އެކަނބަލުންގެ ކުށެއް ނެތި ކައިވެނި ރޫޅުމަކުން، ހުވަފަތްވުމަކުން އަދި ގިނަ ކައިވެނިކުރަންޖެހުމަކުން އެކަނބަލުންނަކީ ނުބައިބައަކަށް ނުވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
އެކަނބަލުންގެ ކުށެއް ނެތި ކައިވެނި ރޫޅުމަކުން، ހުވަފަތްވުމަކުން އަދި ގިނަ ކައިވެނިކުރަންޖެހުމަކުން އެކަނބަލުންނަކީ ނުބައިބައަކަށް ނުވާނެ!: މުފްތީ މެންކް

ފުރަތަމަކަމަކަށް އޮތީ މިޙަޤީޤަތް ޤަބޫލުކުރުމެވެ. އެއީ އެކަނބަލުންގެ ކުށެއް ނެތި ކައިވެނި ރޫޅުމަކުން، ހުވަފަތްވުމަކުން އަދި ގިނަ ކައިވެނިކުރަންޖެހުމަކުން އެކަނބަލުންނަކީ ނުބައިބައަކަށް ނުވާނެކަމެވެ. ކައިވެނި ނުރޫޅުނު ނަމަވެސް ކައިވެނި ރޫޅުނު ނަމަވެސް ހުވަފަތްވީނަމަވެސް ނުބައި މީހަކަށްވާނީ ނުބައި ޢަމަލުތައް ކުރުމުންކަމެވެ. ވީމާ ކަމުގެ ޙަޤީޤަތް ޤަބޫލުކުރާށެވެ!

ކައިވެނި ރޫޅިއްޖެނަމަ، ނުވަތަ ދެވަނަ ކައިވެންޏެއް ކުރަން ޖެހިއްޖެނަމަ އެކަނބަލުން ކުށްވެރިކުރަނީ ކުރަނީ ރަސޫލް ﷺ ގެ ސިޔަރަތު އެއްގޮތަކަށްވެސް ނުއެނގޭ މީހުންނެވެ. ކަމުގެ ޙަޤީޤަތް އޮތްގޮތް އެއްވެސް ވަރަކަށް ނުބަލާ މީހުންނެވެ.

އިތުރު ކައިވެނިކުރަންޖެހުމުން އެކަނބަލުން ކުށްވެރިކުރާ މީހުންނާއި ކޮށްލަން އޮތް ސުވާލަކީ މިއުންމަތުގެ މައިކަނބަލުންކަމުގައިވާ ރަސޫލް ﷺ ގެ އަނބިއަނބިކަނބަލުންގެތެރެއިން އެންމެ އަނބިކަނބަލެއް، ޢައިޝަތުގެފާނު ފިޔަވައި އެހެން ހުރިހާ އަނބިކަނބަލުންނަކީ ކުރިން ކައިވެނިފުޅު ކުރައްވަވާފައިވާ ބޭކަނބަލުންކަން ހަމަ ނުއެނގެނީހެއްޔެވެ؟ އެކަނބަލުންނަކީ އެކަނިވެރިމައިންނާއި ހުވަފަތް ބޭކަނބަލުންކަން ހަމަ ނުއެނގެނީހެއްޔެވެ؟

ވީމާ އެކަނިވެރިވެއްޖެ ކޮންމެއަންހެނަކީ ނުބައި ނުވަތަ އެއްވެސް އަގެއް ނެތް އަންހެނަކުކަމަށް ދެކެގެން ނުވާނެއެވެ! ދެވަނަ ކައިވެނީގައި އެކަނބަލުންގެ ފިރިންނަށް ހޯދައިދީފައިވާ ކުރިއެރުންތައް ހަމަ ނުފެންނަނީހެއްޔެވެ؟

 

ލޮބުވެތި ކަނބަލުންނޭވެ! ތިއަ ކަނބަލުންނަށް މި ޢިއްޒަތް ލިބިގެންދާނީ އެކަނިވެރިވާ ޙާލަތުގައި ކެތްތެރިވެގެންނެވެ. ﷲ ތަޢާލާގެ މަގުގައި ސާބިތުވެތިބެގެންނެވެ. މިޒަމާނުގެ ވާހަކަތައް ޤަބޫލުކޮށް ޒަމާނީވެގެން ﷲ ތައާލާގެ ޙަޟްރަތުން އެއްވެސް މަތިވެރިކަމެއް ނުލިބޭނެއެވެ! ވީމާ ކައިވެނިރޫޅިގެން ނަމަވެސް ހުވަފަތްވެގެން ނަމަވެސް އެކަނިވެރިވާންޖެހިއްޖެނަމަ ﷲ ތަޢާލާގެ މަގުގައި ފިސާރި ވަރުގަދައަށް ސާބިތުވާންވާނެއެވެ! އެއިރުން އެކަނބަލަކަށް ﷲ ތަޢާލާގެ ރަޙްމަތް އޮއްސަވާނެތެވެ! އިން ޝާ ﷲ

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން