ކުރާ ޢަމަލުތައް އަޅުކަމަކަށްވާނެ 2 ސިފަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 6ސ
ކުރާ ޢަމަލުތައް އަޅުކަމަކަށްވާނެ 2 ސިފަ-

ހެޔޮ ޢަމަލުތައް ކުރިނަމަވެސް އެކަންކަން އަޅުކަމަށްވާނީ ޝަރުޠުހަމަވެގެންނެވެ. ޝަރުޠު ހަމަވާނީ އެކަމުގައި މި ދެ ސިފަ ހަމަވެގެންނެވެ.

ޢަމަލެއްގައި ދެ ސިފައެއް ފުރިހަމަވެއްޖެނަމަ (އެޢަމަލެއް އަޅުކަމަކަށް ވާނެ) އެވެ. އެއީ:

(އެކަލާނގެ ދެކެ) ފުރިހަމަވެގެންވާ ލޯތްބެއްވުމާއިއެކު،

(އެކަލާނގެއަށް) ފުރިހަމައަށް ކިޔަމަންތެރިވުމެވެ.  

ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.  

﴿وَالَّذِينَ آمَنُوا أَشَدُّ حُبًّا لِّلَّـهِ﴾ البقرة: ١٦٥ 

މާނައީ:

"އަދި އީމާންވި މީހުން ﷲ ދެކެ ވާ ލޯބި މާބޮޑެވެ."  

އަދިވެސް ވަޙީ ކުރައްވާފައިވެއެވެ.  

﴿إِنَّ الَّذِينَ هُم مِّنْ خَشْيَةِ رَبِّهِم مُّشْفِقُونَ﴾ المؤمنون: ٥٧ 

މާނައީ:

"ހަމަކަށަވަރުން، އެބައިމީހުންނީ، އެބައިމީހުންގެ ވެރިއިލާހަށް ބިރުވެތިވުމުން އެކަލާނގެ އަޒާބަށް ބިރުވެތިވާ މީހުންނެވެ." 

ހަމަމިފަދައިން މި ދެ ސިފަ އެއްކޮށް ބަޔާންކުރައްވާ ވަޙީ ކުރައްވާފައިވެއެވެ.  

﴿إِنَّهُمْ كَانُوا يُسَارِعُونَ فِي الْخَيْرَاتِ وَيَدْعُونَنَا رَغَبًا وَرَهَبًا وَكَانُوا لَنَا خَاشِعِينَ﴾ الأنبياء: ٩٠ 

މާނައީ:

"ހަމަކަށަވަރުން އެބޭކަލުން ހެޔޮކަންތައްތަކަށް އަވަސްވެ، އަދި ތިމަން އިލާހަށް އެދުމާއި، ބިރުވެތިކަމާއެކު ދުޢާ ކުރައްވާ ކަމުގައިވިއެވެ. އަދި ތިމަން އިލާހަށް މަޑުމޮޅިވާ ބައަކުކަމުގައި އެ ބޭކަލުން ވިއެވެ. "

 

- ޝައިޚް މުޙައްމަދު ސިނާން

 

މިއަދު އޮންލައިން