ބައިވެރިޔާ އާއި ވަކިވާން ބޭނުންވީމާ އޭނާ ލައްވައި ގޯސްތައް ހައްދުވައިގެން ކުށްހޯދަން މަސައްކަތްކުރާނަމަ ޢަމަލުކުރަން އެންމެ ފައިދާހުރި ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ބައިވެރިޔާ އާއި ވަކިވާން ބޭނުންވީމާ އޭނާ ލައްވައި ގޯސްތައް ހައްދުވައިގެން ކުށްހޯދަން މަސައްކަތްކުރާނަމަ ޢަމަލުކުރަން އެންމެ ފައިދާހުރި ގޮތް-

އަނބިމީހާ މަތިން ފޫހިވެ ފޮނުވާލަން ބޭނުންވުމުން އަނބިމީހާގެ ކުށް ހޯދަން ބައެއް ފިރިން ބޭނުންކުރާ އެއް އުކުޅަކީ އަނމީހާ ރުޅިއަންނާނެ ކަންކަން ކުރުމެވެ. އެއީ ރުޅިއައިސްގެން ނުބައި ބަހެއް ބުނެވުނަސް އަދި ކަމެއް ކުރެވުނަސް އެކަމުގެ ނާޖާއިޒު ފައިދާ ލިބިގަތުމުގެ ބޭނުމުގައެވެ. 

މިފަދަ ގޮތެއް މެދުވެރިވާނަމަ ފިރިމިހާ ބަލިކޮށްލަން އެންމެ ފަސޭހަވާނެ އެއްގޮތަކީ އޭނާ ކުރާ ކަންކަމަށް ކަނބޮޑުވާކަން ނުދެއްކުމެވެ. ރުޅިއައިސް ޒުވާބު ނުކުރުމެވެ. 

އެއިރުން ގިނަ ފިރިންގެ ވިސްނުން ބަދަލުވެ ކުރީގެ ނިންމުން ބަދަލުވެސް ކުރެއެވެ. އެއީ އަނބިމީހާއާއިމެދު ނުބައިކޮށް ކަންކަންކުރުމުންވެސް ކެތްތެރިވެވޭނީ ތިމާދެކެ ވަރަށް ބޮޑަށް ލޯބިވާތީކަން ވިސްނުމުންނެވެ. އަނބިމިހާއަކީ އެހާ ފަސޭހައިން ތިމާދޫކޮސްލާފައިދާނެ މީހަކު ނޫންކަން ވިސްނުމުންނެވެ. މިގޮތަށް ވިސްނި ހެޔޮ ބަދަލުތައް އަންނަ ފިރިން މަދެއް ނޫނެވެ. 

އަދި އަނބިންވެސް ފިރިމީހާ އާއި ވަކިވާން ބޭނުންވުމުން ހަމަ އެގޮތަށް ކަްނތައް ކުރެއެވެ. ފިރިމީހާއާއިމެދު ފަރުވާކުޑަކުރެއެވެ. ރުޅިއަންނާނެ ކަންކަންވެސް ކުރެއެވެ. އެޙާލަތުގައިވެސް ހަމަ މިގޮތަށް ކަންކަން ކުރާށެވެ! ފިރިމީހާ އާއިމެދު ކުރިން ވިސްނުނު ގޮތް ބަދަލުކޮށް ރަނގަޅަށް އުޅެންފަށާ އަނބިންވެސް މަދެއް ނޫނެވެ.

ވީމާ މިއީ ދެމަފިރިންނަށްވެސް ބުނެދިން ފިލާވަޅެކެވެ. ދިން ނަޞޭޙަތެކެވެ. އެކަމަކު ބުނަން ހެއްޔެވެ؟ ފަރުވާކުޑަކޮށް އަދި ރުޅިއަރުވަން މަސައްކަތްކުރާނަމަ ކެތްތެރިވާންވެސް ވަކި މުއްދަތެއް ކަނޑއަޅަންވާނެއެވެ. ހެޔޮ ބަދަލެއް ފެންނަނަމަ އެމުއްދަތު ދިގުކޮށް ފުރުޞަތުދޭށެވެ. ބަދަލެއް ނުއަންނަނަމަ ވަޤުތު ނަގާނުލައި ދިރިއުޅޭނެ އެހެން މަގެއް އިޚްތިޔާރުކުރާށެވެ!

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން

މިއަދު އޮންލައިން