މިކުރެވެނީ ކުޑަކުޑަ ފާފައެއް ކަމަށް ހީވެ ފާފަކުރެވޭ މީހުން މިމަގުން ޢަމަލުކޮށްފިނަމަ ފާފަކުރުން ހުއްޓައިލެވޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
މިކުރެވެނީ ކުޑަކުޑަ ފާފައެއް ކަމަށް ހީވެ ފާފަކުރެވޭ މީހުން މިމަގުން ޢަމަލުކޮށްފިނަމަ ފާފަކުރުން ހުއްޓައިލެވޭނެ! އިން ޝާ ﷲ

މީސްތަކުންނޭވެ! ބަލަންވީ ފާފައިގެ ކުޑަބޮޑު މިނަކަށް ނޫނެވެ. ބިރުވެތިވާންވީ އެއީ ފާފައެއް ކަމުގައި ކަނޑައެޅުއްވެވި ﷲ ތަޢާލާއަށެވެ! ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ބިރުވެތިވެވޭ މީހާ ކިތަންމެ ކުޑަނަމަވެސް ފާފައެއް ކުރަން ބިރުގަންނާނެއެވެ! ބިރު ނުގަނެވޭނަމަ އެމީހަކީ ﷲ ތަޢާލާއަށް ފުރިހަމަގޮތުގައި ބިރުވެތިވެވޭ މީހެއް ނޫނެވެ!  

އިސްލާމް ދީނުގައި ކުދި ފާފަތަކާއި ބޮޑެތި ފާފަތަކެއް އެބަހުރިކަން ޤުރްއާނުންނާއި ސުންނަތުން އެނގި ޔަޤީންވެއެވެ. އެހެންވެ ކުދި ފާފަތައް ކަމަށް ބެލެވޭ ބައެއް ކަންކަން ކުރަން ޖެހިލުން ނުވާ ބައަކު އުޅެއެވެ.  

އެއިގެ ތެރެއިން އެއްބައަކު ދެކޭ ގޮތުގައި ގިން ބައަކު އެކުދި ފާފަތައް ކުރާނަމަ އެމީހަކުވެސް ނުކުރަންވީ ސަބަބެއް ނެތެވެ. އެއީ އެހައިބޮޑު ފާފައެއް ނޫނެވެ. ނަމަވެސް މިއީ ވަރަށް ނުބައި ވިސްނުމެކެވެ. އެހެނީ ކުޑަޔަސް ބޮޑަސް ފާފައަކީ ހަމަ ފާފައެކެވެ.  

ކިތަންމެ ކުޑަނަމަވެސް ފާފައެއް ނުކުރާށެވެ! ކިތަންމެ ކުޑަނަމަވެސް އެއީ ފާފައެއްކަން އެނގިހުރެ ފާފަކުރާނަމަ އެމީހާގެ އީމާންކަމާއިމެދު ސުވާލު އުފެދޭނެއެވެ. އެމީހަކީ ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ބިރުވެތިވެވޭ މީހަކަށްވެސް ނުވާނެއެވެ! ﷲ ތަޢާލާއަށް ބިރުވެތި ނުވެވޭ މީހަކަށް ނަރަކައިން ސަލާމަތްވެވިދާނެ ކަމަށް ހީނުކުރާށެވެ!  

މި ބަޔާންކުރި މަގުން ވިސްނައިފި މީހަކަށް ކިތަންމެ ކުޑަ ނަމަވެސް ފާފައެއް ކުރަން ބިރުވެތިވެވޭނެއެވެ! ފާފަނުކޮށް ހުރުމުގެ ހިތްވަރު ލިބޭނެއެވެ. އިން ޝާ ﷲ

 

- ޝައިޚް ޢަލީ ހައްމދުދާގެ ދަރުސަކުން

މިއަދު އޮންލައިން