ﷲ ތަޢާލާ މީސްތަކުން ދުނިޔެއަށް ފޮނުއްވަވާފައި މިވަނީ ހަމައެކަނި ﷲ ތަޢާލާއަށް އަޅުކަންކުރަން ކަމަށް އޮތް ބަސްފުޅުގެ މާނަ އެނގެން އެބަޖެހެއެވެ. ދުލުން ބުނާ ކޮންމެ ހެޔޮބަހަކީވެސް އަޅުކަމެކެވެ. ގުނަވަންތަކުން ކުރާ ކޮންމެ ހެޔޮ ޢަމަލަކީވެސް އަޅުކަމެކެވެ. ކުރުކޮށް ބުނާނަމަ އެކަމެއް ކުރަން ﷲ ތަޢާލާ އަންގަވާފައިވާ ކޮންމެ ކަމެއް ކުރުން އެއީ އަޅުކަމެވެ. ﷲ ތަޢަލާ ރުހިވޮޑިގަންނަވާ ގޮތަށް ކުރެވޭ ކޮންމެ ކަމަކީ އަޅުކަމެކެވެ.
ވީމާ އެނގިގެންމިދަނީ ﷲ ތަޢާލާގެ މަގުގައި ޘާބިތުވެހުރެ ކުރާ ކޮންމެ ކަމަކަކީވެސް ޘަވާބު ދެއްވަވާނެ އަޅުކަމެއް ކަމެވެ. އެހެންކަމަސްވާއިރު ކުރާ ކޮންމެ ކަމަކީ އަޅުކަމަކަށް ހަދަން އޮތީ ކޮން އުނދަގުލެއް ހެއްޔެވެ؟
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
ނަމާދުކުރުމާ، ޒަކާތްދިނުމާއި ޙައްޖުވުން ފަދަ ކަންކަމަކީ ބޮޑެތި ބޮޑެތި އަޅުކަމެވެ. އެހެނަސް އަޅުކަމުގެ މާނަ ވަނީ އެއަށްވުރެވެސް މާފުޅައުވެގެންނެވެ.
އަޅުކަމަކީ ނުވަތަ ހެޔޮކަމަކީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ކޮންމެ ކަމެކެވެ. އެއިގެ ތެރޭގައި ދުލުން ބުނެވޭ ބަސްތަކާއި ގުނަވަންތަކުން ކުރެވޭ ޢަމަލުތައްވެސް ހިމެނިގެންވެއެވެ.
ތިބާގެ އަޚާގެ ކުރިމަތީގައި ހިނިތުންވެލުމަކީވެސް ޞަދަޤާތެކެވެ. އަނބިމީހާ ކާންދޭ ބަތްސުވަލަކީވެސް ޞަދަޤާތެކެވެ.
- ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ދަރުސް އަޑު އައްސަވައިލެއްވުމަށް: