ހިތްވަރު ދެރަވެ އަދި ފަރުވާކުޑަވެފައިތޯ؟ އަބޫ ތައިމިއްޔާގެ މި ނަސޭހަތްތަކާއެކު ތިބާގެ ދިރިއުޅުން ބަދަލުކޮށްލެވޭނެ! އިން ޝާ ﷲ

ކިޔުމަށް ހޭދަވާނީ 3މ 52ސ
ހިތްވަރު ދެރަވެ އަދި ފަރުވާކުޑަވެފައިތޯ؟ އަބޫ ތައިމިއްޔާގެ މި ނަސޭހަތްތަކާއެކު ތިބާގެ ދިރިއުޅުން ބަދަލުކޮށްލެވޭނެ! އިން ޝާ ﷲ

ޢާއިޝަތި ރަފާޙް ޢަލީ

 

އަޅުގަނޑުގެ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މި ނަސޭހަތް ވަރަށް ބޮޑަށް ހިތުގައި ބަހައްޓަވާށެވެ. ތިޔަބައިމީހުންނަކީ ދުޢާއަށް އަހަންމިއްޔަތުކަން ދޭ ބަޔަކަށް ވާށެވެ. "ޔާ ﷲ! އަޅަށް ބާރާއި ކުޅަދާނަކަން ދެއްވާނދޭވެ. ޔާ ﷲ! އަޅަށް މިވެނި ކަމެއް ކުރުމުގެ ތަޢުފީޤު ދެއްވާނދޭވެ." މިފަދަ ދުޢާތަކަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގައި ކޮންމެހެން ބޭނުންތެރި އެއްޗެކެވެ. 

"އަޅުގަނޑަށް ފަރުވާކުޑަކަމާއި މޮޓިވޭޝަން ނެތުމުން ސަލާމަތްވެވޭނީ ކިހިނެއްތޯ؟" މިއީ ވަރަށް މުހިންމު ސުވާލެކެވެ. އަހުރެންގެ ލަފައަކީ، ތިޔަބައިމީހުންނަށް މިފަދަ އިހުސާސެއް ކުރެވޭނަމަ، ގަލަމަކާއި ކަރުދާހެއް ނަގައި ތިޔަބައިމީހުންގެ މަޤްޞަދުތަކާއި ލަނޑުދަނޑިތައް ލިޔުމެވެ. ތިޔަބައިމީހުން ހާސިލުކުރަން ބޭނުންވާ ކަންތައްތަކަކީ ކޮބައިތޯ ވިސްނާލާށެވެ. މަޤްޞަދެއް ނުވަތަ ލަނޑުދަނޑިއެއް ނެތް މީހަކަށްވެއްޖެނަމަ ކޮންމެ ދުވަހަކު ހޭލެވެނީ ހަމައެކަނި ވަގުތު ބޭކާރުކޮށްލުމަށް ކަމުގައި ވެދާނެއެވެ. މިއީ އެދެވިގެންވާ ގޮތެއް ނޫނެވެ. އުއްމީދުތަކާއި ލަނޑުދަނޑިތައް ކަނޑައަޅާށެވެ. އަދި އެ ކަންކަން ލިޔެ ބަހައްޓާށެވެ. ޚިޔާލުތައް ލިޔުމުން، އޭގެ ސަބަބުން ވަރަށް ބޮޑު ހިތްވަރެއް ލިބިގެންދާނެއެވެ.

ދެވަނައަށް، ދުޢާގެ މުހިންމުކަން އަހުރެން އަލުން ތަކުރާރުކޮށްލާނަމެވެ. ތިޔަބައިމީހުންނަކީ ދުޢާއަށް އަހަންމިއްޔަތުކަން ދޭ ބަޔަކަށް ވާށެވެ. "ޔާ ﷲ! އަޅަށް ބާރާއި ކުޅަދާނަކަން ދެއްވާނދޭވެ. ޔާ ﷲ! އަޅަށް މިވެނި ކަމެއް ކުރުމުގެ ތަޢުފީޤު ދެއްވާނދޭވެ." މިފަދަ ދުޢާތަކަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގައި ކޮންމެހެން ބޭނުންތެރި އެއްޗެކެވެ. 

އިމާމު އިބްނު ޤައްޔިމްގެ ޙިކުމަތްތެރި ބަސްފުޅެއް ހަނދާންކޮށްލުން މުހިންމެވެ. އެކަލޭގެފާނު ވިދާޅުވެފައިވަނީ: "ﷲގެ އެހީތެރިކަމަށް އެދި، ގަދައަޅައި މަސައްކަތްކޮށް، ދުޢާކުރުމުގައި ދެމިހުންނަ މީހާއަށް، ހިތަށްވެސް ނާރާފަދަ ކަންތައްތައް ﷲ ސުބުޙާނަހޫ ވަތަޢާލާ ދެއްވާނެއެވެ." 

ތިންވަނަ ކަމަކަށް، ތިޔަބައިމީހުންގެ ދިރިއުޅުމުގައި އަބަދުވެސް އެއް ދަނޑިވަޅެއް އަންނާނެއެވެ. އެ ދަނޑިވަޅުގައި ތިބާ ވަރަށް ހިތްވަރުގަދަވެ، ފޯރިއާއެކު، ހަކަތައާއެކު، ޢަޒުމާއެކު ހުންނާނެއެވެ. އިބާދަތްތައް އަދާކުރުމުގައި ވަރަށް ޝައުޤުވެރިވެ، ވާޖިބު ކަންތައްތަކަށްވުރެ އިތުރަށް ކަންތައްތައް ކުރާނެއެވެ. ނަމަވެސް އޭގެ ފަހުން އަންނަ ދަނޑިވަޅެއްގައި ތިބާ ވަރަށް ފަރުވާކުޑަވެ، ބުރަވެ، ފަރުވާކުޑަވެދާނެއެވެ. އެހެންވެއްޖެނަމަ ތިބާ ކުރަންވީ ކަމަކީ ފަހަތަށް ނުއެނބުރި، ފަރުޟު ކަންތައްތަކުގައި ދެމިހުރުމެވެ. ވާޖިބު ކަންތައްތައް ކުރުމުގައި ދެމިހުރުމެވެ. އެއަށްފަހު ލަސްލަހުން އަލުން ބިނާކުރަން ފަށާށެވެ. މިކަން ވިސްނޭތޯއެވެ؟ 

ހަތަރުވަނަ ކަމަކަށް، ﷲ ސުބުޙާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވާ އާޔަތެއް ހަނދާންކޮށްލަމާ ހިންގަވާށެވެ: ﷲ ތަޢާލާ ނޫޙް ސޫރަތުގެ 10 ވަނަ އާޔަތުން 12 ވަނަ އާޔަތައް ވަޙީ ކުރައްވާފައިވެއެވެ. فَقُلْتُ ٱسْتَغْفِرُوا۟ رَبَّكُمْ إِنَّهُۥ كَانَ غَفَّارًا ﴿١٠﴾‏ يُرْسِلِ ٱلسَّمَآءَ عَلَيْكُم مِّدْرَارًا ﴿١١﴾‏ وَيُمْدِدْكُم بِأَمْوَٰلٍ وَبَنِينَ وَيَجْعَل لَّكُمْ جَنَّٰتٍ وَيَجْعَل لَّكُمْ أَنْهَٰرًا ﴿١٢﴾‏

މާނައީ: "ފަހެ، ތިމަންކަލޭގެފާނު ވިދާޅުވީމެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ގައި ފާފަފުއްސެވުމަށްއެދި، ތިޔަބައިމީހުން ދަންނަވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަމުގައިވެއެވެ. (10) (އޭރުން) އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ބޯކޮށް (ވެހޭގޮތުގައި) ވާރޭ ފޮނުއްވާނެތެވެ. (11) އަދި މުދާތަކާއި، ދަރިންގެގޮތުން، އެކަލާނގެ ތިޔަބައިމީހުންނަށް مدد ދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ބަގީޗާތައް ލައްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ކޯރުތައްވެސް ލައްވާނެތެވެ. (12)"

                    

 

މިއަދު އޮންލައިން