އެނގުން މުހިންމު މަޢުލޫމާތެއް!: ފޮތްތަކުގެތެރެއިން ޤުރުއާނުގައި ޛިކުރުކުރެވިގެންވާ 5 ފޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
އެނގުން މުހިންމު މަޢުލޫމާތެއް!: ފޮތްތަކުގެތެރެއިން ޤުރުއާނުގައި ޛިކުރުކުރެވިގެންވާ 5 ފޮތް-

ގުރްއާނުގައި ޛިކުރު ކުރެވިފައިވާ ފޮތްތަކަކީ:

1      ދާވޫދު ޢަލައިހިއްސަލާމްގެ މައްޗަށް ބާވާލެއްވުނު ޒަބޫރު

2އިބްރާހީމް ޢަލައިހިއްސަލާމްގެ މައްޗަށް ބާވާލެއްވުނު ޞުޙުފް

3      މޫސާ ޢަލައިހިއްސަލާމްގެ މައްޗަށް ބާވާލެއްވުނު ތައުރާތު

4      ޢީސާ ޢަލައިހިއްސަލާމްގެ މައްޗަށް ބާވާލެއްވުނު އިންޖީލު

5      މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ބާވާލެއްވުނު ގުރްއާން.  

މީގެ ތެރެއިން އެއްވެސް ބަދަލެއް ނުގެނެވި ﷲ ތަޢާލާ ބާވައިލެއްވެވި ގޮތަށް މިހާރު އޮތް ހަމައެކަނި ފޮތަކީ ކީރިތި ޤުރްޢާނެވެ. ތައުރާތާއި އިންޖީލަށް ވަނީ އެތައް ބައިވަރު ބަދަލުތަކެއް ގެނެވިފައެވެ. އެހެންކަމުން މިހާރު މިގެންގުޅޭ ތައުރާތާއި އިންޖީލަކީ ﷲ ތަޢާލާ ބާވައިލެއްވެވި ގޮތަށް އޮތް ފޮތެއް ނޫނެވެ. އެވަނީ ގިނަ ބޮޑެތި ބަދަލުތަކެއް ގެނެސް އެމީހުން ބޭނުންވާ ގޮތަށް ބަދަލުކޮށްފައެވެ. ވީމާ ތައުރާތާއި އިންޖީލުގެ މިހާރުގެ އަހުލުވެރިންނަކީ ﷲ ތަޢާލާ ބާވައިލެއްވެވި ގޮތަށް އެފޮތަށް ޢަމަލުކުރާ ބައެއް ނޫނެވެ. އެމީހުން އުފައްދާފައިވާ ގޮތަށް ޢަމަލުކުރާ ބައެކެވެ.  

ހަމައެއާއިއެކު ކީރިތި ޤުރްއާން ބާވައިލެއްވެވުމުން އެއިގެ ކުރީގެ ފޮތްތައް ވަނީ މަންސޫޚް ކުރައްވަވައިފައެވެ.

 

- މަޢުލޫމާތު: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

 

މިއަދު އޮންލައިން