ފިރިމީހާއާ އޭނާގެ ޢާއިލާއިން އަނބިމީހާއަށް ކުރާ ޖިސްމާނީ އަނިޔާތަކަށް ކެތްތެރިވާން އެކަނބަލުންނަށް މަޖުބޫރުވާ އެންމެ ބޮޑު ސަބަބަކީ އަމިއްލަ ޢާއިލާގެ އެއްބާރުލުން ނުދިނުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ފިރިމީހާއާ އޭނާގެ ޢާއިލާއިން އަނބިމީހާއަށް ކުރާ ޖިސްމާނީ އަނިޔާތަކަށް ކެތްތެރިވާން އެކަނބަލުންނަށް މަޖުބޫރުވާ އެންމެ ބޮޑު ސަބަބަކީ އަމިއްލަ ޢާއިލާގެ އެއްބާރުލުން ނުދިނުން!

އޭނާގެ ހުންނަނީ އެންމެ ކޮއްކޮއެކެވެ. ކޮއްކޮ ބަލިވެއިންކަން އެނގުމުން ހަދިޔާއެއް ހިފައިގެން ދެވުނީ ފިރިމީހާއާއި މައިދައިތަ އާއި ދެމީހުންވެގެން ކޮއްކޮއަށް އަނިޔާކުރަމުން ދިއަ ވަޤުތަކުއެވެ. 

މޫނުމަތިންނާއި އަތުގެ ތަންތަނުން އަނިޔާގެ އަސަރު ތާޒާކަމާއިއެކު ފެންނަން ހުރުމުން ކޮއްކޮ އާއި ސުވާލުކުރުމުން ތެދަށް ބުނާކަށް ނުކެރުނެވެ. ބުނެފިނަމަ ދެން ކުރާނެ އަނިޔާ މާބޮޑުވާނެތީއެވެ. 

އެވަޤުތު މައިދައިތަ ބުނީ އެއީ ޢާއިލާގެ މައްސަލައެއް ކަމަށާއި އެކަމާއި ސުވާލު ނުކުރެވޭނެ ކަމަށެވެ. ފިރިމީހާ ބުނީ އެއް ފަހަރު ޖެހިން ކަމަށާއި ނަމަވެސް އެއީ އަނިޔާކުރަން ނޫން ކަމަށެވެ. ބޭބެ ބުނީ އެންމެ ފަހަރަކު ޖެހީމާ މިހުރިހާ ތަނެއް ދުޅަވެ ރަތްވެ އަދި ލޭއައިސްފައި އެވަނީ ކޮންގޮތަކަށް ޖަހައިގެން ހެއްޔެވެ؟ އެގޮތެއް ދައްކާލަން ނިކަން އަހުރެންގެ ގައިގަ އެއް ފަހަރު ޖަހައިބަލާށެވެ! 

ފިރިމީހާ ބުނީ ކަލޭމެންނަކީ ފަޤީރުން ކަމަށާއި ފަޤީރުންނަށް ތަނަވަސްމީހުންނާއި ސުވާލުނުކުރެވޭނެ ކަމަށެވެ. ބޭބެއަކަށް ރުޅި ކޮންޓްރޯލެއް ނުކުރެވުނެވެ. އަތްދަމާފައި އެއްފަހަރު ޖެހުމުން ފިރިމީހާއަކަށް ނުވެސް ތެދުވެވުނެވެ. ބޭބެ ބުންޏެވެ. "ކަލޭމެންގެ ކިބައިގައި ތަނަވަސްކަން ހުރުމަކީ ފަޤީރުންނަށް އަނިޔާކުރުން ހުއްދަވާ ސަބަބެއް ނޫންކަން އެނގިއްޖެ ނޫން ހެއްޔެވެ؟ ކަލޭގެ ތަނަވަސްކަން ކަލެއަށެވެ. ފަޤީރަސް އަހަރެންނަށް ކޮއްކޮ ބެލޭނެއެވެ. މިދަނީ ގޮވައިގެންނެވެ. ހަމަބުއްދި ލިބިއްޖިއްޔާ ބަލައި އަންނާށެވެ!" 

މިވާހަކަކޮޅު މިބަޔާންކުރީ އެއްވެސް ޙާލެއްގައި ޙައްޤު ހޯދަންވެސް އަތް އިސްކުރަން ހިތްވަރުޑޭކަށް ނޫނެވެ. ދޭން ބޭނުންވާ މެސެޖަކީ ފިރިންގެ ކިބައިން ނުވަތަ ފިރިމީހާގެ ޢާއިލާގެ ކިބައިންވެސް އަނިޔާ ލިބޭނަމަ އަޅާނުލައި ނުތިބޭށެވެ! އެކަން ހުއްޓުވަން އަޅަންޖެހޭ ފިޔަވަޅު އަޅާށެވެ! ގިނަ އަންހެނުންނަށް ގެވެށި އަނިޔާ ލިބެނީ އެމީހުންގެ ދިފާޢުގައި އެމީހުންގެ ޢާއިލާއިން ކުރަންޖެހޭ ކަންކަން ނުކުރާތީއެވެ. ވަކިވުމުން ޢާއިލާގެ އެހީތެރިކަން ނުލިބިދާނެ ކަމަށް އަނިޔާލިބެން ކެތްތެރިވާތީއެވެ.

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން