ކަމަކަށް ބޭނުންވެ އެކަން ޙާޞިލުނުކުރެވިގެން ކަންބޮޑުވާނަމަ އަޅެ ނިކަން މިކަންތައްކޮށްބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ކަމަކަށް ބޭނުންވެ އެކަން ޙާޞިލުނުކުރެވިގެން ކަންބޮޑުވާނަމަ އަޅެ ނިކަން މިކަންތައްކޮށްބަލަ!

މިހާރަކަށް އައިސް ދީނުގެ ކަންކަން އޮޅުން ނުފިލައިގެން ނުވަތަ އަޅުކަން ނުކުރެވޭތީ ކަްނބޮޑުވާ މީހުންނަށްވުރެ ގިނަކަމަށް ފާހަގަކުރެވެނީ އެމީހަކު ޙާޞިލުކުރަން ބޭނުންވާ ކަންކަން ޙާޞިލުނުކުރެވިގެން ކަންބޮޑުވާ މީހުންނެވެ. 

އަހުރެން ޤަބޫލުކުރާ ގޮތުގައި އެކަން އެހެން އެވަނީ ދީނުގެ ކަންކަމަށް ސަމާލުކަން ނުދޭތީއެއް ނޫނެވެ. ނަމަވެސް ހިތަށް އުނދަގޫވާ ކަންކަމަށް ކަންބޮޑުވެވޭވަރު ބޮޑުވުމުން އެކަންކަމުގެ ވާހަކަ ގިނައިން ދެއްކެނީއެވެ. 

ކޮންމެއަކަސް ތިމާ ބޭނުންވާ ކަންކަމަށް އެދި ދުޢާކުރަން އަބަދުވެސް ބުނަމެވެ. ޚާއްޞަކޮށް ރޭއަޅުކަންކޮށް ދުޢާކުރަން ބުނަމެވެ. މިހާރު މިބުނަނީ އެހެން ވަޤުތެއްގެ ވާހަކައެވެ. 

ހުކުރު ދުވަހުގައި ދުޢާ ޢިޖާބަކުރައްވަވާ ވަޤުތުކޮޅެއްވެއެވެ. ނުއެނގެނީ އެއީ ކޮން ވަޤުތުކޮޅެއްކަމެވެ. ވީމާ ހުކުރު ދުވަހުގެ ފަތިސްނަމާދުން ފެށިގެން އިރުއޮއްސެންދެން ވީހާގިނައިން ނިކަން ދުޢާކޮށްބަލާށެވެ! ޚާއްޞަކޮށް ޢަޞްރުނަމާދުން ފެށިގެން އިރުއޮއްސެންދެން ދުޢާކުރުން ގިނަކުރާށެވެ. 

އެކަން ކޮންމެ ހުކުރު ދުވަހަކު ތަކުރާރުކުރަމުން ގެންދާށެވެ. ﷲ ތަޢާލާގެ ވާގިފުޅާއިއެކު ދާދިއަވަހަށް އެކަން  ޙާޞިލުކުރެވޭނެއެވެ. އިން ޝާ ﷲ 2،3 ހުކުރުންވެސް ކާމިޔާބުކުރެވިދާނެއެވެ. އެވަޤުތުކޮޅާއި ދިމާކޮށް ދުޢާކުރެވިއްޖެނަމަ ވަޤުތުން އެކަން ކާމިޔާބުކުރެވޭނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން