އަނެކާގެ ޙަޤީޤަތް ތިމާއަށް ނުއެނގިހުރެ އެކުވެރިއަކު ބުނީތީ އެކުވެރިންގެ ތެރެއިން ޟީހަކީ ނުބައި މީހަކުކަމަށް ހީކުރުމަޚީވެސް ކުރެވޭ ފާފައެކެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
އަނެކާގެ ޙަޤީޤަތް ތިމާއަށް ނުއެނގިހުރެ އެކުވެރިއަކު ބުނީތީ އެކުވެރިންގެ ތެރެއިން ޟީހަކީ ނުބައި މީހަކުކަމަށް ހީކުރުމަޚީވެސް ކުރެވޭ ފާފައެކެވެ!: މުފްތީ މެންކް

އެކުވެރިންގެ ތެރޭގައި އެންމެ ގިނައިން މަސައްލަ ޖެހޭ އެއްކަމަކީ ކޮންމެވެސް އެކުވެރިއަކު ބުނީތީ އެހެން އެކުވެރިއަކާއިމެދު ނުބައިހީތައް ކުރެވުމެވެ. ޝައްކުތައް ކުރެވުމެވެ. އެފަދަ ތުހުމަތުތަކުގެ ސަބަބުން ދެރަ ލިބި ފަހުން ހިތާމަކުރަްނޖެހެނީވެސް މަދަކުން ނޫނެވެ. އެކަން އެނގި ޤަބޫލުކުރެވޭއިރުވެސް އެބަ ސަމާލުކަން ދެވޭ ހެއްޔެވެ؟

މީހަކާއިމެދު ތިމާއަށް ޝައްކުކުރެވުނަސް އެކަން ޤަބޫލުކޮށް ޔަޤީންކުރަންވާނީ ބަލަންޖެހޭ ހުރިހާ ކަމަކަށް ބެލުމަށްފަހުގައެވެ. އެކަން އެގޮތަށް ނުކުރެވުމުން ދުނިޔޭގައިވެސް ބޮޑެތި ދެރަތައް ލިބެނީ މަދަކުން ނޫނެވެ!

އެހެން މީހަކު ބުނާ ބުނުމެއްގެމައްޗަށް އަނެކާއަކީ ނުބައި މީޙެއްކަމަށް ހީކުރެވުމަކީވެސް ކުރެވޭ ފާފައެވެ. އަދި އިތުރު މީހެއްގެ ގާތު އެއީ ނުބައި މީހެއްކަމަށް ބުނެވިއްޖެނަމަ އެކުރެވުނީ އިތުރު ފާފައެވެ. މާބޮޑުފާފައެކެވެ.

ވީމާ އެއްވެސް މީހަކު ބުނާ ބުނުމުގެ މައްޗަށް އަނެކާއަކީ ނުބައި މީހެއްކަމަށް ޤަބޫލުކޮށްގެން ނުވާނެއެވެ. އެކަން ޤަބޫލުކުރުމުގެ ކުރިން ތިމާ އަމިއްލައަށް އެކަން ބަލައި ކަށަވަރުކުރަންވާނެއެވެ. އެކަން ނުކުރެވޭނަމަ އެވާހަކަ ޤަބޫލުކޮށްގެން ނުވާނެއެވެ. ކުށްހީކުރުމަކީ ފާފައަކަށްވެގެންދަނީ މިސަބަބަށްޓަކައެވެ.

ގިނަފަހަރަށް މީސްމީހުންގެ ނުބައިކަމުގެ ވާހަކަތައް ފެތުރެނީ ތުންތުންމަތިންނެވެ. ގިނަފަހަރު ކަމުގެ ޙަޤީޤަތް ބަލާއިރު އެކަންވެފައި އޮންނަނީވެސް ދޮގު މައުލޫމާތެއް ކަމަށެވެ. ވާހަކަ ފުރަތަމަ ފެތުރިމީހާ ހޯދުންވެސް އޮންނަނީ އުނދަގޫކަމަކަށްވެފައެވެ.

ވީމާ މީސްތަކުންނާއިމެދު އިވޭ ކޮންމެ އަޑަކީ ތެދުކަމުގައި ނުދެކޭށެވެ. އެފަދަ ވާހަކަތައް އެއްގޮތަކަށްވެސް ޤަބޫލުކޮށްގެން ނުވާނެއެވެ. ނޫންނަމަ ތިމާއަށް ކުރެވޭ ހެޔޮ ޢަމަލުކޮޅުން އެފަދަ ވާހަކަތަކަށް ބަދަލުދޭން ޖެހި ނަރަކައަށްވެސް ވަންނަން ޖެހިދާނެއެވެ. ވީމާ މިއީ ކުދިކުދި ކަންކަމުގައި ހަމައެކަކުވެސް ދެކެގެން ނުވާނެއެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން