ތިމާއަށްވުރެ ދޮށީ އަންހެނުންނާ ނުވަތަ ދޮށީ ފިރިހެނުންނާ ކައިވެނި ނުކުރާކަށް ދީނަކު ނެތް! އެއީ ސުންނަތާވެސް ޚިލާފަށް ނެރެގެން އުޅޭ މައްސލައެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ތިމާއަށްވުރެ ދޮށީ އަންހެނުންނާ ނުވަތަ ދޮށީ ފިރިހެނުންނާ ކައިވެނި ނުކުރާކަށް ދީނަކު ނެތް! އެއީ ސުންނަތާވެސް ޚިލާފަށް ނެރެގެން އުޅޭ މައްސލައެއް!: މުފްތީ މެންކް

ތިމާއަށްވުރެ ދޮށީ އަންހެނަކާއި ނުވަތަ ފިރިހެނަކާއި ކައިވެނިކޮށްގެން އެއް ޢުމުރުގެ މީހުންނަށްވުރެ މާއުފަލުގައި ދިރިއުޅޭ މީހުން މަދީހެއްޔެވެ؟ އެއް އުމުރުން ކައިވެނިކޮށްގެން ވަރިވާންޖެހޭ ދމަފިރިން ނެތީ ހެއްޔެވެ؟ ނޫނީ މަދީހެއްޔެވެ؟ އަދި ކީއްހެއްޔެވެ؟ ރޫޅެމުން މިދާ ގިނަ ކައިވެނިތަކަކީ އެއް ޢުމުރުން ކުރާ ކައިވެނިތައް ނޫންހެއްޔެވެ؟

މިޙަޤީޤަތްތަކަށް ބެލުމުން ކައިވެނިކުރާއިރު އަނެކާގެ ޢުމުރަކީ މައްސަލައަކަށް ހެދޭނެ އެއްވެސް ގޮތެއް ނެތެވެ. މައްސަލައަކަށްވަނީ އިޚްލާޞްތެރިކަން ނެތުމެވެ.

ވަރަށް ގިނަ މީހުން ކުރާ ސުވާލެކެވެ. ކައިވެނިކުރާއިރު ދޮށި ނުވަތަ ހަގުވާންޖެހޭނީ ކާކުހެއްޔެވެ؟ ޖަވާބަކީ ވަކިމީހަކު ހަގުވެފައި ވަކިމީހަކު ދޮށިވުމަކަށް އިސްލާމް ދީނަކު ނެތެވެ. އެއީ މީސްތަކުން އަމިއްލައަށް އުފައްދައިގެން އުޅޭ މައްސަލައެކެވެ.

މިއީ ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ. އެހެނީ ޚާއްޞަކޮށް އަންހެނުންނަށް މިމައްސަލަ ކުރިމަތިވާމިންވަރު ބޮޑުކަމެވެ. ތިމާގެ ފިރިހެންދަރިފުޅު އޭނާއަށްވުރެ ދޮށީ އަންހެނަކާއި ކައިވެނިކުރަން އުޅެފިނަމަ އެކަމަށް ރުހެނީ ވަރަށް މަދު މައިންބަފައިންނެވެ.

ސުވާލަކީ ރަސޫލް ﷺ އާއި އެހެންވެސް ރަސޫލްބޭކަލުންނާއި އެބޭކަލުންގެ ޞަޙާބީން އެބޭކަލުންނަށްވުރެ ދޮށީ ބޭކަނބަލުންނާއި ކައިވެނިފުޅުކުރެއްވެވިކަން ނުއެނގެނީ ހެއްޔެވެ؟ މިއީ އެއްވެސް ޝައްކެއްނެތި ށާބިތުވާން އޮތްކަމެކެވެ. ވީމާ ބަލަންވީ ހަގީ ނުވަތަ ދޮށީ ކާކުތޯއެއް ނޫނެވެ. ބަލަންވީ ފުރަތަމަކަމަކީ ދެމީޙުން ކައިވެނިކުރަން ބޭނުންވޭތޯއެވެ. ދެމީހުންވެސް ކައިވެނިކުރަން ބޭނުންވާނަމަ ބަލަންވީ އަނެކާގެ އަޚްލާޤަށާއި ތަްްވާވެރިކަމަށެވެ. ޢުމުރަސް ބެލުމެއް ނެތެވެ.

މިވާހަކަ މިހައިވަރަށް ދައްކަން މިޖެހެނީ އަންހެން މީހާ ފިރިހެން މީހާއަށްވުރެ މަދު މަސްކޮޅެއް ނުވަތަ އަހަރުކޮޅެއް ދޮށިވުމުންވެސް ކައިވެނިކުރަން ނުރެހެވޭތީއެވެ. އެކަން އެގޮތަށް ނުކުރާށެވެ! ޢުމުރު ކިތަންމެ ކުޑަނަމަވެސް އަދި ތަފާތު ބޮޑުނަމަވެސް އެދެމީހުން އެކަމަށް ބޭނުންވެއްޖެ ނަމަ އެކަމަށް ހުރަސްނާޅާށެވެ! އެދެމަފިރިންގެ ކައިވެނީގައި މެދުވެރިވާނެކަންކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ އެވެ. އަހަރެމެންނަކަށް ނުއެނގޭނެއެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން