ބައެއް މީހުންނަށް ގިނަކަންތައްތަކެއް ފަސޭހައިން ކާމިޔާބުކަމާއެކު ކުރެވޭއިރު ތިމާއަށް ނުކުރެވެނީ ކީއްވެ؟

ކިޔުމަށް ހޭދަވާނީ 1މ 50ސ
ބައެއް މީހުންނަށް ގިނަކަންތައްތަކެއް ފަސޭހައިން ކާމިޔާބުކަމާއެކު ކުރެވޭއިރު ތިމާއަށް ނުކުރެވެނީ ކީއްވެ؟

ޢާއިޝަތު ރަފާޙް ޢަލީ

 

މީހުން ބައެއްފަހަރު އަހާ ސުވާލެއް އެބައޮވެއެވެ. އެއީ ބައެއް މީހުންނަށް އެހާ ކުރު މުއްދަތެއްގައި މިހާ ގިނަ ކަންތައްތަކެއް ކުރެވެނީ ކިހިނެއްތޯއެވެ؟ އެންމެ ފުރަތަމަ ކަމަކީ އިސްތިޣުފާރު ކުރުމެވެ. ދެވަނަ ކަމަކީ، ﷲގެ ޛިކުރު ކުރުމެވެ. މީގެ ވަރަށް ބޮޑު އަސަރެއް އިންސާނާގެ މައްޗަށް ކުރެއެވެ. ތިޔަބައިމީހުން ދަތުރެއްގައި އުޅެނިކޮށްވެސް، ހިނގާފައި ދަނިކޮށްވެސް، ﷲގެ ޛިކުރު ކުރުމުގެ ވަރަށް ބޮޑު އަސަރެއް ތިޔަބައިމީހުންގެ މައްޗަށް ކުރާނެއެވެ. 

އިމާމު މާލިކުގެ ޙިކުމަތްތެރި ބަސްފުޅެއް ހަނދާންކޮށްލުން މުހިންމެވެ. އެކަލޭގެފާނު ވިދާޅުވެފައިވަނީ: "ތިބާގެ ހިތް ހަރުކަށިވެ، ހަށިގަނޑު ބަލިކަށިވާން ފަށާ ކަމަށް ތިބާއަށް އިޙްސާސްވާން ފަށައިފިނަމަ - މި ބަލިކަށިކަމަކީ ރަނގަޅަށް ކައިބޮއެ ނުހެދުމުގެ ސަބަބުން އަންނަ ބަލިކަށިކަމެއް ނޫނެވެ. އަދި ތިބާގެ ރިޒުޤު ހަނިވެ، ތިބާއަށް ލިބެންޖެހޭ ތަކެތި ލިބުން ދަތިވާން ފަށައިފިކަން ތިބާއަށް ފާހަގަކުރެވޭނަމަ، ދަންނާށެވެ! ތިބާއާ ނުބެހޭ ކަމަކާ ބެހޭގޮތުން. ތިބާ ވާހަކަދައްކައިފިއެވެ." 

އަޅުގަނޑުގެ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! އަޅުގަނޑުމެން ބައެއް ޢަމަލުތައް ކުރުމުން އަންނަ ބާވަތެއްގެ ބާރުގަދަކަމެއް ވެއެވެ. އޭގެ ތެރެއިން އެއް ކަމަކީ ﷲގެ ޛިކުރު ކުރުމެވެ. އެހެންކަމުން، ތިޔަބައިމީހުންގެ ފޯނުތައް އެއްފަރާތަކަށް ބާއްވާލާފައި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޛިކުރު ކުރުމަށް ވަގުތުކޮޅެއް ހޭދަކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. 

ނިންމާލުމުގެ ގޮތުން ދަންނަވާނީ، ތިޔަބައިމީހުންގެ ދިރިއުޅުމުގައި ފަރުވާކުޑަކަމާއި މޮޓިވޭޝަން ނެތްކަމުން ސަލާމަތްވުމަށްޓަކައި އަންނަނިވި ކަންތައްތަކަށް އަހަންމިއްޔަތުކަން ދޭށެވެ: 

1. މަޤްޞަދުތަކާއި ލަނޑުދަނޑިތައް ލިޔެ ބެހެއްޓުން

2. ދުޢާކުރުމުގައި ދެމިހުރުން

3. ފަރުޟު އަދި ވާޖިބު ކަންތައްތަކުގައި ސާބިތުވެ ހުރުން

4. އިސްތިޣުފާރު ކުރުމާއި ﷲގެ ޒިކުރު ކުރުން

5. ބޭކާރު ވާހަކަތަކުން ދުރުހެލިވުން 

މި ކަންތައްތަކަށް ސަމާލުކަން ދިނުމުން، އިރާދަކުރެއްވިއްޔާ ތިޔަބައިމީހުންނަށް އިތުރު ހިތްވަރާއި ފޯރި ލިބި، ދިރިއުޅުމުގައި ކުރިއެރުން ލިބިގެންދާނެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން އެންމެންނަށް ހެޔޮ ތައުފީޤު ދެއްވާށިއެވެ. އާމީން.

                   

 

މިއަދު އޮންލައިން