ދުޢާ ކުރުމުގައި ގިނަ ބައަކަށް އިހްމާލުވެވޭކަންކަން-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ދުޢާ ކުރުމުގައި ގިނަ ބައަކަށް އިހްމާލުވެވޭކަންކަން-: މުފްތީ މެންކް

ގިނަ ބައަކު ދުޢާކުރަން ފަށަނީ ހަމަ ރަނގަޅަށެވެ. ފުރަތަމަ ކަމަކަށް ﷲ ތަޢާލާއަށް ޙަމްދު ޘަނާ ކިޔައެވެ. ދެވަނަ ކަމަކަށް ރަސޫލް ޞައްލަ ﷲ ޢަލައިހި ވަސައްލަމައަށް ޞަލަވާތް ކިޔަވައެވެ.  

ނަމަވެސް ގިނަ ބައަކު 3 ވަނަ ކަންތައް ހަނދުމަނެތިކޮށްލައެވެ. އެއީ ތިމާއަށް ކުރެވިފައިވާ ފާފަތައް ފުއްސަވައި ދެއްވެވުން އެދިދެންނެވުމެވެ. ގިނަ ބައަކު އެކަން ނުކޮށް ދަންނަވަނީ އެމީހަކު ބޭނުންވާ ކަންތަކުގެ ވާހަކައެވެ. 

ރަނގަޅު ގޮތަކީ 3 ވަނަ ކަމަކަށް ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދެންނެވުމަށްފަހު 4 ވަނަ ކަމެއްގެ ގޮތުން ތިމާ ބޭނުންވާ ކަންކަމުގެ ވާހަކަ ދެންނެވުމެވެ.  

ދުޢާ ނިންމާލުމުގެ ކުރިން 5 ވަނަ ކަމެއްގެ ގޮތުންވެސް ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމައަށް ޞަލަވާތްކިޔަވާށެވެ. އަދި އެންމެ ފަހުން ކުރާ 6 ވަނަ ކަމަކަށް ﷲ ތަޢާލާ މަތިވެރިކުރާށެވެ. ޙަމްދުޘަނާ ކިޔާށެވެ.  

ދުޢާކުރުމުގެ ކުރިން ހެޔޮ ޢަމަލެއް ކުރާށެވެ. ދުޢާކުރުމުގެ ތެރެއިން ތިމާގެ ދެރަނިކަމެތިކަން ބަޔާންކޮށް އެންމެ ކަރުނަތިއްކެއް ނަމަވެސް ވައްޓައިލެވިއްޖެނަމަ އެދެވުނީ އެންމެ މަތިވެރި ދަރަޖައަށެވެ.  

މިމަގުން ދުޢާކުރަން މަސައްކަތްކުރާށެވެ! ޢިޖާބަކުރައްވަވާނެތެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން