އެހެން މީހުންނަށް ޙަސަދަލުމަކީ ތިމާއަށް ލިބެން އޮތް ކުރިއެރުމާ ކާމިޔާބީއާ ރަނގަޅު ގޮތްތަކާ އުފާވެރިކަމުން މަޙްރޫމްވެ ނިކަމެތިވާންޖެހޭ ކަމެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
އެހެން މީހުންނަށް ޙަސަދަލުމަކީ ތިމާއަށް ލިބެން އޮތް ކުރިއެރުމާ ކާމިޔާބީއާ ރަނގަޅު ގޮތްތަކާ އުފާވެރިކަމުން މަޙްރޫމްވެ ނިކަމެތިވާންޖެހޭ ކަމެއް!: މުފްތީ މެންކް

ރަނގަޅު ގޮތްތަކާއި ކުރިއެރުމާއި ކާމިޔާބު މިންވަރުކުރައްވަވަނީ އެހެން މީހުންނަށް ދެއްވަވާ ނިޢްމަތްތަކަށް ޙަސަދަވެރިނުވާ މީހުންނަށެވެ. ތަކުރާރުކޮށްލާނަމެވެ! އެހެންމީހުންނަށް ދެއްވަވާ ނިޢުމަތްތަކަށް ޙަސަދަވެރިނުވާ މީހުންނަށެވެ!

[އެހެން މީހުންނަށް ދެއްވަވާ ނިޢްމަތްތަކަށް ހަސަދަވެރިވާ މީހުންނަށް ލިބޭ ނިޢްމަތްތައް ވެސް ގެއްލިގެން ދިއުން އަވަސްވާކަން އެއީ ތަޖުރިބާއިން އެނގެން އޮތްކަމެކެވެ. ވީމާ ޙާޤީޤީ އުފާވެރިކަމާއި ކާމިޔާބާއި ކުރިއެރުން ލިބުން އޮތީ އެހެން މީހުންނަށް ދެއްވަވާ ނިޢްމަތްތަކަށް ޙަސަދަވެރިނުވެ އުފާކުރާ މީހުންނަށެވެ.

ކޮންމެ މީހަކަށް ނަމަވެސް ކޮންމެ ކަމެއްވެސް މިންވަރުކުރައްވަވަނީ ﷲ ތަޢާލާ އެކަމަށް ކަނޑައަޅުއްވަވާ ވަގުތުގައެވެ. ތިބާ އެދޭ ކަންތައްތަކެއް އެހެން މީހަކަށް ތިބާއަށްވުރެކުރިން ލިބިފައިވާތަން ފެނިއްޖެނަމަ ހަސަދަވެރިނުވާށެވެ! އަދި އެމީހަކަށްޓަކައި ހެޔޮދުޢާކުރާށެވެ!

ޤަބޫލުކުރާށެވެ! ތިބާ އެދޭކަންކަން ތިބާއަށްވެސް ޙާޞިލުކޮށްދެއްވަވާއެވެ. އެކަމުގެ ވަގުތު ޖެހުމުންނެވެ. އަދި ވަގުތު ނުޖެހެނީއެވެ. ތިބާއަށް އެކަންކަން ދެއްވެވުމަށް ﷲ ތަޢާލާ ކަނޑައަޅުއްވަވާފައިވާ ވަޤުތު އައިސް ޖެހުމުން އެކަމަށް ހުރަސް އެޅޭނެ ހަމަ އެއްވެސް މީހަކު ނުހުންނާނެއެވެ. ލަހެއްފަހެއް، އިމެއް ނެތި ލިބިގެންދާނެއެވެ.

"އަހަރެންގެ ވަޤުތު ޖެހުމުން އަހަރެން އެދޭ ކަންކަން އަހަރެން އެދޭ ގޮތަށްވުރެވެސް ފުރިހަމައަށް މިންވަރު ކުރައްވަވާނެ" ކަމުގެ ޔަޤީންކަމުގައި އުފަލުގައި ހުންނާށެވެ!

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން