އެންމެ ބޮޑަށް ބޭނުންވާނެ 3 ކަންތަކަށް އެދިގެން ކުރަން އޮތް ދުޢާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
އެންމެ ބޮޑަށް ބޭނުންވާނެ 3 ކަންތަކަށް އެދިގެން ކުރަން އޮތް ދުޢާއެއް!

ދުޢާ: 

سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلا إِلَهَ إِلا اللَّهُ وَاللَّهُ أَكْبَرُ اللَّهُمَّ اغْفِرْ لِي اللَّهُمَّ ارْحَمْنِي اللَّهُمَّ ارْزُقْنِي 

ﷲ ތަޢާލާއަށް ޙަމްދުޘަނާ ކިޔައި އެކަލާނގެ މަތިވެރިކުރުމަށްފަހު މިދުޢާގައި އެދި ދެންނެވެނީ 3 ކަމަކަށެވެ. 1. ފާފަތައް ފުއްސަވައި ދެއްވެވުން 2. ރަޙުމްކޮށްދެއްވެވުން 3. ރިޒުޤް ދެއްވެވުން 

މި 3 ކަންތަކަށް ބެލިނަމަވެސް އެއީ ކޮންމެ މުސްލިމަކަށްވެސް އެންމެ ބޮޑަށް ބޭނުންވާނެ 3 ކަންތަކެވެ. އެހެނީ އަހުރެމެންނަށް އެންމެ ބޮޑަށް ބޭނުންވެގެންވަނީ ﷲ ތަޢާލާގެ ރަޙްމަތަށެވެ. ފާފަތައް ފުއްސަވައި ދެއްވެވުމަށެވެ. އެއަށްފަހު ރިޒުޤަށެވެ. ރިޒުޤްގެ މާނައިގައި ތިމާއަށް ބޭނުންވާނެ ހުރިހާ ކަންކަން ހިމެނިގެންވެއެވެ.

މިއަދު އޮންލައިން