ބާއްޖަވެރި ޒަވާޖީޙަޔާތެއް ލިބުމަށް އެދޭނަމަ މައިންބަފައިންވެސް ދަރިންވެސް ޢަލީގެފާނާ ފާޠިމަތުގެފާނުގެ ޙަޔާތްޕުޅުން ދަސްކުރަންޖެހޭ ކަންތައްތަކެއް އެބަހުރި-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 6ސ
ބާއްޖަވެރި ޒަވާޖީޙަޔާތެއް ލިބުމަށް އެދޭނަމަ މައިންބަފައިންވެސް ދަރިންވެސް ޢަލީގެފާނާ ފާޠިމަތުގެފާނުގެ ޙަޔާތްޕުޅުން ދަސްކުރަންޖެހޭ ކަންތައްތަކެއް އެބަހުރި-: މުފްތީ މެންކް

ހަމައެކަނި މައިންބަފައިންނެއް ނޫނެވެ. އަންހެނުންވެސް އަދި ފިރިހެނުންވެސް ބަލަނީ ވީހާ ތަނަވަސް މީހަކާ ކައިވެނިކުރެވޭތޯއެވެ! އެކަމަށް ބަލައިގެން ކައިވެނިކުރުމަށްފަހު ކައިވެނި ރޫޅުމުން ދެން މިދައްކަނީ ކައިވެނި ރޫޅުނު ވާހަކައެވެ. ވިސްނާށެވެ! ފައިސާ ނޫން އެހެން އެއްވެސް އެއްޗެއް އެމީހަކުގެ އަތުގައި ނެތް މީހަކާއި ކައިވެނިކުރުމުން ކައިވެނި ކާމިޔާބުކުރެވޭނީ ކިހިނަކުން ހެއްޔެވެ؟

ވީމާ މިދައްކާ ވާހަކަކޮޅަށް ވިސްނައިގެން ތިބެ ރަނގަޅަށް އަޑުއަހާށެވެ!

ރަސޫލް ﷺ ގެ ދަރިކަނބަލުން ފާޠިމަތުގެފާނަށްވުރެ މަތިވެރި ދަރިކަނބަލެއް އިންނާނެ ހެއްޔެވެ؟ މިރޭ މިދައްކަނީ އެކަމަނާގެ ކައިވެނިފުޅަށް އެދިވަޑައިގެން ޢަލީގެފާނު ވަޑައިގަތުމުން ރަސޫލް ﷺ ކަންތައް ކުރެއްވެވވި ގޮތުގެ ވާހަކައިންނެވެ.

ސުވާލުކުރެއްވެވިއެވެ. ކައިވެނީގެ ރަނަށް ދެއްވަވާނެ އެއްވެސް އެއްޗެއް އަތްޕުޅުގައި އެބައޮތްތޯއެވެ.؟ އޮތީ ގެންގުޅުއްވަވާ އައްޑަނަކޮޅު އެކަންޏެވެ. ޙަދީޘްކުރެއްވެވީ އައްޑަނަކޮޅު ވިއްކަވައިލެއްވެވުމަށެވެ. އަދި ލިބިވަޑައިގެންނެވި އެއްޗެއް ޤަބޫލުފުޅު ކުރައްވަވައި ކައިވެނިކޮށްދެއްވަވާނެ ކަމަށެވެ.

ޢަލީގެފާނު ބާޒާރަށް ވަޑައިގެން އައްދަނަކޮޅު ވިއްކަވަން އުޅުއްވާތަން ޢުޘްމާން ބިން ޢައްފާނަށް ފެނިވަޑައގަތުމުން ވިއްކަވައިލައްވަވާ ސަބަބާއިމެދު ސުވާލުކުރެއްވެވިއެވެ. އަދި ސަބަބު ވިދާޅުވުމުން، 400 ނުވަތަ 480 ރަން ފައުނު ދެއްވަވާފައި އައްޑަނަކޮޅު ބައްލަވައިގެންނެވިއެވެ.

އެ ހއްޕަވައިގެން ޢަލީގެފާނު ހިންގަވައިވަޑައިގުމުން ގޮވާލައްވަވައި ގެންދަވާފައި ވިދާޅުވިއެވެ. "ތިމަންކަލޭގެފާނު ކަލޭގެފާނަށް ހަދިޔާއެއް ދެއްވަވާހުށީމެވެ." ވިދާޅުވެ ދެއްވެވީ ބައްލަވައިގެންނެވި އައްޑަނަކޮޅެވެ.

މިހިސާބުން ކަމެއް ފާހަގަކޮށްލާނަމެވެ. އެއީ ޢުޘްމާންބިން ޢައްފާންއަކީ ތަނަވަސްކަން ލިބިވަޑައިގެން ހުންނެވި ބޭކަލެކެވެ. އަދި ކައިވެނި ބައްލަވައިގެން ހުންނެވީވެސް ރަސޫލް ﷺ ގެ ދަރިކަނބަލަކާއިއެވެ.

މިޒަމާނުގައި ކަންކަން މިވަނީ ކިހިނަކުން ހެއްޔެވެ؟ އަނބިމީހާގެ އުޚުތަކު ފަޤީރަކާއި ކައިވެނިކުރަން އުޅޭކަން އެނގިއްޖެނަމަ ބާރަށް ގޮސް ބުނާނެއެވެ. "ތިއަ ކައިވެނި ނކުރުވާށެވެ! އެއީ އަތުގައި އެއްވެސް އެއްޗެއް ނެތް މީހެކެވެ."

އަދި ކީއްހެއްޔެވެ؟ މަދުމީހަކު ނޫނީ އެމީހާގެ އަޚު ކައިވެނިކުރަންވެސް އެހީއެއް ނުވާނެއެވެ!

މީސްތަކުންނޭވެ! ޢިބްރަތް ޙާޞިލުކުރަންވީ މިކަމުންނެވެ. ނަމަވެސް މިއަދު ދަރިންގެ ކައިވެންޏަށް ރުހޭއިރު ފުރަތަމަވެސް ބަލަނީ ކައިވެނިކުރެވޭމީހާގެ އަތުން ލިބެންއޮތީ ކޮންއެއްޗަކަށްތޯއެވެ؟ އޭނާގެ ހުރި ތަނަވަސްކަމަކީ ކޮބައިތޯއެވެ؟ ތަނަވަސްކަން ހުރިނަމަ އޭނާގެ ކިބައިގައި ހުރި ނުބައި އެއްވެސް ސިފައަކަށް ބަލައިލާ މީހަކު ނުހުރެއެވެ. އަތުގައި އެއްޗެއް ނެތްނަމަ ކިތަންމެ ރަނގަޅު، ކިތަންމެ ތަޤްވާވެރި މީހަކީވެސް ބަލައިގަންނަ މީހަކަށް ނުވެއެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން