ސަބަބުތައް ކުރިމަތިވެ ޙައްޖަށް ދެވެން ނެތަސް ޢުމުރާވެވިދާނެ މީހުން އަވަހަށް މަސައްކަތްފަށަންވީ އަންނަ ރަމަޟާން މަހު ޢުމުރާވުމަށް! އެއީ ހަމަ ލިބިގަނެވޭ ޙައްޖެއް! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ސަބަބުތައް ކުރިމަތިވެ ޙައްޖަށް ދެވެން ނެތަސް ޢުމުރާވެވިދާނެ މީހުން އަވަހަށް މަސައްކަތްފަށަންވީ އަންނަ ރަމަޟާން މަހު ޢުމުރާވުމަށް! އެއީ ހަމަ ލިބިގަނެވޭ ޙައްޖެއް! އިން ޝާ ﷲ

އެންމެ އަގުބޮޑީ ރަމަޟާން މަހުގެ ޢުމުރާގެއެވެ. އެއީ ދަތުރަށް ކުރަންޖެހޭ ޚަރަދުތައްވެސް ބޮޑުކަމުންނެވެ. އެހެންކަމާއިއެކުވެސް މިއަހަރުގެ ރަމަޟާން މަހުގެ ޢުމުރާވުމަށް ރާއްޖެއިންވެސް ގިނަ ބައަކު ގޮސް ވަނީ ރެކޯޑް ހަދައިފައެވެ. 

ތަނަވަސްކަން ހުރިނަމަ ވިސްނަންވީ ޚަރަދަކަށް ނޫނެވެ. އަދި ދަތުރުގައި ހޭދަވާ ވަޤުތަކަށްވެސް ނޫނެވެ. ދަތުރުގައި ގޮސްއުޅޭއިރު ދިރިއުޅެން މަސައްކަތް ނުކުރެވޭތީ އާމްދަނީ ނުލިބިދާނެތީއެއްވެސް ނޫނެވެ. ވިސްނަންވީ ރަމަޟާން މަހު ޢުމްރާވުމުން ލިބެން އޮތް މަތިވެރި ނިޢުމަތަށެވެ!

އެކަންކަން ތިރީގައިވާ ލިޔުމުން އެނގިލައްވާނެއެވެ. އިން ޝާ ﷲ 

ތަފާތު ސަބަބުތައް ކުރިމަތިވެ މިއަހަރުގެ ރަމަޟާން މަހު ޢުމްރާއަށް ނުދެވުނު ބައަކު ތިބޭނެއެވެ. އެއިގެ ތެރޭގައި މިއަހަރު ނުވަތަ އަންނަ އަހަރު ޙައްޖުވުމަށް ނިޔަތްގަނެގެން ތިބި ބައަކުވެސް ތިބޭނެއެވެ. އަދި ކެރިކުޅަދާނަކަމާއި ތަނަވަސްކަން ހުންނަ މިންވަރުން ޙައްޖަށް ނުދެވޭނެ ބައަކުވެސް ތިބޭނެއެވެ. 

ކޮންމެއަކަސް މިއަހަރުގެ ރަމަޟާން މަހު ޢުމްރާއަށް ނުދެވުނުނަމަ، އަދި ޙައްޖުވުމުގެ ކުޅަދާނަކަން ނެތިފައި ޢުމްރާވުމުގެ ކުޅަދާނަކަން އެމީހެއްގެ ކިބައިގައި ހުރިނަމަ އަންނަ އަހަރުގެ ރަމަޟާން މަހު ޢުމްރާއެއްވުމަށް ނިޔަތްގަނެގެން މިހާރުންސުރެ މަސައްކަތްކުރަމުން ގެންދާށެވެ! 

އެހެނީ ޙަދީޘްފުޅުގައި އޮތީ ރަމަޟާން މަހުގައި ޢުމްރާވުމަކީ ރަސޫލް ގެ އަރިއަހުގައި ޙައްޖުވުން ފަދަ ކަމެއްގެ ގޮތުގައެވެ. 

މިޙަދީޘްފުޅުގެ ޝަރަޙައިގައި ޢިލްމުވެރިން ވިދާޅުވެފައިވަނީ ޙަދީޘްފުޅުގެ މާނައަކީ ރަމަޟާން މަހު ޢުމްރާއެއްވުމުން އަދި އެއީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެވުން ނޫން ކަމަށެވެ. ނަމަވެސް ޘަވާބުގެ ގޮތުން ޙައްޖުވުންފަދަ ކަމަށެވެ. ވީމާ ކެރިކުޅަދާނަވެގެންވާނަމަ ރަމަޟާންމަހު ޢުމްރާވުމަށް ގަދައަޅައި މަސައްކަތްކުރަންވާނެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

ގުޅުންހުރި ލިޔުން:

https://islamqa.info/en/answers/104926/how-is-umrah-in-ramadan-equivalent-to-hajj

 

މިއަދު އޮންލައިން