ތިބާއާއިއެކުގަ ނުއުޅުމަށް މީހަކު ނިންމައިފިނަމަ އޭނާގެ ވިސްނުން ބަދަލުކުރެވޭތޯ މަސައްކަތްކުރުމަށްވުރެ ފައިދާކުރާނީ އެމީހަކާ ވަކިވުމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ތިބާއާއިއެކުގަ ނުއުޅުމަށް މީހަކު ނިންމައިފިނަމަ އޭނާގެ ވިސްނުން ބަދަލުކުރެވޭތޯ މަސައްކަތްކުރުމަށްވުރެ ފައިދާކުރާނީ އެމީހަކާ ވަކިވުމުން!

އެއީ ތިމާގެ ހަޔާތުގެ ބައިވެރިޔާކަމަށްވީނަމަވެސް އަދި ކިތަންމެ ގާތް އެކުވެރިއެއް ނަމަވެސް ތިބާއާއި އެކުގައި ނުއުޅުމަށް ނިންމައިފިނަމަ ކިތަންމެ ވަރަކަށް ޢާދޭސްކުރިނަމަވެސް އެމީހުންގެ ވިސްނުން ބަދަލުކުރުމަކީ ދުރުކަމެކެވެ. އާދޭސްކުރާނަމަ ފަހަރެއްގައި މަޑުޖައްސާލައިފާނެއެވެ. ނަމަވެސް އެކަން ވެގެންދަނީ ވަޤުތީ ކަމަކަށެވެ. 

އެހެނެއް ނޫނެވެ. މައްސަލައަކީ ޚިޔާލުތަފާތުވުން ކަމަށްވާނަމަ އަނެކާ ބޭނުންވާ ގޮތަށް ދޫދިނުމުން ބައެއް ފަހަރު މައްސަލަ ޙައްލުކުރެވެއެވެ. އެކަމަކު އެގޮތަށް ދޫދޭންވާނީ އަބަދުވެސް ދޫދެވޭނެ ނަމައެވެ. ސަބަބަކީ ދޫދިނުން ހުއްޓައިލާއިރަށް އަނެއްކާވެސް މައްސަލަތައް ކުރިމަތިވާން ފަށާނެތީއެވެ. 

މިހާރަކަށް އައިސް ގިނަ މީހުން ކަންކަން ނިންމަނީ ވިސްނަންވާވަރަށް ނުވިސްނައެވެ. މިޘާލަކަށް ތިމާގެ ބައިވެރިޔާގެ ކިބައިން އެއްވެސް ކުށެއް ނުފެނުނަސް ބައްދަލުވާ މީހަކަށް ހިތްދީ ބައިވެރިޔާއާއި ވަކިވާން އެބަ ނިންމައެވެ. އެޙާލަތުގައި އޭނާއަށް ވިސްނައިދޭން މަސައްކަތްކުރިޔަސް ގިނަ މީހުންނަކަށް އެކަން ބަލައެއް ނުގަނެވެވެއެވެ. ހޭވެރިކަންވަނީ ގެންނަ ބަދަލުގެ ސަބަބުން ތިމާއަށް ބޮޑެތި ގެއްލުންތަކެއް ލިބުމުންނެވެ. އަތްމަތި ހުސްވުން ނުވަތަ އަޅުވެތިވާންޖެހުން ފަދަ ބޮޑު މުޞީބާތެއް ކުރިމަތިވުމުންނެވެ. 

މިކަމުން އެނގެނީ ހަރުދަނާ، ރިވެތި ދިރިއުޅުމުގެ އަގު އެމީހަކު ވަޒަންނުކުރާ ކަމެވެ. ބައިވެރިޔާގެ ސަބަބުން ތިމާއަށް ލިބޭ ހިތްހަމަޖެހުމާއި އުފާވެރިކަން ބަލައިގަންނަން ނުއެނގޭ ކަމެވެ. ހިތާމައަކީ ތިމާއަކީ ހޭލުންތެރިއަކު ކަމަށް ޤަބޫލުކުރަމުންވެސް މިފަދަ އަނދަވަޅުތަކަށް އަމިއްލައަށް ވެއްޓިގަންނަ ކަމެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން

މިއަދު އޮންލައިން