ސުންނަތް ރޯދަ ނުހިފޭތީ ކަންބޮޑުވުމެއް ނެތް!: މި 10 ދުވަހު ކޮންމެ އަޅުކަމެއް ކުރިނަމަވެސް އެންމެ މަތިވެރި އަޖުރު ދެއްވަވާނެ! އޮތީ ކުރާ އަޅުކަން ގިނަކުރުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ސުންނަތް ރޯދަ ނުހިފޭތީ ކަންބޮޑުވުމެއް ނެތް!: މި 10 ދުވަހު ކޮންމެ އަޅުކަމެއް ކުރިނަމަވެސް އެންމެ މަތިވެރި އަޖުރު ދެއްވަވާނެ! އޮތީ ކުރާ އަޅުކަން ގިނަކުރުން!

އެއްވެސް ޝައްކެއް ނެތެވެ! ރޯދަހިފުމަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަންބޮޑު އަދި އެންމެ މަތިވެރިކަންބޮޑު އަޅުކަމެވެ. އެހެންކަމުން ޢަރަފާތު ދުވަހުގެ އިތުރުން ޛުލްޙިއްޖާ މަހުގެ ފުރަތަމަ 8 ދުވަހުވެސް ސުންނަތް ރޯދަ ހިފުމަކީ ކުރަން އެންމެ ހެޔޮ ޢަމަލެވެ. އެކަމަށް ދެބަހެއް ނުވެވޭނެއެވެ. 

އެހެންކަމާއިއެކުގައިވެސް ސަބަބުތައް ދިމާވެ ސުންނަތް ރޯދަ ނުހިފޭނަމަ އެއީ ކުރެވެންހުރި އެހެން އަޅުކަންތައް ނުކޮށް ހުންނަން އޮތް ސަބަބެއް ނޫނެވެ. އޮތީ އެމީހަކަށް ކުރެވުނުހައި ގިނައިން ހެޔޮ ޢަމަލުތައް ކުރުމެވެ. 

ވީމާ ފުރަތަމަ ކަމަކަށްވެސް ފަރުޟް ނަމާދުތަކުގެ އިތުރުން ސުންނަތް ނަމާދުތައްކުރުން ގިނަކުރާށެވެ! ޟުޙާނަމާދުކުރާށެވެ! ރަވާތިބް ސުންނަތާއި ދެންވެސް ކުރަންހުރި ސުންނަތް ނަމާދުތައްވެސް ކުރަމުން ގެންދާށެވެ! ޛިކުރުކުރުން ގިނަކުރާށެވެ! ޤުރްޢާން ކިޔެވުންވެސް ގިނަކުރާށެވެ. ވާންއޮތްވަރަކުން ޞަދަޤާތްކުރުންވެސް ގިނަކުރާށެވެ.  

އިބްނު ޢައްބާސް ރަޟިޔަﷲ ޢންހުމާގެ އަރިހުން ރިވާވެގެންވާ ހަދީޘްފުޅެއްގެ މާނައިގައިވެއެވެ. 

"އަޟްޙާގެ ދިހަ ދުވަހު (އެބަހ:ީ ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަހު) ކުރާ ޢަމަލުތަކަށް ވުރެ، الله ގެ ޙަޟުރަތުގައި އެ ޢަމަލުތަކެއްގެ އިތުރުކަން ބޮޑު އަދި މަތިވެރި އަޖުރު ލިބެނިވި ޢަމަލުތަކެއް ނުވެއެވެ."

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން