ދަރިންގެ މަންމަގެ ހިތުގަ ޖައްސުވައި އަނިޔާކުރަމުން ދަރިންނަށް އަނިޔާ ނުކުރާ ކަމަކަށް ނުބުނެވޭނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ދަރިންގެ މަންމަގެ ހިތުގަ ޖައްސުވައި އަނިޔާކުރަމުން ދަރިންނަށް އަނިޔާ ނުކުރާ ކަމަކަށް ނުބުނެވޭނެ!: މުފްތީ މެންކް

އަނބިންނަށް ލޯބިދިނުމުގައި ބައެއް ފިރިން ކުރިއަރައި ގޮސްފައިވަނީ އިމެއްނެތިއެވެ. ވީމާ ހުރިހާ ފިރިންނަކީ އަނބިންނަށް އަނިޔާކުރާ ބައެއް ކަމަކަށް ނުބުނެވޭނެއެވެ. ނަމަވެސް ތިމާ ނުހަނު ލޯބިވެގެން އިންތިހާއަށް ބޭނުންވެގެން ކައިވެނިކުރި އަނބިމިހާއަށް ޖިސްމާނީ އަނިޔާތަކާއި ނަފްސާނީ އަނިޔާކުރާ ފިރިން މަދެއްވެސް ނޫނެވެ.

ނިކަން ވިސްނައިލަބަލާށެވެ! ހިޔާ ލިބޭ ގަސްތައްދޮށަށް، މަގުމައްޗަށް ކުޑަކަމުދިއުމަކީ އެކަންކުރި މީހަކަށް ލަޢްނަތް ލައްވަވާ ކަމެކެވެ. އެއީ ކީއްވެގެންހެއްޔެވެ؟ އެކަމުގެ ސަބަބުން މީސްތަކުންނަށް އުނދަގޫވާނެތީއެވެ. ނުބައިވަސްދުވާނެތީއެވެ!

ދެން ވިސްނައިލަންވީ ކަމަކީ މީސްތަކުންނަށް ނުބައިވަސްދުވުންފަދަ ކުޑަ ކަމަކާއިހުރެ ލަޢްނަތް ލައްވަވާއިރު ﷲ ތަޢާލާ އުފައްދަވާފައިވާ މީސްތަކުންނަށް އަނިޔާވެރިވުމުން ނުވަތަ އަނިޔާކުރުމުން ދެއްވަވާނެ ޢަޛާބަށެވެ. އަޅެ މިކަމަށް ވިސްނައިލަނީ ކިތައް މީހުން ހެއްޔެވެ؟

އެއްބައަކު ދީނީކަންކަމުގަ ޚިޔާލުތަފާތުވުމުން މީހުން މަރަނީއެވެ. އަނެއްބައަކު ސިޔާސީ ކަންކަމުގައި ޚިޔާލުތަފާތުވުމުން މީހުން މަރަނީއެވެ. މީގެ އިތުރުން ދެމަފިރިންގެ މެދުގައި ޚިޔާލުތަފާތުވާއިރަށްވެސް ތަޅާފޮޅަނީއެވެ. ﷲ ތަޢާލާގެ ގަދަފަދަ ޢަޛާބަށް ކުޑަވެސް ބިރެއް ނެތިއެވެ.

މީސްތަކުންނޭވެ! އެއްވެސް ބާވަތެއްގެ އެއްވެސް މީހަކަށް ނުކުރާށެވެ! އެއީ ޣައިރު މުސްލިމެއްކަމުގައިވީނަމަވެސްމެއެވެ. ޚާއްޞަކޮށް ދެމަފިރިން އެކަކު އަނެކަކަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް ނުކުރާށެވެ! އެފަދަ އަނިޔާތައް އެކުރެވެނީ ހަމަ ތިމާގެ އަމިއްލަ ނަފްސަށްކަމަށްދެކޭށެވެ! އެހެނީ މައިމީހާއަށް (އަނބިމީހާއަށް) އަނިޔާކުރުމުން އެއަނިޔާކުރެވެނީ ހަމަ ތިމާގެ އަމިއްލަ ދަރިންނަށެވެ. މައިމީހާ ބަލިވެއްޖެނަމަ އެކަމުގެ ވޭން ތަޙައްމަލުކުރަން ދަރިންނަށް ނުޖެހިއެއް ނުދާނެއެވެ. މައިމީހާއަށް ވޭން އަޅާނަމަ އެކަމުގެ އަސަރު އެންމެ ބޮޑަށް ކުރާނީ ދަރިންނަށެވެ. ޚާއްޞަކޮށް ކުދިދަރިންނަށެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން