އައްރާގީ އަޖްނާދު ޢަލީ ޙަފިޡަހުﷲ ވިދާޅުވެފައިވެއެވެ.
ސިޙުރު ޖެހިފައިވާކަމަށް ޝައްކު ކުރެވޭ ނަމަ ވަޅުލާފައިވާ ސިޙުރުހޯދުމަށްޓަކައި، ދަމުނަމާދު ކުރުމަށްފަހު، އެސިޙުރެއް ދެއްކެވުން އެދި، އަދި އެ ސިޙުރު އޮތްތަން ދެއްކެވުމަށާއި އެ ބާޠިލް ކޮށްދެއްވުން އެދި ދުޢާކުރުމަށް ފަހު ނިދާށެވެ.
މި ގޮތަށް ކަންތައް ކުރުމުން ﷲއިރާދަކުރެއްވިއްޔާ ސިޙުރު ހުރިތަން ފެންނާނެއެވެ. މިގޮތަށް ކަން ކުރުމުންވަރަށް ގިނަފަހަރަށް ، ސިޙުރު ވަޅުލާފައިވާތަން ހުވަފެނުގައި ފެނިފައިވެއެވެ .
- ޑރ، މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް