އާޚިރަތް ކާމިޔާބުވުމަށް އެދޭނަމަ ވިސްނާލާފަ ނިކަން މިސުވާލަށް ޖަވާބުދީބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
އާޚިރަތް ކާމިޔާބުވުމަށް އެދޭނަމަ ވިސްނާލާފަ ނިކަން މިސުވާލަށް ޖަވާބުދީބަލަ!

ތިމާއަށް ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް ފައިދާއެއް ނުކުރާނެ ކަންކަމުގައި ކޮންމެ ދުވަހަކު  3، 4 ގަޑިއިރު ހާދަކުރާއިރު ފަރުޟު އަދި ސުންނަތް ނަމާދުތައްކުރުމަށާއި ޛިކުރުކުރުމުގައި އެންމެ 1 ގަޑިއިރު ހޭދަނުކުރެވޭ މީހާގެ ހިތުގައި ﷲ ތަޢަލާއަށް އޮތީ ކޮން ލޯތްބެއްހެއްޔެވެ؟ އަދި އެފަދަ މީހަކީ އާޚިރަތް ކާމިޔާބުކޮށް ސުވަރުގެ ހޯދަން މަސައްކަތްކުރާ މީހަކަށްވެދާނެ ހެއްޔެވެ؟  

މިކަންކަމަށް ވިސްނައި ކޮންމެދުވަހަކުވެސް މަދުވެގެން އެންމެ ގަޑިއެއްގެ އިރު ނަމަވެސް ﷲ ތަޢާލާއަށް އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރަން ހޭދަކުރަން މަސައްކަތްކުރާށެވެ.  

އަހުރެންގެ އަމިއްލަ ތަޖުރިބާއަށް ބަލައި ބުނަމެވެ. މުޅި ދުވާލުގެ ހުރިހާ ވަޤުތެއްގެ ތެރެއިން 2 ގަޑިއިރު އަޅުކަމުގައި ހޭދަކުރާ މީހަކަށް ފަރުޟް 5 ނަމާދާއި ރަވާތިބް ސުންނަތްތައް ކުރެވޭނެއެވެ. 3 ގަޑިއިރު ހޭދަކުރެވޭނަމަ ފުރިހަމަ ގޮތުގައި ރޭއަޅުކަންކޮށް ޤުރްއާން ކިޔަވައި ޛިކުރްތައްވެސް ކުރެވޭނެއެވެ. އިން ޝާ ﷲ. މުޅި ދުވަހުގެ ތެރެއިން ހުރިހާ އަޅުކަމަކަށް އެންމެ 3 ގަޑިއިރު ހޭދަކުރިނަމަވެސް އެއީ ދުވަހުގެ 24 ގަޑިއިރަށް ބަލައިފިނަމަ އެންމެ އަށްބައިކުޅަ އެއް ބައެވެ. އާޚިރަތް އެދިގެން ހޭދަކުރަން އެއީ ގިނަ ވަޤުތުތަކެއް ހެއްޔެވެ؟  

އެކަންކަމަށް މަސައްކަތް ނުކޮށް ރެއާއި ދުވާ ހޭދަކުރާ މީހަކަށް އާޚިރަތް ދުވަހު އޮންނާނީ ކޮން ސަލާމަތްކަމެއް ހެއްޔެވެ؟ ވީމާ މިއުފެއްދި ސުވާލުތައް ކޮންމެ މީހަކުވެސް އަމިއްލަ ނަފްސާއިކޮށްލައި ޢަމަލުތައް އިޞްލާޙްކުރަން މަސައްކަތްކުރަމާ ހިނގާށެވެ! ކާމިޔާބީއަކީ މަސައްކަތްކުރާ މީހުންގެ ޙައްޤެކެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން