ތިބާ ކުރާ ދުޢާ ޢިޖާބަ ނުކުރައްވައިފާނެ އެންމެ ބޮޑު ސަބަބު އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ތިބާ ކުރާ ދުޢާ ޢިޖާބަ ނުކުރައްވައިފާނެ އެންމެ ބޮޑު ސަބަބު އެނގޭތަ؟

ބައެއް މީހުން ދުޢާކުރުމަށްފަހު އެކަމެއް ހިންމަވައި ދެއްވެވުން ލަސްވެލާއިރަށް ތިމާކުރި ދުޢާ ޢިޖާބަ ނުކުރެއްވެވީ ކަމަށް އެބަ ޤަބޫލުކުރެއެވެ. އަދި ﷲ ތަޢާލާ ތިމާގެމަތިން ހަނދުމަފުޅު ނެތިކޮށްލެވެވީ ކަމަށްވެސް އެބަ ޤަބޫލުކުރެއެވެ. 

އެއިރުން ވާނީ ކިހިނަކުން ހެއްޔެވެ؟ އެއިރުން ވާނެގޮތްވެސް ބުނެދޭނަމެވެ. 

ޤުދްސިއްޔަ ޙަދީޘްފުޅެއްގައި ﷲ ތަޢާލާ ވަޙިކުރައްވަވާފައިވަނީ ކޮންމެ މީހަކާއިއެކުވެސް ތިމަން ﷲ ވޮޑިގެންވަނީ އެމީހަކު ތިމަން ﷲ އާއިމެދު ޤަބޫލުކުރާ ގޮތަކަށް ކަމަށެވެ. އެބަސްފުޅުން އެނގެނީ ކުރި ދުޢާ ޢިޖާބަ ނުކުރައްވަވާނެ ކަމަށް ޤަބޫލުކުރުމުން އޭނާގެ ދުޢާ ޢިޖާބަ ނުކުރައްވަވައިފާނެ ކަމެވެ. އަދި  ﷲ ތަޢާލާ ތިމާގެމަތިން ހަނދުމަފުޅު ނެތިކޮށްލައްވަވައިފިކަމަށް ޤަބޫލުކޮށްފި މީހަކުގެ މަތިން ހަނދުމަފުޅު ނެތިކޮށްލައްވަވައިފާނެ ކަމެވެ. 

ވީމާ ދުޢާކުރުމަށްފަހު ތިމާކުރި ދުޢާ ޢިޖާބަ ނުކުރެއްވެވީ ކަމަށް ޤަބޫލުކުރުމާއި އަދި ﷲ ތަޢާލާ ތިމާގެމަތިން ހަނދުމަފުޅު ނެތިކޮށްލައްވަވައިފިކަމަށް ޤަބޫލުކުރުމަކީ އެމީހަކު ކުރި ދުޢާ ޢިޖާބަނުކުރައްވަވައިފާނެ ސަބަބެކެވެ. އަދި ތިމާއަށް ﷲ ތަޢާލާގެ ރަޙްމަތް ބޮޑުތަނުން އުނިވެގެން ހިނގައިދާނެ ސަބަބެކެވެ.   

މިހުރީ ބޮޑެތި ކަންކަމެވެ. ވީމާ މިކަންކަމަށް އަބަދުވެސް ވަރަށް ބޮޑަށް ސަމާލުކަންދޭންވާނެއެވެ. ދުޢާ ކުރުމަށްފަހު ޢިޖާބަ ކުރައްވަވާނެ ކަމުގެ ޔަޤިންކަމުގައި ހުންނަންޖެހޭ ސަބަބަކީ އެއީއެވެ. އެއިރުން އެމީހަކާއިއެކު އެގޮތުގައި ﷲ ތަޢާލާ ވޮޑިގެންވާނެތީއެވެ. އިން ޝާ ﷲ

 

- ޝައިޚް ޝުޢައިބް އަބޫ ޔޫސުފްގެ ދަރުސަކުން

 

މިއަދު އޮންލައިން