ޙަޤީޤީ އެކުވެރިންނަކީ އުޚުރަވީ ހަޔާތުގަވެސް އަހަރެމެންނަށް ހިތްހަމަ ޖެހުމާ ޢުފާވެރިކަން ލިބުމަށް އެދޭ މީހާއެވެ!

ކިޔުމަށް ހޭދަވާނީ 1މ 37ސ
ޙަޤީޤީ އެކުވެރިންނަކީ އުޚުރަވީ ހަޔާތުގަވެސް އަހަރެމެންނަށް ހިތްހަމަ ޖެހުމާ ޢުފާވެރިކަން ލިބުމަށް އެދޭ މީހާއެވެ!

ލާމަސީލު

 

ރަންގަޅު އެކުވެރިން ވަކިކުރަން ދަސް ކުރާށެވެ. ހަގީގީ އެކުވެރިންނަކީ އަމިއްލަ ނަފްސަށް ލިބުމަށް އެދޭ ކޮންމެ ހެވެއް އަނެކާއަށްވެސް ލިބުމަށް އެދޭ މީހުންނެވެ. އަދި ކުރިމަތިވާ ކޮންމެ ނުރަށްކަލަކުން އަމިއްލަ މީހާ ރައްކައުތެރިކަން ހޯދާ ފަދައިން އޭނަގެ އާޚާވެސް ރައްްކައުތެރި ކުރާ މީހާއެވެ. 

ތިބާ އެކުވެރިން ގެންގުޅޭ އިރު މިކަމާ ވިސްނާލުން މުހިންމު ކަމަށް ދެކެމެވެ. ދުނިޔެވީ ސަކާރާތާ މަޖަލުގާ އަބަދުވެސް ތިބާއާއެކު ވަގުތުތަށް ހޭދަ ކުރާ މީހުންނަކީ ހަގީގީ އެކުވެރިންނެއް ނޫނެވެ. އެފަދަ މީހުންނަކީ ރަންގަޅު މިތުރުން ކަމަށް އަހަރެމެންނަށް ހީވެދާނެއެވެ. ނަމަވެސް އެއީ ވަގުތީ ބައިވެރިންނެވެ. 

އެފަދަ މީހުންގެ ކިބައިން ގިނަ ފަހަރަށް އަހަރެމެންނަށް ލިބޭނީ ވަގުތީ ހިތްހަމަ ޖެހުމެކެވެ. އަޅުގަންޑު ގަބޫލު ކުރާގޮތުގަ ރަންގަޅު އެކުވެރިންނަކީ އަހަރެމެންގެ ދުނިޔަވީ ހަޔާތުގައި އަހަރެމެންނަށް ހިތްހަމަ ޖެހުން ހޯދައިދޭން މަސައްކަތް ކުރާ ފަދައިން އުޚުރަވީ ހަޔާތުގަވެސް އަހަރެމެންނަށް ހިތްހަމަ ޖެހުމާ ޢުފާވެރިކަން ލިބުމަށް އެދޭ މީހާއެވެ. 

އަޅުގަންޑުގެ ދުޢާ އަކީ ﷲ އަހަރެމެންގެ ހަތުރުންގެ ކިބައިން އަހަރެމެން ރަށްކައުތެރިކޮށް ދެއްވުމެވެ. އާމީން 

"ކިޔުންތެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވާލަމެވެ. "ލާމަސީލު" މިނަން މިއަދުނޫހުން މިކުރަނީ މިލިޔުންތެރިޔާއަކީ ލާމިސީލު ލިޔުންތެރިއަކަށްވާތީއެވެ. ސަބަބަކީ އެލިޔުންތެރިޔާއަކީ މިއަދުނޫހަށް ލިޔުން ޙިއްޞާކޮށްދެއްވާ ލޯފަން ލިޔުންތެރިއަކަށްވާތީއެވެ. ކިޔައި ލިޔެ ހަދަނީ ވަސީލަތްތައް ބޭނުންކޮށްގެންނެވެ. ވީމާ ހަމަ ޙަޤީޤަތުގައިވެސް އެއީ ލާމަސީލު ލިޔުންތެރިއެކެވެ. އޭނާގެ ބައެއް ލިޔުންތައް ކުރިންވެސް ވަނީ ޝާއިޢުކޮސްފައެވެ. އޭނާގެ ނަމުގައި އަދި ލިޔަން އޭނާ ބޭނުންނުވާތީ "ލާމަސީލު އެއީ މިއަދުނޫހުން ދީފައިވާ ނަމެކެވެ. 

މިފަދަ ލާމަސީލު މަސައްކަތްތަކަށް މިއަދުނޫހުން އަަބދުވެސް މަރުޙބާ ކިޔާނަމެވެ. ފުރުޞަތުވެސް ދޭނަމެވެ. ހިތްވަރުވެސް ދޭނަމެވެ. އިން ޝާ ﷲ. ކިޔުންތެރިންގެ ކިބައިން އެދެނީ ލިޔުންތެރިޔާއގެ މަސައްކަތަށް ތަރުޙީބުދެއްވައި ޢޭނާއަށް ހެޔޮދުޢާކޮށްދެއްވުމެވެ."

މިއަދު އޮންލައިން