ލޯބިވެރިޔާ ވަކިވިޔަސް، ބައިވެރިޔާ ގެއްލުނަސް އަދި ތިބާ ބޭނުންވެގެން ހުރި ކޮންމެ ނިޢުމަތެއް ގެއްލުނަސް މިފަދައިން ދުޢާކުރާ މީހަކަށް މާފުރިހަމަ ބަދަލެއް ދެއްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ލޯބިވެރިޔާ ވަކިވިޔަސް، ބައިވެރިޔާ ގެއްލުނަސް އަދި ތިބާ ބޭނުންވެގެން ހުރި ކޮންމެ ނިޢުމަތެއް ގެއްލުނަސް މިފަދައިން ދުޢާކުރާ މީހަކަށް މާފުރިހަމަ ބަދަލެއް ދެއްވަވާނެ! އިން ޝާ ﷲ

ތިބާ އެމީހަކު ދެކެ އެންމެ ބޮޑަށް ލޯބިވާ މީހުން ތިބާއާއި ވަކިވާނެއެވެ. ގެއްލޭނެއެވެ. މަރުވެސްވާނެއެވެ. ތަނަވަސްކަމާއި އެނޫން ނިޢުމަތްތައްވެސް ގެއްލޭނެއެވެ. އެއީ ހުއްޓުވޭނެ ކަމެއް ނޫނެވެ. އެފަދަ ބައެއް ކަންކަން މެދުވެރިކުރައްވަވަނީ އެމީހަކު އިމްތިޙާނުކުރެއްވެވުމަށްޓަކައެވެ. 

ގެއްލުނީ ލޯބިވެރިޔާކަމަށްވީނަމަވެސް، ބައިވެރިޔާކަމަށްވީނަމަވެސް ނޫނީ ދަރިން، މައިންބަފައިން ނުވަތަ މީހަކުކަމަށްވީނަމަވެސް އަދި ތަނަވަސްކަން ނުވަތަ ވަޒީފާކަމަށްވީނަމަވެސް ކަންބޮޑުނުވާށެވެ. ކަންބޮޑު އެވެވެނީ އެކަމަށް ތައްޔާރުނުވެ ހުންނާތީއެވެ. 

ގެއްލުނު އެއްޗަކަށް، މީހާއަށް ނުވަތަ ނިޢުމަތަށް ނުބަލާށެވެ! ދެއަތް އުފުލައި މިފަދައިން ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަޥާށެވެ! 

"ޔާ ﷲ! މިއަޅާގެ ކިބައިން ގެންދެވި އެއްޗަކާއިމެދު މިއަޅާ ކަންބޮޑެއް ނުވަމެވެ. އެކަން މިއަޅާ މިހުރީ އިނބަ ﷲ އަށް ވަކީލްކޮށްގެންނެވެ. ޔާ ﷲ! މިއަޅާގެ ކިބައިން ގެންދެވި އެއްޗަކަށްވުރެ ހެޔޮ ބަދަލެއް މިއަޅާއަށް ދެއްވަވާނދޭވެ!" އާމީން 

ލޮބުވެތިއެކުވެރިންނޭވެ! ގެއްލުނު އެއްޗަކާއިމެދު (މީހާ ނުަވަތ ނިޢުމަތާއިމެދު) ކަންބޮޑުނުވެ މިފަދައިން ދުޢާކުރުންމަތީގައި ދެމިހުރެއްޖެނަމަ އެމީހަކަށް މާ ހެޔޮ، މާބޮޑަށް އުފާވެރިކަން ލިބޭނެ، މާބޮޑަށް ފައިދާކުރާނެ ބަދަލެއް އެމީހަކަށް ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން