ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް ބިރުގަންނާނީ ނަރަކައަށް ވަންނަންޖެހިދާނެ ކަމަށެވެ. ނަމަވެސް ސުވާލަކީ އެ ނަރަކައިން ސަލާމަތްވާން އެބަ މަސައްކަތްކުރެވޭ ހެއްޔެވެ؟
ނަރަކައިން ސަލާމަތްވުމަށް ގަދައަޅައި މަސައްކަތްކުރުމަކީ ކޮންމެ މީހަކަށްވެސް އެންމެ މުހިންމު ކަންތައް ކަމަށް ދެބަސްވާނެ އެންމެ މުސްލިމަކުވެސް ނުހުންނާނެއެވެ. އެހެނަސް ހިތަމައަކީ އެކަމަށް ކުރަންޖެހޭ މަސައްކަތް ނުކުރެވުމެވެ.
ނަރަކައިން ސަލާމަތްވުމަށް ކުރަން އޮތް 7 ކަމެއް ފާހަގަކޮށްލާނަމެވެ.
1 ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި އީމާންވުމާއި ރަސޫލް ﷺގެ ސުންނަތަށް ޢަމަލުކުރުން
2 މީސްތަކުންނަށް ހެޔޮކޮށް ހިތުން
3 ފަރުޟު ނަމާދުތައް ބަރާބަރަށް އަދާކުރުމާއި ސުންނަތް ނަމާދުތައްކުރުން ގިނަކުރުން
4 އެކަނި އިނދެ ﷲ ތަޢާލާއަށް ބިރުވެތިވެ ލޮލުން ކަރުނަ އެޅުން
5 ފަރުޟު ރޯދަހިފުމުގެ އިތުރުން ސުންނަތް ރޯދަހިފުން ގިނަކުރުން
6 ޞަދަޤާތްކުރުން ގިނަކުރުން
7 ނަރަކައިން ސަލާމަތްކުރައްވަވައި ދެއްވެވުން އެދި ގިނަގިނައިން ދުޢާކުރުން-
މިކަންކަން ކުރުމަކީ ނަރަކައިން ސަލާމަތްވުމަށް ހުރި މަގުތައްކަން ކޮންމެ މުސްލިމަކަށްވެސް ހަމަ ވަރަށް ރަނގަޅަށް އެނގޭނެއެވެ. ނަމަވެސް ހިތާމައަކީ ޢަމަލު ނުކުރެވޭ ކަމެވެ. ތަކުރާރުކޮށް ހަނދުމަކޮށްދޭން މިޖެހެނީ ހަނދުމަކޮށްދިނުމުގެ ގޮތުންނެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން