮންމެ މީހަކުވެސް މަރުވާނީ އެމީހަކު މަރުވުމަށް ލިޔުއްވިގެންވާ ތަނުގައެވެ. މަރުވުމަށް ލިޔުއްވިގެންވާ ޙާލަތުގައެވެ. އޭނާ އެމަރުވީ އޭނާ ދުނިޔޭގައި އުޅެން ﷲ ތަޢާލާ ކަނޑައަޅުއްވަވާފައިވާ ވަޤުތު ހަމަވުމުންނެވެ. ޢުމުރު ހަމަވުމުންނެވެ.  

ދެން އަހުރެން މިކުރަނީ ސުވާލެކެވެ! ތިބާ މަރުވާން ބޭނުންވަނީ ކޮންތަނެއްގައި ކޮން ގޮތަކަށްހެއްޔެވެ؟ މިސްކިތުގައި ސަޖިދައިގައި އޮއްވައި ހެއްޔެވެ؟ އެންމެންވެސް ބުނާނީ މަރުވާން ބޭނުންވަނީ އެފަދައިން ކަމަށެވެ. އެހެންކަމަށްވާނަމަ މިސްކިތަށް ނާރައި ނަމާދުނުކޮށް ސަޖިދަނުކޮށް މިސްކިތުގައި، ނަމާދުކުރަނިކޮށް ސަޖިދައިގައި މަރުވެވޭނީ ކިހިނަކުން ހެއްޔެވެ؟  

މީސްތަކުންނޭވެ! ބިރުގަތަސް އުފާވިޔަސް މިވާހަކަތައް ދައްކަން އެބަޖެހެއެވެ. ބިރުގަންނަވަން އެބަޖެހެއެވެ. ބިރު ނުގަނެ މަރަށް ތައްޔާރެއް ނުވެވޭނެއެވެ. މަރަށް ތައްޔާރުވާން އެބަޖެހެއެވެ. މަރަށް ތައްޔާރު ނުވެވި ހުއްޓައި މަކުލްމައުތުގެފާނު ވަޑައިގެން ބައްދަލުކުރައްވަވައިފިނަމަ ސަލާމަތްކަމެއް ނުލިބޭނެއެވެ!

 

- ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން

 

  

މިއަދު އޮންލައިން