މިއީ މުދައްރިސުންވެސް ސަމާލުވާންޖެހޭ ކަމެއް! ވުޟޫ ނެތި މުޞްޙަފްގައި ބީހި އުފުލާ ހެދުން ހުއްދައެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
މިއީ މުދައްރިސުންވެސް ސަމާލުވާންޖެހޭ ކަމެއް! ވުޟޫ ނެތި މުޞްޙަފްގައި ބީހި އުފުލާ ހެދުން ހުއްދައެއް ނޫން!

މުޞްޙަފްއުފުލުމަށްޓަކައި ވުޟޫހުރުމަކީ ވާޖިބްތޯ އާއި އަދި ޤުރުއާން ކިޔަވައިދޭ މުދައްރިސުން ދުވަހުގެ ގިނަގަޑިތައް ކިޔަވަދިނުމުގައި ހޭދަކުރާއިރު ވުޟޫނެތި މުޞްޙަފް އުފުލައި ބީހިހެދުން ހުއްދަވާނެތޯ ބައެއް މީހުން ސުވާލުކުރެއެވެ.  

ވުޟޫކޮށްގެން ކުރަން އަންގަވާފައިކަމެއް މުޅި ދުވަހު ކުރިނަމަވެސް ކުރަންޖެހޭނީ ވުޟޫމަތީގައި ހުރެއެވެ. އެކަމަށް ދެއްކޭނެ ޢުޛުރެއް ނެތެވެ. މިޘާލަކަށް މީހަކު ރޭގަނޑު ހަތަރުދަމު ނަމާދުކުރިނަމަވެސް ވުޟޫ ގެއްލިއްޖެނަމަ ނަމާދުކުރެވޭނީ ވުޟޫކޮށްގެންނެވެ.  

މުޅި ދުވަސް ކިޔަވައިދިނުމުގައި ހޭދަކުރާ ޓީޗަރުން މުޞްޙަފް އުފުލުމާއި ބެހޭގޮތުން ކުރެވޭ ސުވާލުގެ ޖަވާބު:  

މުޞްޙަފް ހިފައިގެން ހުރެ ޤްރުއާން ކިޔަވާނަމަ ވުޟޫ ކުރަން ޖެހޭނެއެވެ. جاء في الحديث المشهور : (لا يَمَسَّ الْقُرْآنَ إِلا طَاهِرٌ) މާނައަކީ:" ޠާހިރުވެ ހުންނަ މީހަކު މެނުވީ (ވުޟޫކޮށްގެން ހުރި މީހަކު މެނުވީ ) ޤްރުއާނުގައި ނުބީހޭ ހުށިކަމެވެ." އެހެންނަމަވެސް މުޞްޙަފަކާ ނުލައި ހިތުން ކިޔަވާނަމަ ވުޟޫ ކުރުން ލާޒިމެއް ނޫނެވެ. އަދި މޯބައިލް ފޯން ފަދަ ތަކެތިން ޤްރުއާން ކިޔަވާނަމަވެސް ވުޟޫ ކުރުން ލާޒިމެއް ނޫނެވެ. ސަބަބަކީ މޯބައިލް ގައި ހިމެނިގެންވަނީ ހަމައެކަނި ޤްރުއާން ނޫން ވީމައެވެ.  

ވީމާ، މުދައްރިސުންވެސް މުޞްޙަފްގައި ބީހޭނަމަ ވުޟޫ ކުރަން ޖެހޭނެއެވެ. ހިތުން ކިޔަވާނަމަ، ނުވަތަ ފޯނުން، ކޮމްޕިއުޓަރ އިން ނުވަތަ އައިޕެޑް އިން ކިޔަވާނަމަ ވުޟޫ ކުރުން ލާޒިމެއް ނޫނެވެ.والله أعلم

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން