ޞިއްހަތަށް ފައިދާ ހޯދުމަށާ ރީތިކަންމަތީގަ ހުންނަން ކުރާ ކަސްރަތުވެސް އަޅުކަމަކަށްވާނެ ގޮތަށް ކުރެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ޞިއްހަތަށް ފައިދާ ހޯދުމަށާ ރީތިކަންމަތީގަ ހުންނަން ކުރާ ކަސްރަތުވެސް އަޅުކަމަކަށްވާނެ ގޮތަށް ކުރެވޭނެ!

އަޅުކަން ކުރުމުގެ ވާހަކަ ދައްކާއިރަށް ގިނަ ބައަކަށް ވިސްނޭނީ އެއީ މިސްކިތުގައި ނުވަތަ މުސައްލަމަތީގައި ކުރަން އޮތް ކަމެއް ކަމަށެވެ. އަޅުކަމާއި އަޅުކަން ކުރުމުގެ މާބޮޑެވެ. އަޅުކަމުގެ ހިމެނޭ ކަންކަންވެސް ވަރަށް ގިނައެވެ.

އަޅުކަމެއް ކުރުމުގެ ނިޔަތުގައި 2 ޝަރުޠު ފުރިހަމަވާގޮތަށް ކުރުމުން ކަސްރަތުކުރުންވެސް އަޅުކަމަކަށްވާނެކަން އެނގެން އެބައޮތެވެ.

"ވަޤުތުގައި ނަމާދުކުރަމުން ﷲ ހުއްދަކުރައްވަވާފައިވާފަދަ ފޭރާމެއްގައި ހުރެގެން އަޅުކަމަކަށް ނިޔަތްގަނެގެން ކަސްރަތުކުރާށެވެ! ދުޅަހެޔޮ ޞިއްޙަތެއްގައި ހުންނަން މަސައްކަތްކުރަން އިސްލާމް ދީން ބާރުއަޅައެވެ. ވީމާ ކަސްރަތުކުރުންވެސް ވާނީ އަޅުކަމަކަށެވެ." ޝައިޚް ޢާސިމް އަލްޙަކީމް

ޝައިޚްގެ މިބަސްފުޅުން އެނގެނީ ކަސްރަތުކުރަންވާނީވެސް ނަމާދުތައް އެނަމާދުގެ ވަޤުތުގައި ކުރަމުން ކަމެކެވެ. މިސާލަކަށް ފަތިހު ކަސްރަތަށް ނުކުންނަންވާނީ ފަތިސް ނަމާދުކޮށްގެންނެވެ. އިރުއޮއްސޭއިއރު ކަސްރަތުކުރަންވާނީ މަޣްރިބް ނަމާދުގެ ވަގުތުގައި މަޣްރިބް ނަމާދުކުރެވޭނެ ގޮތަކަށެވެ.

ހަމައެއާއިއެކު ކަސްރަތުކުރާއިރު މަޙްރަމުން ނޫން މީހަކަށް ފެންނަނަމަ ހުންނަންވާނީ ﷲ ތަޢާލާ ހުއްދަކުރައްވަވާފައިވާ ގޮތަށް ހެދުން އަޅައިގެންކަމެވެ. ގަޔަށްބާރު ދުއްޔެއްހެން ހެދުންލައިގެން ހިލޭ ފިރިހެނުންނަށް ފެނުމެއް ނެތެވެ.

މި ދެ ޝަރުޠު ފުރިހަމަވާގޮތަށް އަޅުކަމެއް ކުރުމުގެ ނިޔަތުގައި ކުރުމުން ކަސްރަތުކުރުންވެސް އަޅުކަމަކަށްވާނެ ކަމެވެ.

 

މިއަދު އޮންލައިން