ޢާންމުކޮށް މީސްތަކުންނަށް ނުފެންނަ އަދި އިޙްޞާޞް ނުކުރެވޭ މިއަދުވެސް އަންނަނީ އިޙްޞާޞްކުރެވެމުންނެވެ. އެއީ ﷲ ތަޢާލާގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ދައްކަވާ ކަންކަމެވެ. ހެޔޮލަފާ މީހުންނަށް ބޮޑެތި ކަންކަން ދައްކަވައެވެ. މީގެ ތެރޭގައި ހެޔޮލަފާ މީހުން މަރުވުމުން ދައްކަވާ ކަންކަންވެސް ހިމެނެއެވެ.
މިއީ އިނގިރޭސިވިލާތަށް ނިޞްބަތްވާ ބަރްބަރް އަހްމަދު ނަމަކަށް ކިޔާ މުސްލިމެއްގެ ވާހަކައެވެ. އޭނާ ބުނާ ގޮތުން އޭނާއަށް 3 ފަހަރެއްގެ މަތިން ވަނީ ވަރަށް އާދައާ ޚިލާފް މީރުވަހެއް އިޙްޞާޞްކުރެވިފައެވެ. އަދި އޭނާ ފަދައިން އެތަންތަނުގައި ތިބި އެހެން އަޚުންނަށްވެސް އެވަސް ވަނީ އިޙްޞާޞްކުރެވިފައެވެ.
ޢިލްމްވެރިންގެ ބަސްފުޅުތަކަށް ރިޢާޔަތްކޮށް އޭނާ ބުނެފައިވަނީ އެއްވެސް ހުވަދެއް ނެތް ތަންތަނުން މިފަދަ މީރުވަސް ދުވަނީ އެތަނަކަށް މަލާއިކަތުން ވަޑައިގެންނެވުމުން ކަމަށެވެ. އަދި މިފަދަ ކަންކަން މީސްތަކުންނަށް ދައްކަވަނީ އެމީހަކަށް ހިތްވަރު ދެއްވެވުމަށް ކަމަށެވެ.
އަހްމަދު ބުނާގޮތުން 2009 ވަނަ އަހަރު ޖަލުބަންދުގައި ހުއްޓައި އޭނާއަށް އެވަސްދުވިރޭ، ހަމަ އެވަޤުތު އޭނާއާއި ޖެހިގެން ހުންނަ ގޮޅީގައި ބަންދުކޮށްފައި ހުރިމީހަކަށް ވަރަށް ތަފާތު ކަމެއް އިޙްޞާޞް ކުރެވުނެވެ. އެއީ އަޅުކަންކުރަން ހުއްޓައި ފާރުފޫއަޅުވާލާފައި ޓޯޗެއް ފަދަ އެއްޗަކުން އޭނާގެ މޫނަށް އައްޔެއް އެޅުނުކަމެވެ.
އެކަން އެނގުމުން އަހުރެންނަށް ބުނެވުނެވެ. "ތިބާގެ ގާތަށް މަލާއިކަތަކު ވަޑައިގަތީގައެވެ. އަހުރެންނަށް އެދުވީ އެމަލާއިކަތާގެ ވަހެވެ. އިން ޝާ ﷲ"
އަޙްމަދު ބުނެފައިވާ ގޮތުގައި އެއިގެ ކުރިން 2 ފަހަރެއްގެ މަތިން އޭނާއަށް އެވަސްދުވިއެވެ. އެއީ ބޮސްނިޔާގަ މަދީނާއަށް ކުރި ޒިޔާތެއްގައި އުހުދު ހަނގުރާމައިގައި ޝަހީދުވި ބޭކަލުންގެ ހަށިކޮޅުތައް ވަޅުލެވިފައިވާ ސަރަޙައްދުންނެވެ.
މިކަމަކީ އަޙްމަދު ނޫންވެސް ބައެއް މުސްލިމުންނަށް އިޙްޞާޞްކުރެވޭ ކަމެކެވެ. އެއިގެ ތެރޭގައި ބޮޑެތި ޢިލްމުވެރިންވެސް ހިމެނެއެވެ.
މިފަދަ ކަންކަމުގެ ޙަޤީޤަތް މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ.
ގުޅުންހުރި ވީޑިއޯ: