އެހެން ދީންތަކުގެ މީހުންނާއެކު ކައިބޮއިހެދުމުގަ ވިސްނާލަން ޖެހޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
އެހެން ދީންތަކުގެ މީހުންނާއެކު ކައިބޮއިހެދުމުގަ ވިސްނާލަން ޖެހޭ ކަމެއް!

އިސްލާމް ދީނަށް ބަލައިފިނަމަ ފާފައެއް ކުރެވުމުން ސަލާމަތްވެވި ހުރެވޭނެ މަގުތައް ބަޔާންވެ އެނގެން އެބައޮތެވެ. މުސްލިމުންނަށް އޮތީ ފާފައެއް ކުރެވިދާނެ އަދި އެކަމަކާއި ދުރުހެލިވާން ނުވަތަ އެކަމެއް ނުކުރަން ދީނުގައި އަންގަވާފައިވާ އެންމެހައި ކަންތައްތަކާއި ދުރުހެލިވެ ރައްކައުތެރިކަން ލިބިގަތުމެވެ.

ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ:

"ﷲ އާއި ޤިޔާމަތްދުވަހަށް އީމާންވާމީހާ ދަންނައެވެ. އެ ސުފުރާއެއްގެ މަތީގައި ރާ ދައުރުކުރާ ސުފުރާއެއްގައި ނުއިށީންނަ ހުށިކަށެވެ!" [أخرجه الترمذي وحسنه الألباني ]

ބަނގުރަލަކީ ޝައިޠާނާގެ ޢަމަލުތަކުގެ ތެރެއިންވާ މުޑުދާރު އެއްޗެކެވެ. ހުރިހާ ނުބައިކަމެއްގެ މަންމައެވެ. ހުރިހާ ނުބައިކަމެއްގެ ތަޅުދަނޑިއެވެ. އެ ކަމުގެ ބައިވެރިންނަށް ވަނީ ލަޢުނަތެވެ. ކާމިޔާބު ލިބުން އެދޭ ނަމަ މި މުޑުދާރު ޢަމަލަށް ނޫނެކޭ ބުނާށެވެ! މިކަން ފަތުރަން ޖާގަ ނުދޭށެވެ!

ތިމާއަށް އެފަދަ ފާފައެއް ކުރެވޭނަމަ އަވަހަށް ތައުބާވާށެވެ! އެއިރުން ތިބާ ވެގެންދާނީ އެފަދަ ޢަމަލެއް ނުވެސް ކުރާ މީހަކަށެވެ. ވިސްނަންވީ މީހުން ކިޔައިފާނެ އެއްޗަކަށް ނޫނެވެ. ބިރުގަންނަންވީ ތައުބާ ނުވެވި ހުއްޓައި މަރުވެދާނެ ކަމަށެވެ. އިޚްލާޞްތެރި ތައުބާއަކުން ތައުބާވުމުން މާޒީ ފުހެވިގެންދިއައީއެވެ. ވީމާ މާޒީގައި ކުރެވިފައިވާ ނުބައި ޢަމަލުތައް ދެކެ ބިރުގަތުމެއް އަދި ލަދުގަތުމެއްވެސް ނެތެވެ.

--ދީނީ ޢިލްމް

މިއަދު އޮންލައިން