ވަރަށް މުހިންމު ދުޢާއެއް!: ތިމާގެ ފާފަތައް ފުއްސަވައި ދެއްވަވައި ނަރަކައިން ސަލާމަތް ކޮށްދެއްވެވުންއެދި ސަޖިދައިގަވެސް ކުރެވިދާނެ ކުރު ދުޢާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ވަރަށް މުހިންމު ދުޢާއެއް!: ތިމާގެ ފާފަތައް ފުއްސަވައި ދެއްވަވައި ނަރަކައިން ސަލާމަތް ކޮށްދެއްވެވުންއެދި ސަޖިދައިގަވެސް ކުރެވިދާނެ ކުރު ދުޢާއެއް!

رَبَّنا إِنَّنا ءامَنّا فَاغفِر لَنا ذُنوبَنا وَقِنا عَذابَ النّارِ 

"އަޅަމެންގެވެރި ރަސްކަލާކޮ! ހަމަކަށަވަރުން އަޅަމެން އީމާންވެއްޖައީމުއެވެ! ފަހެ އަޅަމެންގެ ފާފަތައް އަޅަމެންނަށް ފުއްސަވައިދެއްވަވާނދޭވެ! އަދި ނަރަކައިގެ ޢަޛާބުން ދިންނަވައިދެއްވަވާނދޭވެ!" (އާލްޢިމްރާން: 16)  

ކޮންމެ މީހަކަށްވެސް އެންމެ މުހިންމުވާނެ އަދި އެންމެ ފައިދާކުރާނެ ކަމަކީ އެމީހެއްގެ ފާފަތައް ފުއްސަވައިދެއްވަވައި ނަރަކައިން ސަލާމަތްކޮށް ދެއްވެވުމެވެ. އެއިރުން އެމީހަކަށް އެވަނީ ސުވަރުގެ ލިބިފައިކަމަށްވާތީއެވެ.  

ކުރު ދުޢާއެކެވެ. ސަޖިދައިގައި އޮވެގެންވެސް ކުރަންވީއެވެ.

މިއަދު އޮންލައިން